ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 14:20
އެންޖެލީނާ ޖޯލީ
އެންޖެލީނާ ޖޯލީ
ގޫގުލް
އެންޖެލީނާ
އެންޖެލީނާ،"މަލެފިޝަންޓް 2"އަށް ތައްޔާރުވަނީ
 
އެންޖެލީނާ ބުނެފައިވަނީ އޭނާގެ ފޯކަސްހުރީ ކެމެރާގެ ފަހަތުގައި މަސައްކަތް ކުރުމަށްކަމަށް

އެންޖެލީނާ ޖޯލީ "މަލެފިޝަންޓް2" އަށް ތައްޔާރުވާން ފަށައިފިއެވެ. ފިލްމު ކުޅުމާއި ދުރަށް ޖެހިލުމަށްފަހު އެންޖެލީނާ "މަލެފިޝަންޓް2" ކުޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓާ އާއި ދެމީހުން ވަރިވުމަށްފަހު ފިލްމު ކުޅުމާއި ދުރުވުމަށްފަހުގައެވެ. އެދެމީހުން ވަރިވެފައިވަނީ ސެޕްޓެމްބަރު 15 ގައެވެ.

"މަލެފިޝަންޓް2" ކުޅޭނެކަމަށް އެންޖެލީނާ ޔަގީން ކޮށްދީފައިވަނީ ޓެލޫރައިޑް ފިލްމު ފެސްޓިވަލްގެ ތެރޭގައެވެ. އެ ފެސްޓިވަލްތެރޭގައި އެންޖެލީނާ ވަނީ އޭނާގެ ޑައިރެކްޝަންގައި ހަދާފައިވާ ފިލްމު "ފަސްޓު ދޭ ކިލްޑް މައި ފާދާ" ދައްކާލާފައެވެ. މި ފިލްމު ނެޓްފްލިކްސްއަށް މިމަހުގެ 15 ވަނަ ދުވަހު އަންނާނެއެވެ.

އެންޖެލީނާ ވަނީ އޭނާ ބްރެޑް ޕިޓްއާއި ވަރިވުމަށްފަހު ފިލްމު ކުޅުމާއި ދުރަށް ޖެހިލާފައެވެ. އެހެންކަމުން އޭނާގެ އެނބުރި އައުން "މަލެފިޝަންޓް2" އިން ފެންނަން ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ.

އެންޖެލީނާ ބުނެފައިވަނީ އޭނާގެ ފޯކަސްހުރީ ކެމެރާގެ ފަހަތުގައި މަސައްކަތް ކުރުމަށްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް