ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:35
"ހައްދު" ގެ ޕްރިމިއާ ޝޯގައި ފިލްމުގެ މައިގަނޑު ތިން ތަރިން ފޮޓޯއަކަށް ހުއްޓިގެން
"ހައްދު" ގެ ޕްރިމިއާ ޝޯގައި ފިލްމުގެ މައިގަނޑު ތިން ތަރިން ފޮޓޯއަކަށް ހުއްޓިގެން
މުހައްމަދު ޝަރުހާން
ހައްދު
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
 
ތަފާތު ފިލްމެއް، މަންޒަރުތައް ސަޅި

ކާސްޓް: އަހްމަދު ޝިބާން، މަރިޔަމް އައްޒަ،އައިމިނަތު ރިޝްފާ،އަލީ އާޒިމް (ދޮން އައްޔަ) މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން،ނުޒުހަތު ޝުއައިބު (ނުޒޫ)،އަހްމަދު ފައިރޫޒް

ޑައިރެކްޝަން: އަބްދުލް ފައްތާހު

ސްކްރީން ޕްލޭ: މަހުދީ އަހްމަދު

ޕްރޮޑިއުސަރު: ފައްތާހު އަދި ބަތަލާ ނިއުމާ މުހައްމަދު

ފިލްމުގައި ހިމެނެނީ ހަ ލަވައެވެ. ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި އަންހެނުން މަރިޔަމް އަޝްފާ އަދި އެ ދެ މީހުންގެ ދަރިފުޅު ޔޫސުފް އަލްސަން އެވެ.

ފިލްމު ފެށިގެން އަންނަނީ ތޮއްޖެހިފައިވާ މާލޭގައި ދުވަމުން ތެޅެމުން އަންނަ ޔުސްރާ (އައްޒަ) އޭނާގެ ރަށަށް ދިއުމަށް ބޯޓަކަށް އަރާ މަންޒަރުންނެވެ. އޭރު އޭނާ ބޯޓަށް އަރާ ހަމަ ޖެހި ނުލެވެނީސް އަލީ(ޝަބީން)ވެސް އައިސް ބޯޓަށް އަރައެވެ.  މިއީ ފިލްމުގެ މައިގަނޑު ދެ ތަރިންގެ ފުރަތަމަ ދިމާވުމެވެ. އަލީ އާއި އައްޒަގެ ގުޅުން ބަދަހިވެގެން ދިޔައީ ހީވެސް ހުނުކުރާ ގޮތަކަށެވެ. އެ ގުޅުން ވެސް ކެނޑިގެން ދިޔައީ އިސާހިތަކު މުޅިން ތަފާތު ގޮތަކަށެވެ.

ދިވެހިންގެ އާންމު ދިރިއުޅުމުގައި ހިނގާ އަދި އެތައް ބަޔަކު ތަޖުރިބާކުރަންޖެހޭ ހިތްދަތި އެތައް ކަމެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުން މުޖުތަމައުގެ ހާލަތު ވަރަށް ފުރިހަމައަށް ގެނެސްދެ އެވެ.

 

 

އައްޒަށް ކުރިމަތިލާން ޖެހެނީ އާދަޔާ ހިލާފު ކަންތައްތަކަކާ އެވެ. ފިލްމުގައި ރިޝްފާ އަށް ވެސް ތަހައްމަލު ކުރަން ޖެހެނީ ހިތްދަތި ދިރިއުޅުމެކެވެ. ރަށްފުށާއި މާލޭގެ ދިރިއުޅުމާއި މުސްކުޅިންނާއި ނިކަމެތިންގެ ތަފާތާއި ދުނިޔޭގެ އުފަލާއި ހިތްހަމަޖެހުމާއި ވަގުތީ އުފަލާއި، އަމިއްލަ އެދުމާއި ތަހިވެތިކަން ވެސް ދައްކައިދީފައިވެ އެވެ. ކަންކަމުގައި ހައްދުފަނައަޅައިގެން ދިއުމަށް މެދުވެރިވާ ކަންކަމާއި އެކަންކަމުގެ ނަތީޖާ ދައްކުވައިދީފާލެއް ފުރިހަމަކަމުން ބައެއް ފަހަރު ނޭވާ ހިފަހައްޓާލަން ޖެހޭއިރު، އަނެއް ބައިފަހަރު ރޮއްވާލަ އެވެ. ފިލްމުގެ ވާހަކަ އާއި ފިލްމުގެ އެތުރުންގަނޑު ވެސް ފިލްމުގެ ނަމާ ވަރަށް ގުޅެ އެވެ.

މި ފިލްމަކީ ދިވެހި ފިލްމުގެތަކުގެ ބެންޗްމާކަކަށް ވާނެ ކަމަށް ފައްތާހު ގަބޫލްކުރެ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ސަރައުންޑް ސައުންޑް (5.1 ސައުންޑް) ހަދާފައިވާ ފުރަތަމަ ދިވެހި ފިލްމަކީ ހައްދު ކަމަށް ފައްތާހު ބުނެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ފައްތާހް ޑައިރެކްޓްކުރި "އާދޭހަށް" ފަހު ގެނެސްމި ދިން "ހައްދު" ގައި ވެސް ތަފާތު ސަޅި ކަންކަން އެބަ ހުއްޓެވެ.

މި ފިލްމުގެ ތަރިންގެ ކެރެކްޓަ ވަރަށް ފުރިހަމައަށް ހިފަހައްޓާފައިވެ އެވެ. ފިލްމުގެ ފުރަތަމަ ބައިގައި އައްޒަގެ ސަކަ ގޮތްތަކާއި ބޮލިރަވައެއް ފަދަ އަނގަތެޅުމުގެ ކެރެކްޓާ އެގޮތުގައި ހިފަހައްޓާފައިވާއިރު، އޭނާއަށް މެދުވެރިވި ނިކަމެތި ހާލަތްތަކުގައި ވެސް ކެރެކްޓާ ބަދަލުކޮށް، އެގޮތުގައި ހިފަހައްޓާފައިވެ އެވެ. އަދި ހައްދު އިން އަލަށް ފެނިގެންދާ އަލީގެ ކެރެކްޓާ އާއި އެކްޓިންގައި މާބޮޑު އާކަމެއް ނެތެވެ. އޭނާގެ ވަރުގަދަ ހަށިގަނޑު ފިލްމުގައި ދައްކުވައިދީފައި ވަނީ ވެސް ފުރިހަމަ އަށެވެ. އެހެން ސްޓާރުން ވެސް އެކްޓިން ފުރިހަމަ އެވެ. ފައްތާހުގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުގައި ވެސް ކޮސްޓިއުމް ވެސް ވަރަށް ފައްކައެވެ. ނެށުންތައް ވެސް ފުރިހަމަ އެވެ. ދެން މިއީ ބެންޗްމާކަކަށް ވާރުގެ ފިލްމެއް ކަމަށް ކަނޑައަޅާނީ ބެލުންތެރިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް