ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 10:39
ކުވައިތްގެ އަމީރު ޝެއިޚް ސަބާހް (ކ) އަދި ރައީސް ޓްރަމްޕް
ކުވައިތްގެ އަމީރު ޝެއިޚް ސަބާހް (ކ) އަދި ރައީސް ޓްރަމްޕް
އޭޕީ
ގަތަރު މައްސަލަ
ގަތަރުގެ މައްސަލައިގައި މެދުވެރިއެއްގެ ރޯލް އަދާކުރައްވަން ހުންނެވީ ތައްޔާރަށް: ރައީސް ޓްރަމްޕް
 
ގަތަރުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ

އެމެރިކާ އަދި އަރަބި ގައުމުތަކާއި ގަތަރާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލު ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ މެދުވެރިއެއްގެ ރޯލް އަދާކުރެއްވުމަށް ތައްޔާރަށް ކަމަށް އެ މަނިކުފާނު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ގަތަރުގެ މައްސަލައިގައި މެދުވެރިއެއްގެ ރޯލް އަދާކުރައްވާ ކުވައިތްގެ އަމީރު ޝެއިޚް ސަބާހް އަލް-އަހްމަދު އަލް-ޖާބިރު އަލް-ސަބާހްއާ އެކު ބުރާސްފަތި ވޮޝިންޓަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ޓްރަމްޕް ވިދާޅުވީ ގަތަރުގެ މައްސަލާގައި، ގަތަރާއި ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް އެމަނިކުފާނު މެދުވެރިއެއްގެ ރޯލް އަދާކުރައްވައިފި ނަމަ ވަަރަށް އަވަހަށް މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ކުވައިތުގެ އަމީރު ޝެއިޚް ސަބާހް އަލް-އަހްމަދު އަލް-ޖާބިރު ވިދާޅުވީ ގަތަރުގެ މައްސަލައިގައި މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަކީ މިހާތަނަށް އަސްކަރީ އެއްވެސް ފިޔަވަޅެއް ގަތަރަށް އެޅުމުން ސަލާމަތްކޮށްފައިވާ ކަންކަމަށެވެ. ކުވައިތުގެ އަމީރު އިތުރަށް ވިދާޅުވީ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ގަތަރަށް ކޮށްފައިވާ 13 ޑިމާންޑްތަކަށް މަޝްވަރާކުރަން ބޭނުންވާ ކަމަށް ބުނެ ގަތަރުން ފޮނުވައިފާ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ 13 ޑިމާންޑްތަކުގެ ތެރެއިން ބައެއް ޑިމާންޑްތައް ގަތަރަށް ގަބޫލުކުރަން ދަތިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ގަތަރަށް އަމަލުކުރަން ދަތި ޑިމާންޑްތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށް ކުވައިތްގެ އަމީރު ވިދާޅުވިއެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލީ ޖޫން މަހުގެ ތެރޭގައެވެ.

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް