ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 08:39
ރާއްޖެޓީވީގެ އީދު ލަވައިގެ ޝޫޓީންނަށް ފަހު ބައެއް ސްޓާފުން ނަގާފައިވާ ގުރޫޕް ފޮޓޯއެއް
ރާއްޖެޓީވީގެ އީދު ލަވައިގެ ޝޫޓީންނަށް ފަހު ބައެއް ސްޓާފުން ނަގާފައިވާ ގުރޫޕް ފޮޓޯއެއް
ރިޒްނާ ޒަރީރު
ރާއްޖެޓީވީގެ އީދު ލަވަ
ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި
 
މުވައްޒަފުންގެ ނެށުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު

އަޟްހާ އީދަށް ރާއްޖެ ޓީވީން ތައްޔާރުކުރި "ކުކުޅެއް ކާން" ލަވައަށް އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި އެވެ.

 

 ރާއްޖެ ޓީވީގެ ނޫސްވެރިންނާއި ސްޓާފުން ފެނިގެންދާ މި ލައިން ގިނަ ބަޔަކު ހައިރާން ކޮށްލިއިރު، މި ލަވަ ފޭސްބުކުން ބެލި މީހުންގެ އަދަދު އެއް ލައްކައަށް އަރާފައިވާއިރު، ދެހާހަށް ވުރެ ގިނަ ޝެއާކޮށްފައިވެ އެވެ. ޔޫޓިއުބާއި ޓްވިޓާއިން ވެސް ގިނަ ބަޔަކު މި ލަވަ ވަނީ ބަލައިފަ އެވެ. 

 

މި ލަވައަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިފަހަރު ރަށްރަށުގައި ވެސް އީދު ފޯރު ގެނެސްދިނީ މި ލަވައިންނެވެ.  

 

މި ލަވައިގެ ޑައިރެކްޓަރު އަދި ޅެން ތައްޔާރުކުރި، ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވިދާޅުވީ ލަވަ އަށް އެއް ލައްކަ ވިއު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. 

 

"މި މަސައްކަތް ފެށިއިރު ވެސް އެނގޭ މިވަރުގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމެއް. އެއީ އެހާ ފޯރިގަދަ ލަވައެއް. ރާއްޖެ ޓީވީގެ ސްޓާފުންނަށް ވަރަށް ބޮޑު ތާއީދެއް އެބަ އޮތް، އެހެންވެ ސްޓާފުން ތަފާތު ގޮތަކަށް ފެނިގެން ދިޔައީމަ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަން ކުރިވެން އެނގުނު،" އާމިރު ވިދާޅުވި އެވެ. 

 

 

ރާއްޖެޓީވީގެ 26 ސްޓާފުން ފެނިގެންދާ ޖޯޝްގަދަ މި ލަވަ ކިޔައިދީފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ  މުހައްމަދު ޝާހިދެވެ.  ކޯރަސްގެ ބައި ހުށަހަޅާފައިވަނީ ޝަހީދާ ރިފްއަތު އެވެ. ލަވައިގެ ރެކޯޑިންގ އަދި މިކްސިން ހަދާފައިވަނީ ހުސެއިން ރަމީޒު އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް