ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 21:13
ހައްދު ފިލްމުގައި ހިމެނޭ ބައެއް ތަރިން ފޮޓޯއަކަށް ހުއްޓިގެން
ހައްދު ފިލްމުގައި ހިމެނޭ ބައެއް ތަރިން ފޮޓޯއަކަށް ހުއްޓިގެން
މުހައްމަދު ޝަރުހާން
ހައްދު ޕްރިމިއާކުރުން
ދިވެހި ފިލްމް "ހައްދު" ޕްރިމިއާކޮށްފި
 
ހައްދު ފިލްމް ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި އަޅުވާނެ
 
ހައްދު ފިލްމްގެ ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށް

ޑައިރެކްޓަރ އަބްދުލް ފައްތާހުގެ "ހައްދު" ޕްރިމިއާ ކޮށްފި އެވެ.

ހާއްސަ ރެޑްކާޕެޓް އިވެންޓަކާއެކު ޝްވެކް ސިނަމާގައި ހައްދު ޕްރިމިއާކޮށްފައިވާއިރު، މި ފިލްމް ހުޅުމާލޭ ޝެވެކް ސިނަމާ އަދި އޮލިމްޕަހުގައި ބުދަ ދުވަހުން ފެށިގެން ދަނީ އަޅުވަމުންނެވެ.

ފިލްމު އެޅުވުމުގެ ކުރިން ވެސް ދިވެހި އެހެން ފިލްމެއް "ހައްދު" އާ އަޅައިނުކިޔޭނެ ކަމަށް ފައްތާހު ބުނެފައިވާއިރު، ޕްރިމިއާ ހަފުލާގައި އޭނާ ވިދާޅުވީ ހައްދަކީ ދެން ދިވެހި ފިލްމްތަކުގެ ބެންޗްމާކަށް  ވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5.1 ސައުންޑް (ސަރައުންޑް ސައުންޑް) ހަދާފައިވާ ފިލްމަކަށް ހައްދު ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި ފިލްމުގެ ހުރިހާ މަންޒަރަކާއި ނެގުންތަކާއި އެކްޓިން ވެސް ތަފާތެވެ. 

ފައްތާހުގެ ޓްރޭޑްމާކް ސްޓައިލްގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާއިރު، އެ މަންޒަރުތަކަށް ހިތްތައް ދަމައިގަންނައިރު، މި ފިލްމުން އަލަށް ތައާރަފުކުރި އަހުމަދު ޝިބާންގެ އާކަމެއް ފެނިގެނެއް ނުދެ އެވެ. އޭނާގެ ވަރުގަދަ ހަށިގަނޑަށް ފިލްމު ޕްރިމިއާ ހަފުލާގައި ބައިވެރިވި މީހުންގެ ވެސް ޝައުގު ހުއްޓެވެ. 

ފިލްމީ ދާއިރާގައި 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފައްތާހުގެ 2014 ގައި ރިލީޒް ކުރި "އާދޭސް" އަށް ފަހު ފައްތާހު ޑައިރެކްޓްކުރި ހައްދުގައި ވެސް ތަފާތު ކަމެއް ކޮށްލާފައިވެ އެވެ. މި ފިލްމުގައި ހާއްސަ ފެނިލުމެއްގެ ގޮތުގައި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ފައިރޫޒު ދައްކާލާފައިވެ އެވެ. ފައިރޫޒު ފެނިގެން ދަނީ، ފިލްމުގައި އައިމިނަތު ރިޝްފާގެ އަލަތު ފިރިމީހާގެ ގޮތުގަ އެވެ. ކުޅަދާނަ ނޫސްވެރިއެއްގެ އިތުރުން ފައިރޫޒުގެ މި ފެނިލުމުގައި އޭނާ އެކްޓިން ވެސް ވަރަށް ފައްކަ އެވެ. ސަޅިއެވެ. 

މާލޭ ޝްވެކާއި ހުޅުމާލޭ ޝްވެކްގެ އިތުރުން އޮލިމްޕަހުގައި މި ފިލްމުގެ 18 ޝޯ އަޅުވާއިރު، ބުރާސްފަތި ދުވަހު އައްޑޫ ސިޓީގެ ހިތަދޫ އަދި މަރަދޫ ފޭދޫގައި އަޅުވާނެ އެވެ. ، މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީގައި  ފިލްމް އަޅުވާނެ އެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ބައެއް ރިސޯޓުތަކުގައި ތަރުހީބު ލިބެމުންދާވަރަކަށް ފިލްމު ދައްކަން ހަމަޖެހިފައިވާކަމަށް ފައްތާހު ވަނީ ބުނެފައެވެ.

މި ފިލްމްގެ ހުރިހާ ޓިކެޓެއް ވެސް 100 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ތަރިންގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު، އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނަޖާހް އެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކައެކެވެ. މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް