ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 15:25
މުމްބާއީގައި 1993 ވަނަ އަހަރު ދިން ހަމަލާގައި 257 މީހުން މަރުވި
މުމްބާއީގައި 1993 ވަނަ އަހަރު ދިން ހަމަލާގައި 257 މީހުން މަރުވި
އޭއެފްޕީ
މުމްބާއި ބްލާސްޓްސް 1993
މުމްބާއީގައި ދިން ހަމަލާއާ ގުޅިގެން ދެ މީހަކަށް މަރުގެ ހުކުމް އިއްވައިފި
 
އެ ހަމަލާއަކީ މުސްލިމުން މަރަމުން ގެންދިއުމުގެ ބަދަލު ހިފުމުގެ ގޮތުން ދެވުނު ހަމަލާއެއްކަމަށްވަނީ ތުހުމަތު ކުރެވިފަ
 
2003 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ހަތް ފިރެހެނަކު ހައްޔަރުކޮށް ވަކިވަވަކިން ދައުވާކޮށްފައިވޭ
 
މުމްބާއީގައި 1993 ވަނަ އަހަރު ދިން ހަމަލާގައި 257 މީހުން މަރުވި

އިންޑިއާގެ މުމްބާއީގައި 1993 ވަަނަ އަހަރު ދިން ބޮމުގެ ހަމަލާގައި ބައިވެރިވެރިވި ދެ މީހެއްގެ މައްޗަށް މުމްބާއީގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ.

ފީރޯޒް ޚާންއާއި ތާހިރު މާޗަންޓްގެ މައްޗަށް ވަނީ ސިއްރު ޖަރީމާ ރޭވުމާއި މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޮމުގެ ހަމަލާއަށް ފަހު އިންޑިއާ ދޫކޮށް ފިލައިގެން ޕޯޗުގަލް އަށް ގޮސް ހުއްޓައި އެކްސްޓްރެޑިޝަންގެ ދަށުން 2005 ވަނަ އަހަރު އިންޑިއާއަށް ގެންދެވުނު އަބޫސަލީމް އާއި އެކު ކަރީމުﷲ ޚާންގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވިފައެވެ.

އެ ހަމަލާއަކީ މުސްލިމުން މަރަމުން ގެންދިއުމުގެ ބަދަލު ހިފުމުގެ ގޮތުން ދެވުނު ހަމަލާއެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެތައް ތަނަކަށް ހަމަލާ އަމާޒުކުރެވުނު އިރު 257 މީހުން މަރުވެފައިވެއެވެ.

ރިޔާޒް ސިއްދީޤް ނަމަކަށް ކިޔާ އިތުރު ފިރެހެނަކު ވެސް ވަނީ 10 އަހަރަށް ޖަލަށް ލާފައެވެ. 2003 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ހަތް ފިރެހެނަކު ހައްޔަރުކޮށް ވަކިވަވަކިން ދައުވާކޮށްފައިވެއެވެ.

އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖޫން މަހު ވަނީ ކަނޑައަޅާފައެވެ. މުސްތަފާ ދޫސާ ނަމަކަށް ކިޔާ ފިރެހެނަކަށް ވަނީ ހުކުމް އިއްވިތާ ގިނަ ދުވަހެއް ނުވެ މަރުވެފަައެވެ.

ކުށް ސާބިތުނުވާތީ އެކަކު ވަނީ ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް