ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 14:12
އެމްނެސްޓީ އިން އާއްމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކެއް
އެމްނެސްޓީ އިން އާއްމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކެއް
ބީބީސީ
ރޮހިންޖާ
ރޮހިންޖާ މުސްލިމުންގެ އަވަށްތައް އަސްކަރިއްޔާއިން ދަނީ އަންދަމުން: އެމްނެސްޓީ އިންޓަނޭޝަނަލް
 
މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައި

މިޔަންމާގެ ހުޅަނގު އައްސޭރިފަށުގައި މުސްލިމުން ދިރިއުޅޭ އަވަށްތައް ނައްތާލުމަށްޓަކައި، އެގައުމުގެ އަސްކަރިއްޔާއިން އަވަށްތަކުގައި ހުޅުޖަހަމުންދާ ކަމަށާއި މިއީ "ރާވައިގެން ހިންގާ ކޭމްޕޭނެއް ކަމަށް" އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީ އިން ބުނީ މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޖާ މުސްލިމުން ގައުމުން ފައްސާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެކި ހުރި ކަމަށެވެ. އެމްނެސްޓީ އިން ވަނީ މިކަން ސާބިތު ކުރުމަށްޓަކައި ސެޓެލައިޓް ފޮޓޯތަކެއްވެސް އާއްމުކޮށްފައެވެ. 

އެމްނެސްޓީ އިން ބުނީ އެމްނެސްޓީއަށް ލިބުނު މައުލޫމާތު ލިބިފައި ވަނީ ފަޔަރ ޑިޓެކްޝަން ޑޭޓާ، ސެޓެލައިޓް އިމޭޖަރީ، ފޮޓޯ، ވީޑިއޯ، އިންޓަވިއުތަކާއި އަދި މަންޒަރު ދުށްމީހުން މެދުވެރިކޮށް ކަަމަށެވެ. އަދި އެމްނެސްޓީ ލިބިފައިވާ ހެކި ދޮގު ނުކުރެވޭނެ ކަމަށްވެސް އެމްނެސްޓީ އިން ބުނެއެވެ. 

މިޔަންމާގެ އަސްކަރިއްޔާ އިން ބުނަމުން ދަނީ އަސްކަރިއްޔާ އިން ހަނގުރާމަކުރަމުން ދަނީ މުސްލިމު ހަނގުރާމަވެރިންނާއި ކަމަށާއި އާންމުންނަށް ހަމަލާ ނުދޭ ކަމަށެވެ. 

އޯގަސްޓް މަހު ހަމަނުޖެހުން ފެށުނު ފަހުން ހަތަރު ލައްކައެއްހާ ރޮހިންޖާ މުސްލިމުން ވަނީ ގައުމު ދޫކޮށް ބަންގްލަދޭޝަށް ގޮސްފައެވެ. 

މިޔަންމާގެ ރަހައިން ސްޓޭޓުގައި މުސްލިމުންނާ މެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ޓިބެޓްގެ ބުޑިސްޓުންގެ ލީޑަރު ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީއަށް ދާދިފަހުން  ވަނީ ގޮވާލައްވާފައެވެ. ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީއަށް މިމޭރުމުން ގޮވާލެއްވީ ދާދިފަހުން އަން ސަން ސޫޗީއަށް އޭނާ ފޮނުއްވި ސިޓީއެއްގައެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގައި އޮންނަ ރަހައިން ސްޓޭޓުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް