ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 18:58
ޓެލެތޯންއަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ފަންޑްފޮށި ބެހެއްޓިފައި
ޓެލެތޯންއަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ފަންޑްފޮށި ބެހެއްޓިފައި
ރާއްޖެ އެމްވީ
ރޮހިންޖާ ޓެލެތޯން
ރޮހިންޖާ ޓެލެތޯންއާއިއެކު ރަށްރަށުގެ ރޫހު އަލުން ދިރިއްޖެ!
 
އެހީވުމުގައި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ ތަފާތު ރޫހެއް
 
ރާއްޖެޓީވީން ކުރިއަށް ގެންދާ ޓެލެތޯންއަށް މިހާތަނަށް 1.3 މިލިއަން ލިބިފައިވޭ
 
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަންޑްފޮށި ގާއިމްކުރެވިފައި

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެގެން ގޮސްފައިވާ މި ދުވަސްވަރު ރާއްޖެޓީވީން އިސްނަގައިގެން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށްޓަކައި އާދިއްތަ ދުވަހު ފެށި ޓެލެތޯންގެ ސަބަބުން ރަށްރަށުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމުގެ ރޫހު އަލުން ދިރި އާލާވެއްޖެ ކަމަށް ކައުންސިލްތަކުން ބުނަންފަށައިފިއެވެ.

 

ރޮހިންޖާގައި ހާލުގައިޖެހިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީވުމަށް ރާއްޖެޓީވީން ކުރިއަށް ގެންދާ ފަންޑަަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ވަނީ ފަންޑުފޮށިތައް ގާއިމު ކުރެވިފައެވެ. އަދި އެ ފަންޑު ފޮށިތަކާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ރާއްޖެޓީވީއާއި ދަނީ ހިއްސާކުރަމުންނެވެ.

 

ކުރިން ރާއްޖެޓީވީން 24 ގަޑިއިރަށް ކުރިއަށްގެންދަން ނިންމި ޓެލެތޯން ގިނަ ރަށްތަކާއި އަދި ދިވެހި ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ހޯމަދުވަހުގެ ރޭ 20.30 އަށް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ. އެއާއިއެކު އިތުރު ގިނަ ރަށްތަކެއްގައި ފަންޑުފޮށިތައް ވަނީ ގާއިމް ކޮށްފައެވެ.

 

މި ޓެލެތޯންއަށް އެހީވުމަށް ފަންޑް ގާއިމް ކޮށްފައިވާ ރަށްތަކަށް ބަލާލާއިރު، އައްޑޫސިޓީ، ގދ. ތިނަދޫ ލ. ގަން، ހދ. ކުޅުދުއެްފުށި، ގއ. މާމިގިލީ، ދ. ހުޅުދެލި ބ.ކަމަދޫ، ބ ތުޅާދޫ، ޅ. ނައިފަރު، ޅި. ހިންނަވަރު ، ނ. މަނަދޫ، ބ .ހިތާދޫ، ދ. ހުޅުދެލި، ރ. މަޑުއްވެރީ، ހދ.ނޮޅިވަރަންފަރު، ނ ކެނދިކުޅުދޫ، ހދ. ނާވައިދޫ ހިމެނެއެވެ.  .މި ރަށްތަކުގެ ކައުންސިލްތަކާއި ސަރުކާރުގެ އޮފީސްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެގެ ފުރިހަމަ އެއްބާރުލުމާއިއެކު ރަށްރަށުގައި ފަންޑަށް ފައިސާ ޖަމާ ކުރުމަށް އެކިއެކި ހަރަކާތްތައް ވަނީ ހިންގާފައެވެ. އެގޮތުން ލ. ގަމުގައި އާދިއްތަދުވަހުގެ ހަވީރުއްސުރެ ގާއިމްކުރެވުނު ފަންޑް ފޮއްޓަށް ހުއްޓުމެއްނެތި ރައްޔިތުން އެހީތެރިވަމުންދާ ކަމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަމުގައި ރައްޔިތުން ދެމުންދާ އެއްބާރުލުމަކީ ކޮޅުނެއްކޮޅަށް އުފާކުރާވަރުގެ އެއްބާރުލުމެއް ކަމަށެވެ.  ކުޑައެއް ބޮޑެއް، މޮޅެއް ދެރައެއް، ވަކި ކުލައަކަށް ބެލުމެއްނެތެވެ. އެއްބައިވަންތަ ކަމުގެ ނަމޫނާއެއް އެރަށުން ފެނިގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ފަންޑް ހުޅުވާލިތާ ދޮޅު ގަޑިއެއްހާއިރު ތެރޭ  57000 ރުފިޔާ ފަންޑަށް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ދ ހުޅުދެލިން "ރޮހިންޖާ އާއި އެކު ދިވެހިން" ޓެލެތޯންނަށް ޙާއްސަ ކޮށްގެން ބެހެއްޓި ފަންޑްފޮށީގެ އިތުރުން ރޮހިންޖާގެ ހާލަތާއި ގުޅޭގޮތުން "ހަދާފައިވާ އޯޑިއޯ ލަވަ" އެއްވަނީ ލޯންޗް ކޮށްފައެވެ. ހުޅުދެލީ ކައުންސިލުން ބުނީ، ހީ ނުކުރާވަރުގެ އެއްބާރުލުމެއް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި އެންމެން އެއް ރޫހެއްގައި، ރޮހިންޖާގެ ނިކަމެތި ރައްޔިރުންނަށް އެހީވުމުގައި އެމީހަކަށް ވެވުނު އެންމެ ރަނގަޅަކަށް އެހީތެރިކަން ފޯރު ކޮށްދެމުންދާ ކަމަށެވެ.

 

ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، ތިނަދޫގައި އާދިއްތަ ދުވަހުގެ ހަވީރު ބެހެއްޓި ފަންޑު ފޮށްޓަށް މިހާތަނަށް ގުނި އަދަދަށް ބަލާއިރު 65،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކި ސަރަހައްދު ތަކުގައި ހުރި ފޮށިތައް ގުނާ ނިމުމުން މި އަދަދު ވަރަށްބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި އެރަށުގެ ވިޔަފާރިވެރިންނާއި، ކައުންސިލް ގުޅިގެން މި ޓެލެތޯންއަށް އެއްބާރުލުން ދިނުމަށް ޖުމްލަ 20 ފަންޑް ފޮށި ބެހެއްޓިފައިވާއިރު،  ވިޔަފާރިވެރިންގެ ފަރާތުން މައުލޫމާތު ދެއްވަމުން މުހައްމަދު މޫސާ ވިދާޅުވީ، ކުޅުދުއްފުށީގައި ރޮހިންޖާގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކައި، އެރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އެއްބައިވަންތަކަމުގެ ނަމޫނާ ރޫހެއް ކަމަށެވެ. އޭނާ ވިދާޅުވީ، ފަންޑް ފޮށިތައް އަދި ގުނަންފަށާފައި ނުވި ނަމަވެސް ސަޕްރައިސިންގ އަދަދެއްގެ ފައިސާ އެރަށުން މި ފަންޑަށް އަންނާނެ ކަމަށް ގަބޫލް ކުރާކަމަށެވެ.

 

ރާއްޖެޓީވީގެ ފަރާތުން ކުރިއަށް ގެންދާ ޓެލެތޯންގައި، ހޯމަދުވަހުގެ އިރުއޮއްސުމާހަމައަށް ރޮހިންޖާ ފަންޑަށް 2.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

   

ރާއްޖެޓީވީގެ ފަރާތުން ކުރިއަށް ގެންދާ މި ޓެލެތޯންއަށް އެހީވުމުގައި ރާއްޖޭގެ ރަށްތަކުގެރައްޔިތުންގެ ފަރާތުން ފެނިގެން މިދަނީ ލާމަސީލު އެއްބައިވަންތަކަމުގެ ރޫހެކެވެ. މިފަދަ ކޮންމެ ގޮވާލުމަކާއެކު، ދިވެހިރައްޔިތުންގެ އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާ ދައްކައިދެއެވެ. ދިވެހިރައްޔިތުންނަށް ހަމަ އައްސަރިބަހާއި ސާބަހެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު