ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 15:55
އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލްތައް ޓެސްޓްތައް ކުރަމުން
އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލްތައް ޓެސްޓްތައް ކުރަމުން
ގޫގުލް
އުތުރު ކޮރެއާ-ޖަޕާން
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!
 
ޖަޕާނު "ކަނޑު ފައްތާލުމަށްޓަކައި" ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ވަނީ ޖަޕާނަށް ދީފައި
 
އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން އެމެރިކާ އާއި ޖަޕާނުގެ އެދުމަކަށް އދ ގެ ސެކިޔުރިޓީ ކައުންސިލް ވަނީ ހުކުރު ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައި
 
އުތުރު ކޮރެއާ އިން ދެވަނަ ބެލިސްޓިކް މިސައިލެއް ޖަޕާނު ސަރަހައްދުން ވަނީ އުދުއްސާލާފައި

އުުތުރު ކޮރެއާ އަކީ ފިސާރި ގައުމެކޭ  އެއްބަޔަކަށް ބުނެވިދާނެއެވެ. އިންޒާރު ނުދޭން ކެރޭ ގައުމެއް ނެތެވެ. މީގެ ހަފްތާތަކެއް ކުރިން އުތުރު ކޮރެއާ އިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދިނެވެ. 

ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އުތުރު ކޮރެއާއަށް ކިތަންމެ ވަރަކަށް އަމާޒުވިޔަސް، ބައިނަލްއަގްވާމީ ދުނިޔެއިން ކިތަންމެ ފިޔަވަޅެއް އެޅިއަސް، އަދި އެކިޔާ ފާޑުކިޔުމަކުން ނުވަތަ އަޅާ ފިޔަވަޅަކުން އުތުރު ކޮރެއާ ހަމަ އެއްވެސް ޖެހިލުމެއް ނުވެއެވެ.  ހަމައެކަނި މިސައިލް ޓެސްޓްތަައްކޮށް ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހިންގާމޭ ބުނަނީކީ ނޫނެވެ. އުތުރު ކޮރެއާއިން ބުނެފައި ވަނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދޭނެ ވާހަކައެވެ. އުތުރު ކޮރެއާ އިން ބުނަމުން ދަނީ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއުވެސް ކުރައްވާފއިވާ ކަމަށެވެ. އެހެން ނަމަވެސް ގުއާމަށް ސީދާ ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށެވެ. ގުއާމް އަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހިމެނޭ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ.

އެމެރިކާ އާއި އުތުރު ކޮރެއާގެ ވާހަކަ އެއްފަރާތުގައި ބާއްވާމާތޯއެވެ. އުތުރު ކޮރެއާ އާއި ޖަޕާނުގެ ވާހަކައަށް ބަލާލަމާތޯއެވެ. އުތުރު ކޮރެއާ އާއި ޖަޕާނާ މެެދު ވަނީ އިންތިހާއަށް ގުޅުން ގޯސްވެފައެވެ. ޖަޕާނު "ކަނޑު ފައްތާލުމަށްޓަކައި" ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ވަނީ ދީފައެވެ. އުތުރު ކޮރެއާގެ ދައުލަތުން ހިންގާ ކޮރެއަން ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ބުނީ "އުތުރު ކޮރެއާގެ ގާތުގައި ޖަޕާނު ދެން އޮންނަން ނުޖެހޭ ކަަމަށާއި"  ނިއުކްލިއާ ބޮމެއް ބޭނުން ކޮށްގެން ޖަޕާނު ފައްތާލަން ޖެހޭނެ ކަމަށެވެ. އުތުރު ކޮރެއާގެ ބަސްމަގު ހުރި ގޮތާބެހޭގޮތުން ޖަޕާނުން ބުނީ  އުުތުރު ކޮރެއާގެ ބަސްމަގު ހުރީ ކަނޑައެޅިގެން ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ކަމަށެވެ. ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިހިޑޭ ސަގާ ވިދާޅުވީ އުތުރު ކޮރެއާ މިހާރު "ހިނގާ މަގުން ހިނގާ ކަމަށްވާނަމަ އެގައުމު ބައިނަލްއަގްވާމީ ދުނިޔޭގައި އެކަނިވެރި ވެގެން ދާނެ" ކަމަށެވެ. ޔޮޝިހިޑޭ ސަގާ އިތުރަށް ވިދާޅުވީ  އދގެ ސެކިއުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާއި ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ބައިނަލްއަގްވާމީ ދުނިޔެއިން ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮޮތަށް ކުުރުމުން އުތުުރު ކޮރެއާއަށް ޕްރެޝަރު އައިސް އެގައުމުގެ އުސޫލު ބަދަލު ކުރާނެ ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކާ ގުޅިގެން ދާދިފަހުން އުުުތުރު ކޮރެއާއިން ހިތްހަމަނުޖެހުމުގެ ސަބަބުން އެޤައުމުން ވަނީ ޖަޕާނުގެ އުތުރުން ބެލިސްޓިކް މިސައިލެއްވެސް ފޮނުވާލާފައެވެ. ހުކުރު ދުވަހު ލިބިގެން ދިޔައީ އަނެއްކާ އެހެން ޚަބަރެކެވެ. އުތުރު ކޮރެއާ އިން ޖަޕާނު މަތިން އުދުއްސާލި ދެވަނަ ބެލިސްޓިކް މިސައިލް އެގައުމުން އުދުއްސާލި ޚަބަރެވެ. މިކަމާ ބެހޭގޮތުން ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނީ އުތުުރު ކޮރެއާ އިން ޖަޕާނު މަތިން އުދުއްސާލި މިސައިލް 770 ކިލޯމީޓަރު އުހަށް ދަތުރު ކުރިކަމަށާއި، ޖަޕާނުގެ ހޮކައިޑޯގެ ކަނޑަށް ވެއްޓުމުގެ ކުރިން 3،700 ކިލޯމީޓަރަށް ދުރަށް ދަތުރު ކުރިކަމަށެވެ. 

ޖަޕާނު މަތިން އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލާ ބެހޭގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އުތުރު ކޮރެއާގެ އަމަލުތައް "އެއްވެސް ގޮތަކަށް ބަލައިނުގަންނާނެ" ކަމަށެވެ. އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން އެމެރިކާ އާއި ޖަޕާނުގެ އެދުމަކަށް އދ ގެ ސެކިއުރިޓީ ކައުންސިލް ވަނީ ހުކުރު ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. 

އުތުރު ކޮރެއާ އިން އުދުއްސާލި މިސައިލާ ބެހޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވީ އުތުުރު ކޮރެއާގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ. ޓިލާސަން ވަނީ އުތުރު ކޮރެއާގެ އަމަލުތައް މިހާރު ބަހައްޓަން ޖެހޭ މޭރުމުން ބަހައްޓަން ޖެހޭ އެއް ސަބަބަކީ ޗައިނާ އާއި ރަޝިއާ ކަމަށްވެސް ތުޙުމަތުކުރައްވާފައެވެ. އެގޮތުން ޓިލާސަން ވިދާޅުވީ ޗައިނާ އާއި ރަޝިއާ އިން އުތުރު ކޮރެއާގެ މިސައިލް އުދުއްސާލުންތަކަށް ފިޔަވަޅު އަޅާ މިކަމަށް ނޫނޭކޭ ބުނަން ޖެހޭ ކަމަށެވެ. އިތުރަށް ޓިލާސަން ވިދާޅުވީ އުތުރު ކޮރެއާއަށް އެތެރެ ކުރާ ތެލުގެ އެންމެ ބޮޑު އިންސައްތަ އެތެރެ ކުރަނީ ޗައިނާއިން ކަަމަށެވެ. އަދި އުތުރު ކޮރެއާގެ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ގަދަކަމުން މަސައްކަތް ކުރުވުމަށް މީހުން އެގައުމަކަށް އެތެރެކުރާ ގައުމަކީ ރަޝިއާ ކަމަށެވެ. 

ކޮންމެއަކަސް އުތުރު ކޮރެއާގެ އަމަލުތަކާ ގުޅިގެން ސެކިއުރިޓީ ކައުންސިލުން ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާއިރު ކަންކަންވެގެންދާނެ ގޮތަކީ ކޮބައިތޯ މިއީ ބޮޑު ސުވާލެކެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް