ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 15:59
މިޔަންމާގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންތަކެއް
މިޔަންމާގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންތަކެއް
ރޮއިޓަރސް
މިޔަންމާ
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
 
މިޔަންމާގެ ސިފައިންގެ ޝިކާރައަކަށް ރޮހިންޖާ މުސްލިމުން ވަނީ ވެފައި

މިޔަަންމާގެ ސަރުކާރުން އެގައުމުގެ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ  އަމަލުތަކުން ސަލާމަތްވުމަށް ވޭތުވެ ދިޔަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

އެހީދޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އެހީގެ ތަކެއްޗާއި އަދި ކޭމްޕް ފަދަ ތަކެތި ވަނީ އަންނަމުންދާ މީހުންގެ ގިނަކަމުން ޑިމާންޑާ އެއްވަރަށް ފޯރުނުކޮށްދެވިފައެވެ. 

އދގެ ރެފިއުޖީންނާ ބެހޭ  އެޖެންސީން ބުނާގޮތުން އަންނަމުންދާ "މީހުން ވަރަށް ގިނަ ކަމަށާއި ހިތާމަ ކުރަން ޖެހޭ މިންވަރަށް މީހުން އަންނަމުންދާ ކަމަށެވެ." 

މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރާ އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. 

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އެމީހުންގެ އަވަށުން ބޭރަށްވެސް ދެވެނީ ހުއްދަ ހޯދައިގެންނެވެ.ކަތިލަމުން މަރަމުން އެމީހުންގެ ގެދޮރާ މުދާ ސުންނާފަތިކޮށް އަންދާ އަޅިޔަށް ހަދަމުންދާ ދިޔުމަކަށް ހުއްޓުމެއް ނެތްއިރު ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުމާއި ނަފްރަތު ވަނީ މިޔަންމާ އަށް އިންތިހާއަށް އަމާޒުވެފައެވެ. 

ރޮހިންޖާ އަކީ މިޔަންމާގެ މައިނޯރިޓީ ނަސްލަކަށް ނިސްބަތްވާ ބައެކެވެ. އެ މީހުން ވަޒަންވެރިވެފައިވަނީ މިޔަންމާގެ ހުޅަނގުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ރަޚައިން ގައެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަމަންމާ އަކުން ރޮހިންޖާ މީހުންނަކީ މިޔަމަންމާގެ ރައްޔިތުން ކަމަކަށް ނުދެކެއެވެ. ރޮހިންޖާ މުސްލިމުންގެ ގޮތުގައި ބެލޭ 1.1 މިލިއަން މީހުންނަށް އަމިއްލަ ގައުމެއް ނެތެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
100%
0%
0%
0%
ކޮމެންޓް