ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 08:00
ބާބިއއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުނީ ވިދާޅުވީ 95 އިންސައްތަ އިމާރާތަކީ ކޮންމެވެސް ގެއްލުމެއް ވެފައިވާވާ އިމާރާތްކަމަށް
ބާބިއއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުނީ ވިދާޅުވީ 95 އިންސައްތަ އިމާރާތަކީ ކޮންމެވެސް ގެއްލުމެއް ވެފައިވާވާ އިމާރާތްކަމަށް
ބީބީސީ
ތޫފާން އިރްމާ
ތޫފާން އިރްމާ ބިންތިރި ޓަރކްސް އެންޑް ކެއިކޮސްއަށް މިސްރާބު ޖަހައިފި
 
މިހާތަނަށް 1.2 މިލިއަން މީހުންނަށް މި ތޫފާނުގެ އަސަރުކޮށްފައިވޭ
 
މިހާތަނަށް މަދުވެގެން 10 މީހުން މަރުވެފައިވާކަމަށްވަނީ ރިޕޯޓްކޮށްފަ
 
ތޫފާން ދަތުރުކުރާ މަގުގެ ރައްތަކަށް ބަލާއިރު ގަޑިއަކު 180 މޭލަށް ވައި ޖެހެމުންދޭ

ކެރީބިއަންގެ އެކި ކަންކޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު ތޫފާން އިރްމާ ބިންތިރި ޓަރކްސް އެންޑް ކެއިކޮސްގެ ރަށްތަކަށް މިސްރާބް ޖަހާފައިވާތީ އެ ރަށްތަކުގެ ރައްޔިތުން ތައްޔާރުވާން ފަަށަައިފިއެވެ.

އިނގިރޭސިންގެ ބެލުމުގެ ދަށުގައި އޮންނަ މި ރަށްތަކަށް ކޮޅިގަނޑެއްގެ ގޮތުގައި އިރުމާ އަރާނެ ކަމަށް ބެލެވޭއިރު އާއްމުކޮށް ރާޅު ހުންނަ މިންވަރަށްވުރެ ބޮޑުވެެ ހަ މީޓަރު(20ފޫޓް)ގެ ރާޅު އަރާނެ ކަަަަމަށްވަނީ ބެލެވިފައެެވެ.

އިރުމާއަކީ ތޫފާނުތަކުގެ އެންމެ ބާރުގަަދަ ކެޓަގަރީ ކަމަށްވާ ކެޓަގަރީ ފަހެއްގެ ތޫފާނެކެވެ.

ތޫފާން ދަތުރުކުރާ މަގުގެ ރަށްތަކަށް ބަލާއިރު ގަޑިއަކު 180 މޭލަށް(258ކިލޯމީޓަރު) ވައި ޖެހެމުންދެއެވެ.

މިހާތަނަށް މަދުވެގެން 10 މީހުން މަރުވެފައިވާކަމަށްވަނީ ރިޕޯޓްކޮށްފައެވެ.

ކުޑަ ރަށެއްކަމަށްވާ ބާބިއުޑާ ވަނީ ދިރިއުޅެން އުނދަގޫ މިންވަރަށް ހަލާކުވެފައިކަމަށް ބުނެވެއެވެ.އޮފިޝަލުންވަނީ ސެއިންޓް މާޓިންވެސް އެއްކޮށް ކަހަަލަ ގޮތަކަށް ސުންނާފަތިވެފަައިވާއިރު މަަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އިރްމާ މިހާރު ޑޮމިނިކަން ރިޕަބްލިކާ ހިސާބުގައި ކަމަށްވާއިރު ޓަރކްސް އެންޑް ކެއިކޮސް އަށް ތޫފާން އަރާނެ ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހު ހަވީރުއެވެ.

ހަފްތާ ބަންދުގައި އެމެރިކާގެ ސްޓޭޓެއްކަމަށްވާ ފްލޮރިޑާއަށް ތޫފާން އެރުމުގެ ކުރިން ކިއުބާއަށް ތޫފާން އަރާނެ ކަަމަށް ލަފާކުރެވެއެވެ. އެމެރިކާގެ އިމަރޖެންސީ އޭޖެންސީގެ ވެރިޔާ ލަފާކުރައްވާގޮތުގައި ގެއްލުން ބޮޑު ތޫފާނަކަށް މި ތޫފާނު ވެގެންދާނެއެވެ.

މިހާތަނަށް 1.2 މިލިއަން މީހުންނަށް މި ތޫފާނުގެ އަސަރުކޮށްފައިވާއިރު މި އަދަދު 26 މިލިއަނަށް އަރައިގެންދާނެ ކަމަށް ރެޑް ކްރޮސްއިން ބުނެއެވެ.

ތޫފާން އިރްމާ ފުުރަތަމަ އަރާފައިވަނީ ދެ ރަށެއްގެ މައްޗަށް އެކުލެވޭ ގައުމެއްކަމަށްވާ އެންޓިގުއާ އެންޑް ބާބިއުޑާއަށެވެ.ބާބިއއުޑާއިން އެއް ކުޑަކުއްޖަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވާިއިރު ބޮޑުވަޒީރު ގެސްޓަން ބްރައުނީ ވިދާޅުވީ 95 އިންސައްތަ އިމާރާތަކީ ކޮންމެވެސް ގެއްލުމެއް ވެފައިވާވާ އިމާރާތްކަމަށެވެ.

ބީބީސީއަށް އޭނާ ވިދާޅުވެފައިވަނީ ބާބިއުޑާގެ އާބާދީގެ 50 ޕަސެންޓް މިހާރު ތިބީ ގެދޮރު  ގެއްލިފައިކަމަށާއި ގައުމު އަލުން އާބާދުކުރުމަށް 100 މިލިއަން ޑޮލަރު ބޭނުންވާނެކަމަށެވެ.

ތޫފާން އެރި، 80،000 މީހުންގެ އާބާދީއެއް އޮންނަ އެންޓިގުއާއިންވަނީ ބޮޑެތި ގެއްލުންތަކެއް އަދި ފުރާނައެއް ނުގެއްލި ސަލާމަތްވެފައެވެ.

ފްރާންސްއާއި ހޮލެންޑްގެ އަތްދަށުގައި އޮންނަ ސެއިންޓް މާޓިންއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ

ފްރާންސްގެ އޮފިޝަލަކުވަނީ ސެެއިންޓް މާޓިން އިން ހަތަރު މީހަކު މަރުވެފައިވެ އަދި 50 މީހަކު ޒަޚަމްވިކަމަށް ރިޕޯޓްކޮށްފައެވެ.ހޮލެންޑްގެ އިދާރާތަކުންވަނީ އެކަކު މަރުވެ އެތައްބަޔަކު ޒަޚަމްވިކަމަށް ރިޕޯޓްކޮށްފައެވެ.

ފްރާންސްގެ ބޮޑުވަޒީރު އެޑުއާޑް ފިލިއްޕެ ވިދާޅުވީ 60 އިންސައްތަ ގެ ހުރީ ނޫޅެވޭވަރުވެފައިކަމަށެވެ.

ކެރީބިއަންގެ ތިންވަނައަށް އެންމެ ބޮޑު އެއާޕޯޓްކަމަށްވާ ސެއިންޓް މާޓިން އެއާޕޯޓަށްވަނީ ސީރިއަސް ގެއްލުންތަކެއް ލިބިފައެވެ

ޕޯޓަރިކޯއިން މަދުވެގެން އެކަކު މަރުވެފައިވާކަމަށް ގަވަރުނަރުގެ އޮފީހުން ބުންޏެވެ.

އެމެރިކާގެ ދަށުގައި އޮންނަަ އެ ޓެެރިޓަރީގެ ވެރިރަށް ސެން ޖުއާން އިން 30 ފޫޓްގެ ރަޅުފެނިފައިވެއެވެ.6،000އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކުގައި ތިބި އިރު އެތައް ބަޔަކުތިބީ ކަރަންޓުން މަހުރޫމުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް