ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 10:56
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހުކުރު ދުވަހު ބެހެއްޓި ފަންޑު ފޮއްޓަކަށް ފައިސާ އަޅަނީ
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހުކުރު ދުވަހު ބެހެއްޓި ފަންޑު ފޮއްޓަކަށް ފައިސާ އަޅަނީ
ރާއްޖެ އެމްވީ
ރޮހިންޔާ މުސްލިމުން
ﷲ ގެ މަގުގައި ހޭދަކުރޭ، މުދާ އިތުރުވެގެންދާނެ
 
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އިސްލާމީ އުއްމަތް ތެދުވާން ޖެހޭ

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ. ﴿مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً وَاللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ ﴾ البقرة: 245 މާނައީ: ”ހެޔޮވެގެންވާ ދަރަންޏަކުން الله އަށް ދަރަނި ދޭހުށީ (އެބަހީ: الله އަށްޓަކައި ހޭދަ ކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، الله ، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. رزق ދަތި ކުރައްވަނީ، އަދި، ތަނަވަސް ކުރައްވަނީ ވެސް الله އެވެ. އަދި، ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ."

ﷲ ގެ މަގުގައި ދެވޭ ދަރަނި ނުވަތަ ރައްކާ ކުރެވޭ އެއްމެ ހެޔޮވެގެންވާ ހޭދައަކީ ފަހެ ކޮބައި ހެއްޔެވެ. ޝައްކެއް ނެތްގޮތުގައި އެއްމެ ރަނގަޅު ހޭދައަކީ ޞަދަޤާތް ކުރުމެވެ. ﷲ ގެ މަގުގައި ހޭދަކުރުމެވެ. އެހެނީ ﷲ ގެ މަގުގައި ކުރެވޭ ހޭދައިގައި ގުނަވަމުން ދާކަމުގައި އެކަލާނގެ އަންގަވައިފައި ވެއެވެ. ﴿مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِئَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ﴾ سورة البقرة الآية:261 މާނައީ: "الله ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. الله އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، الله އީ، ތަނަވަސް ވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މިހެންކަމުން ﷲ ގެ މަގުގައި ހޭދަކުރާ މި ހޭދަ، ގުނަވެގެން ދާއިރު މި ހޭދަ ކުރެވެނީ އޭގެ އެންމެ ޙައްޤުވެރިންނަށްތޯ ބަލައިލުމަކީ ކޮންމެހެން އޮތްކަމެއް، އެހެން ނޫންތޯއެވެ. މިގޮތަށް ބަލާއިރު މުސްލިމުންނަކީ އެއްބައެކެވެ. އެއް ހަށިގަނޑެއް ފަދަ ބަޔެކެވެ. މިއަދު މުސްލިމުން ދިރި އުޅެމުން މިދަނީ އެކި އެކި ޤައުމުތަކަށާއި، ސަރަޙައްދު ތަކަށް ބެހެވިގެންވާ ޙާލުގައެވެ. ނުވަތަ ޤައުމުތަކަކަށް ބެހެވިގެންނެވެ. މިގޮތުން ބަލާއިރު މުސްލިމުންނަށް އަނިޔާކޮށް ގޯނާކުރުމުގައި މުސްލިމް ވެރިން ތިބޭ ޤައުމުތަކަށް ވުރެ ޣައިރު މުސްލިމް ވެރިން ތިބޭަ ސަރަޙައްދުތަކުގައި ދެވޭ އަނިޔާ އާއި، ގޮނާ ބޮޑެވެ. އަދި ކިއެއްތޯ؟ ބޮޑެތި ބޮޑެތި ޖަރީމާތައް ހިންގައެވެ. މިއީ މިއަދަކު، އިއްޔެއަކު ހިނގަމުން އަންނަކަމެއް ނޫނެވެ. އަދި ކިއެއްތަ؟ ޞަލީބީ ހަނގުރާމައިގެ ދުވަސްވަރާއި، އޭގެ ކުރީގެ ދުވަސްތަކުގައި ވެސް ދެވުނު އަނިޔާތައް އެއީ ހިތުން ފިލައިގެން ދަނޭ ފަދަ ގޯނާތަކެއް ނުވަތަ ޖަރީމާ ތަކެއް ނޫނެވެ.

މި ފަހުގެ ތާރީޚުގައި ބޮސްނިޔާގެ މުސްލިމުންނަށް ދެމުން ގެންދިޔަ ލާ އިންސާނީ އަނިޔާތަކާއި، ފަލަޞްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދިޔަ އަނިޔާ އާއި، ސީރިޔާގެ އުޚްތުންނަށާއި، އަޚުންނަށް ދެމުން ގެންދިޔާ އަނިޔާތަކާ ދެކޮޅަށް އަޅުގަނޑުމެން ދިވެހިން ވަނީ ހިތާ ރޫޙުން އެހީތެރިވެ ދީފައެވެ. މި ވެދެނު އެހީތެރިކަން ވެދީފައި ވަނީ ވަރަށް އިޚްލާޞްޠެރިކަމާ އެކުގައެވެ. ވީއިރު މިހާރު މިޔަންމާގައި ހިންގަމުން ގެންދާ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޤަތުލު ޢާއްމާ ދެކޮޅަށް ތެދުވެ، އަނިޔާ ލިބޭ މީހުންނަށް އެހީެތރިވެ ދިނުން މިއީ ހަމަ އެފަދަ ކަމެކެވެ.

އާދެ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް މިޔަންމާގެ ބުދު ދީނުގެ ފާދިރީންގެ ހިތްވަރު ދިނުމާއެކު އެޤައުމުގެ ސިފައިންނާއި، ޢާއްމުން ދެމުން ގެންދާ ލާއިންސާނީ އަނިޔާ ތަކަކީ ދުލަކުން، ޤަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ މާ ނުބައި ނުލަފާ އަނިޔާ ތަކެކެވެ. ތަޅާ މަރަނީ އެވެ. މީހުންގެ ކަރު ބުރިކުރަނީއެވެ. ގުނަވަންތައް ވަކިވަކިން ބުރިކޮށް ހަދަނީއެވެ. ދިރި ތިއްބާ އަންދާލަނީ އެވެ. މައިންބަފައިންނާއި، އަނބިދަރިންގެ ކުރިމަތީ ގައި އެކި މީސްމީހުން އޮރިޔާންކޮށް ރޭޕްކޮށް ތަޅާ މަރަނީއެވެ. ކުށެއް ނެތް އަންހެނުން އޮރިޔާން ކުރުމަށްފަހު ޢާއްމު ތަންތާގައި ގަސްގަހަށް ނަގައި ހަތަރެސްފައި ގަހާ ލައި ބަނދެ އައްސަނީއެވެ. ކުޑަކުދިންނަށް ވެސް ބެލުމެއް ނެތެވެ. މަރުވެފައި ތިބޭ މުޅަ މަސްގަނޑުން، ކުޑަކުދިން އެކުދިންގެ މަންމަ މެންގެ ގާތުން ކިރުބޯ މަންޒަރު ފެނިގެން ދަނީއެވެ. އިންސާނީ ވަންތަ ކަމުގެ ޙައްދުން ބޭރުވެ ވަލު ޖަނަވާރުގެ ފެންވަރަށް ވުރެވެސް ދަށުދަރަޖައަށް މުސްލިމުންނާ މެދު ޢަމަލު ކުރަމުން ގެންދަނީ އެވެ.

މިހެން ވުމުން އަޅުގަނޑުމެންގެ އިންސާނީ ވަންތަކަމާއި، މުސްލިމު ވަންތަކަން ހޭލައްވައި ތެދުވެ އަނިޔާ ލިބެމުންދާ އަޚުންނާއި، އުޚްތުންނަށް އެހީތެރި ވުމަށް، އަޚްވަންތަކަމުގެ ވާޖިބު އަދާކުރުމަށް ތެދުވުމުގެ ފުރުސަތު ރާއްޖެޓީވީއިން މި ބާއްވާ ޓެލަތޯނުގެ ތެރެއިން ތަނަވަސް ވެގެން ދާނެއެވެ.

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރައްވައއިފައި ވަނީ މިފަދައިންނެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى أخرجه مسلم (2586) މާނައީ: ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "މުއުމިނުން އެކަކު އަނެކަކަށް، އަދި އެއްބަޔަކު އަނެއްބަޔަކަށް ލޯބިވެ، ރަޙުމްކޮށް، އޯގާތެރިވުމުގައި، އެއުރެންގެ މިސާލީ އެއްހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭންއަޅަންފަށައިފިނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި، ހުންއައުމުން، އެގުނަވަނާއި އެއްބައިވަންތަކަން ޤާއިމްކުރެ އެވެ."

މިއީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކާބަފައިން ދައްކަވައި ދެއްވައިފައިވާ މަގެވެ. އަޞްޙާބުބޭކަލުންގެ މެދުގައި ޤާއިމުވެ އޮތް ގުޅުމެކެވެ. އަޅައިލުމާއި، ރަޙުމާއި، ހަމްދަރުދީ އޮތެވެ. އެހެންކަމުން ލޯތްބާއި ރަޙުމާއި ކުލުނާއި އެކުވެރިކަމަކީ، މުޖުތަމަޢުގެ އެންމެހައި އަފުރާދުންގެ މެދުގައި ގުޅުން ބަދަހިކޮށްދޭ އެންމެ މުހިންމު އަސާސް ކަމުގައި ވެގެންދިޔަ އެވެ. މިއީ ކީރިތި ރަސޫލާގެ އަޞްޙާބުން ދައްކަވައިފައިވާ ނަމޫނާއެވެ. މިގޮތުން ދެ ޙާދިޘާއެއް ނަޤްލުކުރާ ހުށީމެވެ.

ޔަރުމޫކު ހަނގުރާމައިގެ ދުވަހު އަޞްޙާބު ބޭކަލުން ޒަޚަމުވެ، މަރާ ހަނގުރާމަ ކުރައްވަމުން ހިނދުގައި ހިނދު ވެސް ކޮންމެ ބޭކަލަކު ވެސް އިސްކަން ދެއްވީ އަނެއް ބޭކަލެއްގެ މަޞްލަޙަތަށެވެ. އެބޭކަލެއްގެެ ފުރާނަ ސަލާމަތް ކުރެއްވުމަށެވެ. ޔަރުމޫކު ހަނގުރާމަ ނިމުމުން ހަނގުރާމައިގެ މައިދާނުގައި ޒަޚަމުވެ ވަޑައިގެން ތިއްބެވި ޞަޙާބީންނަށް ފެންފޮދު އެރުވުމަށް އުޅުއްވި ބޭކަލަކު، ޢިކުރިމާ ބިން އަބީޖަހުލު ރަޟިޔަﷲ ޢަންހަށް ފެން ފޮދު އަރުވަން އުޅުއްވިއެވެ. އެހިނދު ސުހައިލް ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ފެން ފޮދަކަށް ކުކުރެއްވި އަޑު އިވިވަޑައިގަތުމުން، ޢިކުރިމާ ބިން އަބީޖަހުލު އިޝާރާތް ކުރެއްވީ ކިހިނަކުން ތޯއެވެ. ފުރަތަމަ ސުހައިލް ބިން ޢަމްރޫ އަށް ފެން ދެއްވުމަށް އިޝާރާތް ކުރެއްވިއެވެ. އަދި ސުހައިލު ވެސް ފެންފޮދު ހިންޕަވަން އުޅުއްވަނިކޮށް، އަލްޙާރިޘް ބިން ހިޝާމް ރަޟިޔަﷲ ޢަންހު ފެނަށް އެދިލެއްވި އަޑަށް  އަލްޙާރިޡްއަށް ފުރަތަމަ ފެންފޮދު އެރުވުމަށް އިޝާރާތް ކުރެއްވިއެވެ. ނަމަވެސް ފެން ދެއްވަން އުޅުއްވި ޞަޙާބީ އަލްޙާރިޘުގެ ގާތަށް ވަޑައިގެންނެވުނު އިރު އެކަލޭގެފާނު ވަނީ އަވަހާރަވެފައެވެ. އަދި އެނބުރި ސުހައިލް އާއި ޢިކުރިމާގެ އަރިހަށް ވަޑައިގެންނެވުނު އިރު އެދެބޭަކަލުން ވެސް ތިއްބެވީ އަވަހާރަވެފައެވެ.

އަދިވެސް އެހެން ޙާދިޘާ އެކެވެ. އަބޫހުރައިރާ ރަޟިޔަ الله ޢަންހު ރިވާކުރައްވައިފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު މިވަނީ ބަނޑުހައިހޫނުކަމާއި ފަޤީރުކަމާއި ކުރިމަތިލާން ޖެހިފައެވެ. އެ ހިނދު ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނިބި އަނބިކަނބަލުންގެ ގޭގެއަށް ކާއެއްޗެއް ހުރިތޯ ބައްލަވަން ފޮނުއްވިއެވެ. އެއިން އެއްވެސް ގެއެއްގައި ކާއެއްޗެއް ނެތުމުން ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިރޭ މި މީހާ ގޭގައި ބަހައްޓަވައިގެން މެހްމާންދާރީ އަދާކުރައްވާނީ ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟ އެ މީހަކަށް މާތް الله ރަޙްމަތް ލައްވާހުއްޓެވެ. އެ ހިނދު އަބޫ ޠަލްޙާ ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. އެ މީހަކީ ތިމަންކަލޭގެފާނެވެ. ދެން އަބޫޠަލްޙާ އެމީހާ ގޮވައިގެން ގެއަށް ވަޑައިގެން އަނބިކަނބަލުންނަށް ވިދާޅުވިއެވެ. މިއީ ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެހުމާނެކެވެ. ގޭގައި އެއްވެސް ކާއެއްޗެއް ހުރިނަމަ، އެ ހުރި އެއްޗެއް ގެންނާށެވެ! އެ ވަގުތު އަބޫޠަލްޙާގެ އަނބިކަނބަލުން ދެންނެވިއެވެ. ގޭގައި ހުރީ ހަމައެކަނި ކުޑަކުދިންނަށް ހުރި ކާއެތިކޮޅެކެވެ. އަޑުގަނޑުމެން ދެމީހުން ކާނެ އެއްޗެއް ވެސް ނެތެވެ. ދެން އަބޫޠަލްޙާ ވިދާޅުވިއެވެ. އެ ކުދިން ބަޑުހައިވެގެން ރޯންފަށައިފިނަމަ، ކޮންމެވެސް ގޮތަކުން އެ ކުދީން ހަމަޖައްސައި މަސަލަސްކޮށް، ނިންދަވާށެވެ! އަދި ތިޔަ ހުރި އެއްޗެއް ގެނެސް ކާން ތައްޔާރު ކުރެއްވުމަށްފަހު، ބައްތި ރަނގަޅުކުރަނީ ކަމަށް ހަދަވައި އެބައްތި ނިއްވައިލައްވަވާށެވެ! އެއީ، ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެހުމާނަކާއެކު އަހަރެން ނުކާކަން އޭނާއަށް އެނގުނަ ނުދިނުމަށެވެ. އަހަރެމެން ދެމަފިރިންނާއި ކުދީންކޮޅު މިރޭ މިގޮތުގައި ބަޑުހައިކަމާއެކު ވޭތިކޮށްލާނީއެވެ.

އަބޫޠަލްޙާގެ ދެކަނބަލުން ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެހުމާނަށް ކާންދެއްވީ އެ ދެކަނބަލުންނާއި ތުއްޕުޅު ބޭފުޅުން ކާއެތިކޮޅަކަށް ނުހަނު ބޭނުންފުޅުވެފައި ވަނިކޮށެވެ. ހެނދުނު އަބޫޠަލްޙާ އެ މެހުމާނާ އެކު ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވުމުން، އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ރޭގައި ތިޔަ ދެކަނބަލުން ކަންތައް ކުރެއްވިގޮތާ މެދު الله ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންފިއެވެ. ދެން އެ ދެކަނބަލުންނަށް ތަޢުރީފުކުރައްވައި އަލްޙަޝްރު ސޫރަތުގެ ނުވަ ވަނަ އާޔަތް މާތް الله ބާވައިލެއްވިއެވެ.

أَنَسِ بْنِ مَالِكٍ tعَنْ النَّبِيِّ r قَالَ: لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ». رواه البخاري ومسلم في صحيحهما

މާނައީ: "އަނަސްގެ ފާނުގެ އަރިއަހުން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުالله ގެފާނުން ޙަދީޘްކުރެއްވިއެވެ. ކަލޭމެން ކުރެ މީހަކު ތިމާގެ ނަފްސަށް އެދޭ (ހެޔޮ) ކަންތައް ތިމާގެ އަޚާއަށް އެދެފުމަށް ދާނދެން އޭނާ އީމާން ނުވެއެވެ."

މިފަދަ ޙަދީޘްތަކުގެ މާނަ ފުރިހައަށް ދެނެވަޑައިގަތުމުގެ ނަތީއްޖެއްގެ ގޮތުން، ޔަރުމޫކު ހަނގުރާމައިގެ ޙާދިޘާ އާއި، އަބޫ ޠަލްޙާގެ ޙާދިޘާ ފަދަ ޙާދިޘާތައް ތާރީޚުގައި ލިޔެވި އެބޭފުޅުންނަށް ﷲ ގެ މަދަޙަ އާއި ތަޢުރީފު ލިބިވަޑަގެން، އަޅުގަނޑުމެންނާ ހަމައަށް އެ ވާހަކަތައް އައިސްފައި ވަނީ އެއިން ޢިބުރަތް ޙާޞިލްކޮށް ޢަމަލު ކުރުމަށެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހްމަދުﷲ ޖަމީލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު