ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 20:52
އިންޑިޔާގެ ނޫސްވެރިޔާ ގޯރީ ލަންކޭޝް
އިންޑިޔާގެ ނޫސްވެރިޔާ ގޯރީ ލަންކޭޝް
އިންޑިޔާ ޓުޑޭ
ނޫސްވެރިޔަކު މަރާލުން
އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި
 
އޭނާ ދިރިއުޅެމުންދަނީ އިންޑިޔާގެ ބެންގަލޫރުގައި
 
އޭނާ މަރާލީ ގޭގައި ހުއްޓާ
 
މިހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން 09:00 ހާއިރު

އިންޑިއާގެ ނޫސްވެރިއަކު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ބަޑިޖަހާ މަރާލައިފި އެވެ.

އޭނާ މަރާލައިފައި ވަނީ އޭނާ ބެންގަލޫރުގެ ރާޖަރެޖެސްވަރި ނަގަރުގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ. މިހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް އިންޑިއާ ގަޑިން ރޭގަނޑު 09:03 ހާއިރު އެވެ.

ގޯރީ ލަންކޭޝް ނަމަކަށް ކިޔާ މި ނޫސްވެރިޔާ އަކީ އަމިއްލަ މަޖައްލާއެއް ނެރެމުންދާ ނޫސްވެރިއެކެވެ.

ގޯރީ ލަންކޭޝް ނަމަކަށް ކިޔާ މި ނޫސްވެރިޔާ އަކީ އަމިއްލަ މަޖައްލާއެއް ނެރެމުންދާ ނޫސްވެރިއެކެވެ. ގޯރީ ލަންކޭޝް އެޑިޓްކޮށް ނެރެމުންދިޔައީ" ގޯރީ ލަންކޭޝް ޕަތްރިކޭ" މަޖައްލާ އެެވެ.

އޭނާ ބަޑިޖަހާ މަރާލާފައިވާ އިރު އަބުރުގެ ދައުވާގެ މައްސަލައެއްގައި އޭނާގެ މައްޗަށް 2016 އަހަރު ވަނީ ހަ މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މި މައްސަލައަކީ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ މަޖިލީސް މެންބަރު ޕްރަލާދް ޖޯށީ ހުށަހެޅި މައްސަލައެކެވެ.

ގޯރީ ލަންކޭޝް އަކީ ކޮލަމިސްޓެއްގެ އިތުރުން ޓީވީ ޗެނަލްތަކުގައި އިންޑިއާގެ ތަފާތު ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންސް ތަކުގައި ވެސް ހިޔާލުފާޅުކުރަމުންދާ ނޫސްވެރިޔެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
0%
0%
0%
100%
0%
0%
ކޮމެންޓް
5 ސެޕްޓެންބަރ 2017 | އަންގާރަ 21:49
ސައްޕޭ
ޚަބަރުގައިބާ ގޮތުން ތިކަންކުރިބައެއް ވަރަށްރަގަޅަށް އެބައެގޭ ނޫންތަ؟ ރާއްޖޭގަައިވެސް ވަނީ ސަރުކާރަށް ފާޑުކިޔަންޏާ ތިކަހަލަގޮތަކަށް، ގެއްލޭނެ، ، ހުޅުޖަހާނެ ވަޅިޖަހާނެ.