ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 15:17
ބާސީ މަރުވެފައިވަނީ އުމުރުން 37 އަހަރުގައި
ބާސީ މަރުވެފައިވަނީ އުމުރުން 37 އަހަރުގައި
ގޫގުލް
ބާސީ
އެންމެ ދުވަސްވީ ޕެންޑާ، ބާސީ މަރުވެއްޖެ
 
ބާސީ މަރުވެފައިވަނީ އުމުރުން 37 އަހަރުގައި

އިންސާނުންގެ ބެލުމުގެ ދަށުން، ބަންދުކޮށްގެން ގެންގުޅޭ، އުމުރުން އެންމެ ދުވަސްވީ ޖަޔަންޓް ޕެންޑާ، ބާސީ މަރުވެއްޖެއެވެ.

ބާސީ މަރުވެފައިވަނީ އޭގެ އުމުރުން 37 އަހަރުގައި، ޗައިނާގެ ފުޒޫގައި ހުންނަ ސްޓްރެއިޓްސް ޖަޔަންޓް ޕެންޑާ ރިސަރޗް އެންޑް އެކްސްޗޭންޖް ސެންޓަރުގައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ޕެނޑާއެއް މި އުމުރަށް ދިރިހުރުމަކީ އިންސާނަކު 100 އަހަރު ދިރިހުރުން ފަދަ ކަމެކެވެ.

ބާސީއަށް ނަންދެވިފައިވަނީ އޭގެ އުމުރުން 4 އަހަރުގައި އޭތި ސަލާމަތްކުރެވުނު ވާދީގެ ނަމުންނެވެ. ބާސީއަކީ އަންހެން ޕެންޑާއެކެވެ.

ޖަނަވަރީ 2017 ގައި ބާސީގެ 37 ވަނަ އުފަންދުވަސް ފާހަގަކުރަނީ

ބާސީ މަރުވިކަން އިޢުލާނުކުރަމުން ސްޓްރެއިޓްސް ޖަޔަންޓް ޕެންޑާ ރިސަރޗް އެންޑް އެކްސްޗޭންޖް ސެންޓަރުގެ އޮފިޝަލަކު ބުނީ، ބާސީ މަރުވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:50 ގައި ކަމަށެވެ.

ބާސީއަށް ޗައިނާ އާއި ޗައިނާއިން ބޭރުގައި ބޮޑު ލޯތްބެއް ލިބިގެންގޮސްފައިވާއިރު، 1990 ވަނަ އަހަރު ބޭއްވި ފުރަތަމަ އޭޝިއަން ގޭމްސްގެ މެސްކޮޓް ޑިޒައިންކޮށްފައިވަނީވެސް ބާސީ އަސްލަކަށް ބަލައިގެންނެވެ.

1990 ވަނަ އަހަރު ބޭއްވި ފުރަތަމަ އޭޝިއަން ގޭމްސްގެ މެސްކޮޓް

ޖަޔަންޓް ޕެންޑާއަށް ޗައިނާގައި ބޮޑު އިހުތިރާމެއް ދީފައިވާއިރު، އެތައް އަހަރެއްގެ މަތިން ކުރި ބުރަ މަސައްކަތުން ޖަޔަންޓް ޕެންޑާގެ އާބާދީ އިތުރުވެ، ޖަޔަންޓް ޕެންޑާ މިހާރު ވަނީ ނެތިހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ޖަނަވާރުތަކުގެ ލިސްޓުން އުނިކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް