ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 14:36
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން
ވީއޯއޭ ނިއުސް
އެމެރިކާ
މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން
 
ބައިނަލްއަގްވާމީ ދުނިޔެއިން ދަނީ މިޔަންމާގެ މުސްލިމުންނާ މެދު އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރަމުން

މިޔަންމާގައި މުސްލިމުންދާ މެދު ހިނގަމުންދާ ލާއިންސާނީ އަމަލުތަކަކީ "ބަލައިގަނެވޭނެ" ކަމެއް ނޫން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.

އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ވާހަކަފުޅުދައްކަވަމުން ޓިލާސަން ވިދާޅުވީ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީއަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އަސްކަރިއްޔާ އިން ބޭނުންކުރަމުންދާ ބާރު ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. 

ޓިލާސަން ވިދާޅުވީ މިޔަންމާ ޑިމޮކްރަސީއެއްގެ ގޮތުގައި ފައްކާވަމުންދާ  އިރު މިހާރު މި ދިމާވެފައިވާ ހާލަތަކީ ވަރަށް ނާޒުކު ހާލަތެއް ކަމަށެވެ. އަދި މިއީ މިޔަންމާގެ ލީޑަރު ސޫޗީއަށް ވަރަށް ދަތި ހާލަތެއް ކަމަށް ޓިލާސަން ވިދާޅުވިއެވެ. 

މިޔަންމާގައިި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ރޮހިންޖާ މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 4 ލައްކަ މުސްލިމުން ބަންގްލްދޭޝަށް ގޮސްފައިވާ ކަމަށާއި ނަސްލެއް ނައްތާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް ނާންނަ ނަމަ މި އަދަދު އިތުރުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އދ އިން ވަނީ ދާދިފަހުން ހާމަކޮށްފައެވެ. 

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް