ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 15:28
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ގޫގުލް
ކެންޔާ
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ
 
ކެންޔާގެ ސުޕްރީމް ކޯޓުން ދާދިފަހުން އަމުރުކޮށްފައި ވަނީ ކުރިއަށް އޮތް 60 ދުވަސް ތެރޭ ރިޔާސީ އިންތިޚާބު އަލުން ބާއްވަން

ކެންޔާގައި އަލުން ބާއްވާ އެގައުމުގެ ރިޔާސީ އިންތިޚާބު މިއަންނަ އޮކްޓޯބަރު 17 ވަނަ ދުވަހު ބާއްވަން އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ނިންމައިފިއެވެ. 

ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނެފައި ވަނީ އަލުން އިންތިޚާބު ބާއްވަނީ އެގައުމުގެ ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާގެ ނަންފުޅާއި މައި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާގެ ނަންފުޅާއި، ދެ ކެނޑިޑޭޓުންގެ ރަނިންމޭޓުންގެ ނަންފުޅު ކަމަށެވެ. 

ކެންޔާގައި ދާދިފަހުން ބޭއްވުނު ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކުރީ ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށްބުނެއެވެ.

އޯގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާގައި، އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ އަށް ވުރެ 1.4 މިލިއަން ވޯޓު އިތުރަށް ލިބިވަޑައިގެންފައި ވަނީ ރައީސް އުހުރު ކެންޔައްޓާ އަށެވެ.  އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ އައިޓީ ސިސްޓަމް ހެކްކޮށްފައިވާ ކަމަށާއި އެކަން ކުރީ ނަތީޖާ ބަދަލު ކުރުމަށް ކަަމަށެވެ. އަދި ނަތީޖާ ލިބުމާއިއެކު އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ ވަނީ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ސުޕްރީމް ކޯޓުގައި ޗެލެންޖް ކޮށްފައެވެ.  

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް