ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 14:07
"ހަސީނާ" ގެ ޕޯސްޓަރ
"ހަސީނާ" ގެ ޕޯސްޓަރ
ގޫގުލް
ހަސީނާ
ެ އެންމެ ފަހުން ސެންސަރުބޯޑުން "ހަސީނާ" ފާސްކޮށްދީފި
 
މި ފިލްމުގެ ޓްރެއިލާ ނެރެފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުގައި

ކުށުގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އިންޑިއާގެ ރައްޔިތެއްކަމަށްވާ ހަސީނާ ޕާކަރްގެ ހަޔާތުގެ މައްޗަށް އުފައްދާ "ހަސީނާ" ރިލީޒް ކުރުމުގެ ހުއްދަ އިންޑިއާގެ ސެންސަރު ބޯޑުން އެންމެ ފަހުން ދީފިއެވެ.

މި ފިލްމުގައ ހަސީނާގެ ރޯލު އަދާކުރަނީ ފިލްމީތަރި ޝްރައްދާ ކަޕޫރެވެ. މި ފިލްމުގެ ޓްރެއިލާ ނެރެފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުގައެވެ.

މިހާތަނަށް މި ޓްރެއިލާ ބެލި މީހުންގެ އަދަދު ވަނީ 7 މިލިއަނަށް އަރާފައެވެ.

މި ފިލްމަކީ ޝްރަދާ މީހެއްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފުރަތަމަ ފިލްމު ކަމަށްވާއިރު މިފިލްމުގައި ދެން ފެނިގެންދާނީ ޝްރަދާގެ އެއްބަނޑު އެއްބަފާ ބޭބެ ސިދާންތް ކަޕޫރެވެ. އަދި މިއީ ޝްރަދާ ނުބައިބައި ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުއެވެ. ނަމަވެސް އޭނާގެ ބައްޕަ ސަކްތީ ކަޕޫރަކީ ގިނަ ފިލްމްތަކެއްގައި ނުބައިބައި ރޯލު ކުޅެފައިވާ މަޝްހޫރު ފަންނާނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް