ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 21:59
ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން އެބައިމީހުންގެ ވަޒަން ދޫކުރަންފަށައިފި
ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން އެބައިމީހުންގެ ވަޒަން ދޫކުރަންފަށައިފި
ރޮއިޓަރސް
މިޔަންމާ
މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!
 
މިޔަންމާގެ އަސްކަރިއްޔާއިން ދަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގިނަ އަމަލުތަކެއް ހިންގަމުން

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް  އޯގަސްޓް މަހު 25 އިން ފެށިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝްއަށް 146000 ރޮހިންޖާ މުސްލިމުން އެތެރެވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އދ ގެ އޮފިޝަލުން ބުދަ ދުވަހު މިކަން ހާމަކޮށްފައިވާއިރު މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބަންގްލަދޭޝް އިން ހިމާޔަތް ހޯދި ރޮހިންޖާ މުސްލިމުންގެ އަދަދު މިހާރު ވަނީ 233000 އަށް އަރާފައެވެ. 

އެހީދޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އެހީގެ ތަކެއްޗާއި އަދި ކޭމްޕް ފަދަ ތަކެތި ވަނީ  ޑިމާންޑާ އެއްވަރަށް ފޯރުނުކޮށްދެވިފައެވެ. 

އދގެ ރެފިއުޖީންނާ ބެހޭ  އެޖެންސީން ބުނާގޮތުން އެތެރެވަމުންދާ "މީހުން ވަރަށް ގިނަ ކަމަށާއި ހިތާމަ ކުރަން ޖެހޭ މިންވަރަށް މީހުން އަންނަމުންދާ ކަމަށެވެ." 

މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރާ އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކަށް ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އިންތިހާއަށް އިތުރުވެފައިވާއިރު އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށެވެ. 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް