ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 18:15
އޮސްޓްރޭލިއާގައި މިޔަންމާގެ މުސްލިމުން ބޭއްވި އެއްވުމުގެ ތެރެއިން
އޮސްޓްރޭލިއާގައި މިޔަންމާގެ މުސްލިމުން ބޭއްވި އެއްވުމުގެ ތެރެއިން
ރޮއިޓަރސް
އޮސްޓްރޭލިއާ
ރޮހިންޖާ މުސްލިމުންނާ އެކީތިބިކަން ހާމަކޮށްދިނުމަށް އޮސްޓްރޭލިއާގައި އެއްވުންތަކެއް ބާއްވައިފި
 
މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާމެދު ދުނިޔޭގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިފައި

މިޔަންމާގެ އަސްކަރިއްުޔާ އިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމަށް އަދި މިޔަންމާގެ މުސްލިމުންނާ އެކީ ތިބިކަން ހާމަކުރުމަށް އޮސްޓްރޭލިއާ ގައި އުޅޭ މިޔަންމާ މުސްލިމުން އެއްވުމެއް ބާއްވައިފިއެވެ.

އޮސްޓްރޭލިއާގެ މެލްބަން އާއި ސިޑްނީ ސިޓީގައި ބުރާސްފަތި  ދުވަހު އެއްވި މިޔަންމާގެ މުސްލިމުން ބުނަމުން ދިޔައީ މިޔަންމާގެ އަސްކަރިއްޔާ އިން މިޔަންމާގައި ތިބި މުސްލިމުންނާ ދޭތެރޭ ހިންގަމުންދާ ޖަރީމާތައް ހުއްޓުވަން ބައިނަލްއަގްވާމި މުޖުތަމައުއިން މިހާރަށްވުރެ މާބޮޑު ރޯލެއް ކުޅެން ޖެހޭ ކަމަށެވެ. 

މި އެއްވުންތަކުގައި ބައިވެރވި މީހުން ބުނަމުން ދިޔައީ އޮސްޓްރޭލިއާގެ މައި ސަރުކާރުން ވެސް، މިޔަންމާގެ ރައްޔިތުންނަށް އެގައުމުގެ އަސްކަރިއްޔާ އިން ދެމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މިޔަންމާގެ މުސްލިމުންަނަށް ދިމާވެފައިވާ ނިކަމެތި ހާލަތާ ބެހޭގޮތުން "ދަ ރެފިއުޖީ ކައުންސިލް އޮފް އޮސްޓްރޭލިއާ" އިން ބުނެފައި ވަނީ މިޔަންމާގެ ހާލުގައި ޖެހިފައި ތިބި ރޮހިންޖާ މުސްލިމުން އޮސްޓްރޭލިއާގައި ވަޒަންވެރި ކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ ސަރުކާރުން ހިންގަން ޖެހޭ ކަމަށެވެ.

މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރާ އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް  އޯގަސްޓް މަހު 25 އިން ފެށިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝްއަށް 146000 ރޮހިންޖާ މުސްލިމުން އެތެރެވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކަށް ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އިންތިހާއަށް އިތުރުވެފައިވާއިރު އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް