ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 15:20
އުތުުރު ކޮރެއާ އިން މިހާތަނަށް ހަ ނިއުކްލިއާ ޓެސްޓެއް ކޮށްފައިވޭ
އުތުުރު ކޮރެއާ އިން މިހާތަނަށް ހަ ނިއުކްލިއާ ޓެސްޓެއް ކޮށްފައިވޭ
ގޫގުލް
އުތުރު ކޮރެއާ
އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވޭ
 
އުތުރު ކޮރެއާ އިން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި މިސައިލް ޓެސްޓްކުރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުން

އުތުރު ކޮރެއާ އިން އެންމެ ފަހުން ކުރި ނިއުކްލިއާ ޓެސްޓް އާއި ގުޅިގެން ގިނަ އަދަދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

އާދީއްތަ ދުވަހު އުތުރު ކޮރެއާ އިން ކުރި ނިއުކްލިއާ ޓެސްޓް ކޮށްފައި ވަނީ އެގައުމުގައި ހުރި ހަމައެކަނި ނިއުކްލިއާ ޓެސްޓް ކުރާ ސައިޓް ކަމަށްވާ ޕަންގީ-ރީ ސައިޓުގައެވެ. 

އުުތުރު ކޮރެއާގެ ނިއުކްލިއާ ޓެސްޓާއި ގުޅިގެން 6.3 މެގްނިޓިއުޑްގެ ޓްރެމާއެއް ނުވަތަ ބިންގަނޑު ގުނޑުމެއް އައިސްފައިވެއެވެ. 

އުތުުރު ކޮރެއާ އިން މިހާތަނަށް ހަ ނިއުކްލިއާ ޓެސްޓެއް ކޮށްފައިވާއިރު އާދީއްތަ ދުވަހު ޓެސްކުރި ބޮމަކީ، ބާރުގެ ރޭންޖަށް ބަލާއިރު 50-120 ކިލޯޓަން ރޭންޖުގެ ބޮމެކެވެ. 

އުތުރުކޮރެއާ ދައުލަތުން ހިންގާ ނޫސް އިދާރާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ(ކޭސީއެންއޭ) އިން ވަނީ އާދީއްތަ ދުވަހު އެ ގައުމުން ކުރި ނިއުކްލިއަރ ޓެސްޓަކީ ދައުލަތުގެ ނިއުކްލިއަރ ބާރުގެ އެންމެ ފަހު ލަނޑުދަނޑި ހާސިލް ކުރެވުނު ޚާއްސަ މުނާސަބާ ކަމަށް ބުނެ ތައުރީފް ކޮށްފައެވެ.

އުތުރު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުމާއި ނަފްރަތު އެގައުމަށް ވަނީ އަމާޒުވެފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ އެގައުމަށް ފިޔަވަޅު ވެސް އަޅާފައެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ އަމަލުތަކެއް އިސްލާހެއް ނުވެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
33%
67%
0%
0%
0%
0%
ކޮމެންޓް