ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 09:52
 ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ
އަބުދުﷲ މުހައްމަދު
މޯދީއާ ސޫކީ ބައްދަލު ކުރެއްވުނ
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިޔަންމާގެ ލީޑަރު ސޫކީ އާ ބައްދަލު ކުރައްވައިފި
 
މޯދީ ވަނީ ރައީސް ޓިން ކިޔޯއާ އަންގާރަ ދުވަހު ބައްދަލު ކުރައްވާފައި
 
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ

ރޮހިންޖާ  މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ސަބަބުން ފާޑުކިޔުން އަމާޒުވެފައިވާ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އަދި ޑިފެކްޓޯ ލީޑަރު އަންގ ސަން ސޫކީއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނޭ ޕިޑޯގައި ބައްދަލު ކުރައްވައިފިއެވެ.

ބޮޑުވަޒީރު މޯދީ މިޔަންމާއަށް ވަޑައިގެން ބުދަ ދުވަހު ހެނދުނު ސޫކީއާ ބައްދަލު ކުރައްވާފައި މިވަނީ ޗައިނާގައި ބޭއްވުނު ބްރިކްސް ސަމިޓް ނިންމަވާ ލެއްވުމަށް ފަހުއެވެ.

ދެ ގައުމުގެ ރަސްމީ ބައްދަލުވުން ތަކަކަށް ދަތުރު ފުޅެއްގައި މިޔަންމާއަށް ފުރަތަމަ ކުރެއްވި ޒިޔާރަތުގައި ބޮޑުވަޒީރު މޯދީ އަންގާރަ ދުވަހު ވަނީ އެ ގައުމުގެ ރައީސް ޓިން ކިޔޯއާ ވެސް ބައްދަލު ކުރައްވާފައެވެ.

މީގެ ކުރިން މޯދީ ވަނީ 2014 ވަނަ އަހަރު އާސިއާން-އިންޑިއާ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މިޔަންމާއަށް ވަޑައިގެންފައެވެ.

ސޫކީއާ މޯދީގެ ބައްދަލުވުމުގައި މިހާރު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރައީސް ޓިން ކިޔޯއާ އަންގާރަ ދުވަހު ބައްދަލު ކުރައްވާފައިވާއިރު އެ ބައްދަލުވުމަށް ފަހު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިތާތަކަށް ކެތް ނުކުރެވިގެން ވަޒަން ދޫކޮށް ނުކުންނަމުންދާއިރު 1970އިން ފެށިގެން 14،000 ރޮހިންޖާ މުސްލިމުން އިންޑިއާއަށް ގޮސްފައިވާ ކަމަށް އަލްޖަޒީރާއިން ހާމަކޮށްފައިވާ އަދަދުތަކުގައިވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮޮތުގައި ގަވައިދާ ޚިލާފަށް އިންޑިއާއަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު 40،000 އަށް އަރައެވެ.

އިންޑިއާގެ ސަރުކާރުން ދަނީ އެމީހުން ޑީޕޯޓް ކޮށްލުމަށް ވިސްނަމުންެނެވެ.

މިޔަންމާގެ ރައީސްއާއި ޑިފެކްޓޯ ލީޑަރު އަންގ ސަން ސޫކީ ވަނީ މިދިޔަ އަހަރު އިންޑިޔާއަށް ވަޑައިގެންފައެވެ.

މިޔަންމާއަކީ އިންޑިއާގެ ސްޓްރެޓީޖިކް އަވަށްޓެރިއެއް ކަމަށްވާއިރު ދެ ގައުމުން އެކުގައި 1،640 ކިލޯމީޓަރު ދިގު ސަރަހައްދެއް ސަރަހައްދީ ރޮނގުން ހިއްސާކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 00:30
ބިރަނދަ
ތިފެންނަނީ އިންޑިޔާގެ މިހާރުގެ އަސްލު ކުލަ!!!!!!