ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 13:52
އެމެރިކާގެ މައި ސިޓީތަކަށް ތޫފާން އަރާނެ ކަމަށް އަދި މާ އަވަސް ކަމަށް ހަރިކޭން ސެންޓަރުން ބުނޭ
އެމެރިކާގެ މައި ސިޓީތަކަށް ތޫފާން އަރާނެ ކަމަށް އަދި މާ އަވަސް ކަމަށް ހަރިކޭން ސެންޓަރުން ބުނޭ
ނާސާ
ތޫފާން އިރްމާ
ތޫފާން އިރްމާ ކެރީބިއަންގެ ރަށެއްކަމަށްވާ ބާބިއުޑާގެ ހުރަސްކޮށްފި
 
އެމެރިކާގެ މައި ސިޓީތަކަށް ތޫފާން އަރާނެ ކަމަށް އަދި މާ އަވަސް ކަމަށް ހަރިކޭން ސެންޓަރުން ބުނޭ
 
ތޫފާނުގައި ބުދަ ދުވަހު ހެނދުނު ވައި ހުރީ ގަޑިއަކު 185 މޭލު ބާރު މިނުގައި
 
ބުދަ ދުވަހުގެ ހެނދުނު ތޫފާންވަނީ ކެރީބިއަންގެ ރައްތަކަށް މިސްރާބު ޖަހާފައި

ތޫފާން އިރްމާ ކެރީބިއަންގެ ރަށެއްކަމަށްވާ ބާބިއުޑާގެ މަތިން ދަތުރުކޮށްފިއެވެ.

ކެޓަގަރީ ފަހެއްގެ ބާރުގަދަ މި ތޫފާނުގައި ބުދަ ދުވަހު ހެނދުނު ވައި ހުރީ ގަޑިއަކު 185 މޭލު ބާރު މިނުގައި ކަމަށް އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެއެވެ.

ތޫފާނުގެ މިސްރާބު އެތައް ރަށަކަށް ހުރިއިރު އޭގެ ތެރޭގައި ޕޯޓަ ރިކޯ،އެންޓިގުއާ، ސެއިންޓް ކިސްޓްސް،އަދި ނޭވިސް އާއި ޔޫއެސް ވަރޖިން އައިލެންޑްސް ހިމެނެއެވެ.

ބުދަ ދުވަހުގެ ހެނދުނު ކެރީބިއަންގެ ރަށްތަކަށް ތޫފާން މިސްރާބު ޖެހިއިރު ހާސްކަމަށް ވެއްޓިފައި ތިބި ރައްޔިތުންވަނީ ފެނާއި ކާބޯތަކެތި ޖަމާކޮށްފައެވެ.

ފްލޮރިޑާގެ ރައްޔިތުން ދަނީ  ތޫފާނު ކުރިމަތިވެދާނެ ބާރުމިނަކާމެދު ވިސްނަމުންނެވެ.

އެމެރިކާގެ މައި ސިޓީތަކަށް ތޫފާން އަރާނެ ކަމަށް އަދި މާ އަވަސް ކަމަށް ހަރިކޭން ސެންޓަރުން ބުނެއެވެ، ނަމަވެސް ހަފްތާ ބަނދުގައި ފްލޮރިޑާއަށް މިސްރާބު ޖަހާނެ ކަމަށް ވަނީ ބުނެފަައެވެ.

ކާބޯތަކެތި ގަނެ ޖަމާކުރުމަށްޓަކައި ފްލޮރިޑާގެ ފިހާރަ ތަކުގައި ވަނީ ކިއު ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް