ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 13:59
ސެލީނާ ގޯމޭޒް
ސެލީނާ ގޯމޭޒް
އިންސްޓަގްރާމް
ސެލީނާ ގޯމޭޒް
ސެލީނާ ގޮމޭޒް ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފި
 
ސެލީނާ ކިޑްނީ ބަދަލުކޮށްފައިވަނީ ބުރާސްފަތި ދުވަހު

މަޝްހޫރު ލަވަ ކިޔުންތެރިޔާ ސެލީނާ ގޯމޭޒް ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފިއެވެ.

އޭނާ ވަނީ އޮޕަރޭޝަން ކުރުމަށްފަހު ކިޑްނީ ޑޯނަރާއި އޭނާއާއި ދެމީހުން އެނދުގައި އޮށޯވެގެން ތިބޭ މަންޒަރު ފެންނަ ފޮޓޯއެއް ބުރާސްފަތި ދުވަހު އިންސްޓަގްރާމަށް ލާފައެވެ.

އުމުރުން މިހާރު 25 އަހަރު ވެފައިވާ ސެލީނާ ގޯމޭޒް ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކޮށްފައިވާއިރު އޭނާއަށް ކިޑްނީ ހަދިޔާ ކޮށްފައިވަނީ އެކްޓަރ ޒެއިރާއެވެ.

ސެލީނާއަށް ވަނީ ސިއްހީ އެތަކެއް މައްސަލަތައް ދިމާވެފައެވެ. އެގޮތުން އޭނާ ދަނީ ޑިޕްރެޝަންއާއި ލޫޕަސްއާއި ނަފްސާނީ މައްސަލަތަކަށް ބޭސްކުރަމުންނެވެ.

ސެލީނާ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަނުގައި ވަނީ ޒެއިރާއަށް ޝުކުރު އަދާކޮށްފައެވެ.

ސެލީނާ އޭނާގެ ކެރިއަރ ފަށާފައިވަނީ ޓީވީ ސީރީޒްއެއްކަމަށްވާ "ބާނީ އެންޑް ފްރެންޑްސް" އިންނެވެ. އޭނާގެ ފުރަތަމަ އަލްބަމަކީ 2003 ވަނަ އަހަރު ނެރުނު "ސްޓާސް ޑާންސް" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް