ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:02
ހާދިސާ ހިނގި އިމާރާތް
ހާދިސާ ހިނގި އިމާރާތް
ރޮއިޓަރސް
މެލޭޝިއާ
މެލޭޝިއާގެ އިސްލާމް ދީން އުނގަންނައިދޭ ސްކޫލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 25 މަރު
 
މަރުވީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި އިސްލާމް ދީން އުނގަންނައިދޭ ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 ކުއްޖަކު މަރުވެެއްޖެއެވެ.

މިހާދިސާ ހިނގީ ބުރާސްފަތި ދުވަހު ހެނދުނުއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މިއީ ވޭތުވެދިޔަ 20 އަހަރުތެރޭގައި މެލޭޝިއާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއަށް ވުން ގާތެވެ.

"ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއާ" ގައި ހިނގި މި އަލިފާނުގެ ހާދިސާ ގައި ރޯވި އަލިފާންގަނޑު ގަނޑިއެއްހާ އިރުތެރޭ ނިއްވާލެވިފައިވެއެވެ.  އަލިފާން ރޯވި ދީނީ ސްކޫލަކީ ގުރުއާން އުނގަންނައިދޭ ސްކޫލެކެވެ. 

މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގު ވަނީ އަލިފާނުގެ ހާދިސާގެ ޝިކާރައަކަށްވި ފާރާތްތަކުގެ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވާ ވީހާވެސް އަވަހަކަށް ހާދިސާ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް