ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 12:18
ޖެނިފާ އާއި އޭނާގެ ލޯބިވެރިޔާ ޑަރެން
ޖެނިފާ އާއި އޭނާގެ ލޯބިވެރިޔާ ޑަރެން
ގެޓީ އިމޭޖަސް
ޖެނިފާ
އެންމެ ބޭނުންވަނީ ޑެރެންގެ ކޮމެޑީ ފިލްމެއް ބަލާލަން:ޖެނިފާ
 
ޑްރެން ޑައިރެކްޓްކޯށްފައިވާ "މަދާ" ސިނަމާތަކަށް އަންނާނީ މިމަހުގެ 15 ވަނަ ދުވަހުގައި

އެންމެ ބޭނުންވަނީ ޑެރެން އެރޮނޮފްސްކީގެ ކޮމެޑީ ފިލްމެއް ބަލާލަން ކަމަށް ހޮލީވުޑްގެ ބަތަލާ ޖެނިފާ ލޮރެންޒް ބުނެފިއެވެ.

ޑެރެން އެރޮނޮފްސްކީ އަކީ ޖެނިފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިލްމު އުފައްދާ ފަރާތެކެވެ.

ޖެނިފާ ބުނީ ޑެރެން އާންމުކޮށް ހަދަނީ ވަރަށް ސީރިއަށް އަދި ލޯބީގެ ފިލްމުތައް ކަމަށާއި އެހެންކަމުން އޭނާގެ އެކަހަލަ ފިލްމެއް ބަލަން ބޭނުންވާކަމަށެވެ.

ޖެނިފާ ބުނީ އޭނާ ބޭނުންވަނީ އޯޑިއެންސް ހެއްވާލާކަހަލަ  ފިލްމެއް ޑެރެން އުފެއްދުމަށްކަމަށެވެ. ޖެނިފާގެ އެންމެ ފަހުގެ ފިލްމު "މަދާ" ރިލީޒްކުރުމަށްބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޑެރެން ބުނީ އެ ފިލްމަކީ ބިރުވެރި ފިލްމެއްކަމަށްވިއަސް އެފިލްމުގައިވެސް ވަރަށް މަޖާ ސީންތައް ހުންނާނެކަމަށެވެ.

"މަދާ" ގައި ފެންނަނީ ދެމަފިރިއަކަށް ދިމާވާ ބިރުވެރި ކަންތައްތަކެވެ. ޑެރެން ބުނީ އޭނާ މި ފިލްމު އޯޑިއެންސާއެކި ބަލައިގިކަމަށާއި އެއީ އޯޑިއެންސް ވަރަށް ގަޔާވި ފިލްމެއްކަމަށެވެ. އަދި މި ފިލްމުގައި ނޭވާ ހިފަހައްޓާލަންޖެހޭ މަންޒަރުތައް ފެންނާނެކަމަށާއި ފިލްމު ބެލުމަށް އިންތިޒާރުކުރުމަށް އެދޭކަމަށެވެ.

ޖެނިފާއާއި ޑެރެން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. އޭގެ 2 މަސްފަހުބން އެދެމީހުންވަނީ ރައްޓެހިވެގެން އުޅޭކަމަށް މީޑިއާތަކަށް ޔަގީންކަން ދީފައެވެ.

ޑެރެން ޑައިރެކްޓްކޯށްފައިވާ "މަދާ" ސިނަމާތަކަށް އަންނާނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް