ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:31
ޓޯގޯގައި ޤާނޫނު އަސާސީ އިސްލާހުކުރުމަށް ގޮވާލައި މުޒާހަރާކުރަނީ
ޓޯގޯގައި ޤާނޫނު އަސާސީ އިސްލާހުކުރުމަށް ގޮވާލައި މުޒާހަރާކުރަނީ
ގޫގުލް
މުޒާހަރާކުރުން
ޓޯގޯގައި ޤާނޫނު އަސާސީ އިސްލާހުކުރުމަށް ގޮވާލައި މުޒާހަރާކޮށްފި
 
މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ބުނެފައިވަނީ އެ ޤައުމުގެ ހާލަތު ބަދަލުނުވާ ކަމަށް
 
މުޒާހަރާގެ ބައިވެރިންވަނީ ލިޔުންތައް ހިފައިގެން މަގުމަތީގައި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައި

ޓޯގޯގައި ޤާނޫނު އަސާސީ ބަދަލުކުރުމަށް ގޮވާލައި އެ ޤައުމުގެ ރައްޔިތުން ބުދަ ދުވަހު މުޒާހަރާކޮށްފިއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާކޮށްފައިވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކަމަށާއި އަދި އެތައް ލައްކަ މީހުން މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށް ވެއެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ބުނެފައިވަނީ އެ ޤައުމުގެ ހާލަތު ބަދަލުނުވާ ކަމަށާއި އެއްވެސް ކަމެއް ޤައުމުގައި ރަގަޅަށް ނުހިނގާކަމަށެވެ. ބައެއް ހޮސްޕިޓަލުތަކުގައި ބޭނުންވާ ސާމާނުތައް ނެތުމުގެ ސަބަބުން އެތައް ބަޔަކަށް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ބައިވެރިވިން ވަނީ ބުނެފައެވެ.

މުޒާހަރާގެ ބައިވެރިންވަނީ ލިޔުންތައް ހިފައިގެން މަގުމަތީގައި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

ގިނަ އަދަދެއްގެ މީހުން މަގުތަކަށް ނިކުމެ މުޒާހަރާކުރުމުން އެ ޤައުމުގެ ސަރުކާރުންވަނީ ރައީސްކަން ކުރެވޭނެ އެންމެ ދިގު މުއްދަތަކީ ދެ ދައުރުކަމަށް ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ ޤައުމުގެ ރައްޔިތުން ބޭނުންވަނީ ވެރިކަމާއި ހަވާލުވެ ހުންނެވި ރައީސް ފޯރޭ ނާސިމްބޭ މަޤާމުން އިސްތިއުފާ ދިނުމަށެވެ.

އެ ޤައުމުގައި މީގެކުރިން ރައީސްއަކަށް ވެރިކަމުގައި ދެމިހުންނެވެނީ ކިހާ ދުވަހަކަށް ކަމެއް ބަޔާންކޮށް ޤާނޫނު އަސާސީ ކަނޑައަޅާފައެއް ނުވެއެވެ.

މުޒާހަރާތަކާއި ގުޅިގެން މިހާރު އެ ޤައުމުގައި އިންޓަނެޓް ބޭނުންކުރުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އަޅާފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް