ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 12:08
ރޮހިންޖާ މުސްލިމުންގެ ބަޔަކު ބަންގްލަދޭޝްއަށް ދިއުމުގެ މަގުމަތީގައި
ރޮހިންޖާ މުސްލިމުންގެ ބަޔަކު ބަންގްލަދޭޝްއަށް ދިއުމުގެ މަގުމަތީގައި
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!
 
މިޔަންމާގެ ސިފައިން ދަނީ ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ ބޮޑެތި އަނިޔާތައް ދެމުން
 
ރޮހިންޖާ މީހުން އެ ސަރަހައްދުގައި އާބާދުވެފައިވަނީ 12 ވަނަ ގަރުނުން ފެށިގެން
 
1970 އިން ފެށިގެން ގިނަ ބަޔަކު މިޔަންމާ ދޫކޮށްފައިވޭ

ރޮހިންޖާ މުސްލިމުންނަކީ މިޔަންމާގެ ސުންނީ މުސްލިމުންގެ ކުޑަ ޖަމާއަތެކެވެ. ރަޚައިން ސްޓޭޓުގައި އެއް މިލިއަން ރޮހިންޖާ މުސްލިމުން ދިރިއުޅެމުންދާ އިރު އެއީ އެ ސްޓޭޓްގެ އާބާދީގެ ތިން ބައި ކުޅަ އެއްބައެވެ. މީލާދީ 12 ވަނަ ގަރުނުގައި ރޮހިންޖާ މުސްލިމުން އެ ސަރަހައްދުގައި ވަޒަންވެރިވެފައި ވާއިރު އެ ދުވަސްވަރު ގިނަ އަދަދެއްގެ މުސްލިމުން ދިޔައީ އެ ސަރަހައްދަށް ޖަމާވަމުންނެވެ. މީގެ އިތުރުން ގިނަ ބަޔަކު 19 ވަނަ ގަރުނުގައާއި ވިހި ވަނަ ގަރުނުގައި ވެސް ރަޚައިނު ސްޓޭޓަށް ހިޖުރަކޮށްފައިވެ އެވެ. އެއީ އިނގިރޭސިން އެސަރަހައްދު އިސްތިއުމާރުކޮށްގެން އުޅުނު ދުވަސްވަރެވެ.

މިޔަންމާއަށް 1948 ވަނަ އަހަރު މިނިވަނަކަން ލިބުނު އިރު 1989 ވަނަ އަހަރު "ބަރުމާ" ގެ ނަން މިޔަންމާއަށް ބަދަލުކުރުމަށްފަހު ރޮހިންޖާއަކީ އެގައުމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ފަސް ޖެހުނެވެ. އޭގެފަހުން އެގައުމުގައި އެމީހުންނަށް އެހެން އާންމު ރައްޔިތުންނަށް ލިބެމުންދިޔަ ގިނަ ހައްގުތަކަކުން މަހުރޫމުވެ، ވަކި ހުދޫދެއްގެ ތެރޭގައި އުޅެންޖެހުނެވެ.

ރޮހިންޖާ މުސްލިމުންނަނީ ބަންގްލަދޭޝިން މިޔަންމާއަށް ގަވައިދާ ހިލާފަށް ވަދެ އުޅޭ ބަންގްލަދޭޝް ބައެއްގެ ގޮތުގައިވެސް އެގައުމުގެ ރައްޔިތުންގެ ސިފަ ކުރަމުންދެ އެވެ.އެހެން ނަމަވެސް ރޮހިންޖާ މުސްލުން ބުނަނީ އެމީހުންގެ ކާބަފައިންގެ އުޅުނީ އެ ބިމުގައި ކަމަށާއި އެމީހުންވެސް އެބިން ދެކެ ލޯބިވާ ކަމަށެވެ. އެމީހުންގެ ހަމައެކަނި ޝަކުވާއަކީ މިޔަންމާގެ އެހެން ރައްޔިތުންނަށް ލިބޭ ހައްގުތަކުން އެމީހުން މަހުރޫމުކޮށްފައިވުމެވެ.

"މިޔަންމާ އާއި ބަންގްލަދޭޝް ފުޑްބޯޅަ މެޗެއް ކުޅުނަސް ރޮހިންޖާ މުސްލިމުން ސަޕޯޓް ކުރަނީ ބަންގްލަދޭޝްއަށް. އަހަރެމެންގެ ގައުމުން ކައިބޮއި އުޅޭ ކަމުގައިވާ ނަމަ، އަހަރެމެންގެ ގައުމަަށް ލޯބި ކުރަންޖެހޭނެ. ގާނޫނު ހެދިފައިވާ ގޮތުން އެމީހުންނަށް ވަކި ކަހަލަ ކަންތައްތައްތަކެއް މަނާވުމަކީ މައްސަލައެއް ނޫން. ގާނޫނަށް ބޯލަބަންޖެހޭނެ. އެމީހުންނަކީ މިޔަންމާގެ ބައެއްގެ ގޮތުގައި އަހަރެމެއްނަކަށް ގަބޫލެއް ނުކުރެވޭނެ." މިޔަންމާގެ މޮންކެއް އަލްޖަޒީރާއަށް ދިން އިންޓަރވިއުއެއްގައި ހާމަކުރި އެވެ.

މިޔަންމާގެ މައި ސަރުކާރުން ނުވަތަ ރަހައިނު ސިޓީގެ ބޮޑުބައެއް ހިއްސާވާ ބުޑިސްޓުންވެސް ރޮހިންޖާ އަކީ ބަލައިގަންނަ ނަމެއްވެސް ނޫނެވެ. އެއީ އެމީހުން އަމިއްލައަށް ކިޔައިގެން އުޅޭ ނަމަކަށް ވާ އިރު އެނަން އެންމެ ފުރަތަމަ ފެތުރިފައުވަނީ 1950 ގެ ތެރޭގަ އެވެ. އޭރު އެމީހުންނަކީ ސިޔާސީ ވަކި ޖަމާއަތަކަށް ކިޔަން ފެށިނަމެކެވެ.

"ރޮހިންޖާ" މިބަސް އުފެދިގެން އައިގޮތަށް ބަލާ އިރު މި ބަސް ނެގިފައިވަނީ "އަރަކަން" މިބަހުންނެވެ. ރޮހިންޖާގެ "ގާ" ނުވަތަ "ޖިޔާ" ގެ މާނައަކީ ނިސްބަތްވާ ތަނެވެ. އެހެން ކަމުން އެމީހުންނަކީ އަރަކަން ރަސްކަމުގެ ދުވަސްވަރުން ފެށިގެން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ބައެއްގެ ގޮތުގައި ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އަަރަކަން ރަސްކަމަކަމީ އެގައުމުގެ "ކޮންބޫން" ދައިކޮޅުގެ ވެރިކަމެކެވެ. އެއީ މިޔަންމާގެ ދެވަނަ އަށް އެންމެ ބާރުވެރި ވެރިކަމެއް ގާއިމް ކޮށްފައިވާ ދަރިކޮޅުކަން މިޔަންމާގެ ތާރީހުން އެނގިގެންދެ އެވެ. އެެހެންނަމަވެސް 1826 ވަނަ އަހަރު އިނގިރޭސީންގެ އިސްތިއުމާރުގެ ދަށަށް އަރަކަން ކިންގްޑަމް އެއްކޮށް ދިޔަ އެވެ. އެ ދުވަސްވަރުގެ އަރަކަން ކިންގްޑަމް އަކީ، މިހާރުގެ ބަންގްލަދޭޝް އާއި މިޔަންމާ ހިމެނޭ ސަރަހައްދެކެވެ. އޭދުވަސްވަރު ނަމަ އެއީ އިންޑިޔާގެ ބައެކެވެ.

މިޔަންމާ މިނިވަންވުމަށްފަހު ރަޚައިނު ސްޓޭޓުގައި އުޅެމުންދިޔަ މުސްލިމުން އެގައުމުގެ ބައެއްގެ ގޮތުގައި ބަލައިގަނެފައިނުވާ އިރު ކުރިމަތިވާ ތަފާތު އެކި ކަހަލަ ލާއިންސާނީ އަމަލުތަކާ އަނިޔާތަކާ ގުޅިގެން 1970 ފެށިގެން އެ ސަރަހައްދުގެ ގިނަ ގައުމުތަކަށް ރަޚައިނު ސްޓޭޓުގެ މުސްލިމުން ދިޔައީ ބަދަލުވަމުންނެވެ.

އެގޮތުން ބަންގްލަދޭޝްއައި މެލޭޝިޔާ އާއި ތައިލެންޑާއި ޕާކިސްތާނަށާއި އިންޑޮނޭޝިޔާގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީވެސް ގިނަ ބަޔަކު ހިޖުުރަކޮށްފައިވެ އެވެ.

ރޮހިންޖާ މުސްލިމުން 1970 އިން ފެށިގެން ހިޖުރަކުރި ގަމުތަކަށް ބަލާ އިރު؛

  1. ސައުދީ އަރަބިއްޔާ- 200،000
  2. ޕަކިސްތާނު-350،000
  3. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)- 10،000
  4. އިންޑިޔާ- 40،000
  5. ތައިލެންޑް- 5000
  6. މެލޭޝިޔާ-150،000
  7. ބަންގްލަދޭޝް-625،000
  8. އިންޑޮނޭޝިޔާ-1000

މިގޮތަށް ގައުމުތަކަށް ދިރުއުޅުން ބަދަލުކުރުމަށް މަޖުބޫރުވަނީ މިޔަންމާގެ ސިފައިން އެމީހުންގެ އަންހެން ކުދިންގެ އިއްފަތްތެރިކަން ނަގާލުމާއި އަނިޔާކުރުމުގައި މީހުންގެ މުދަލާއި ގެތަކުގައި ރޯކުރުމައި މީހުން މަރަމުންދާތީ ކަމަށް ގައުމުތަކަށް ހިޖުރަކުރާ ރޮހިންޖާ މުސްލިމުން ބުނެ އެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް