ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:59
"ޗެފް" ގެ ޕޯސްޓަރެއް
"ޗެފް" ގެ ޕޯސްޓަރެއް
ގެޓީ އިމޭޖަސް
"ޗެފް"
ހިންދީ ފިލްމު "ޗެފް" އަންނަ މަހުގެ 6 ގައި
 
މި ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވަނީ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގައި

ރާޖާ ކްރިޝްނާ ޑައިރެކްޓްކޮށްފައިވާ ހިންދީ ފިލްމު ޗެފް ސިނަމާތަކަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގައި ކަން ހާމަކޮށްފިއެވެ.

މިއީ ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނާއި ޕަޑްމާ ޕްރިޔާ ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ.

މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ބަޝާން ކުމާރު، ކްރިޝަން ކުމާރު އަދި ވިކްރަމް މަލޯތްރާ އާއި ޖާންނާނީ އެވެ. ސްކްރިޕްޓް ލޮޔެފައިވަނީ ރިޓޭޝް ޝާހު، ސުރޭޝް ނާއިރް، ރާޖާ ކްރިޝްނާ އެވެ.

ހިންދީ ފިލްމު"ޗެފް" އަކީ 2014 ވަނަ އަހަރު ނިކުތް  ހޮލީވުޑްގެފިލްމެއް ކަމަށްވާ "ޗެފް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ސައިފް އަލީ ޚާން ފެނިގެން ދާނީ "ޗެފް" ނުވަތަ ކައްކާ މީހެއްގެ ރޯލުންނެވެ.

މި ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވަނީ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް