ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 10:44
އެންެޖެލީނާ ޖޯލީ
އެންެޖެލީނާ ޖޯލީ
ގޫގުލް
އެންޖެލީނާ ޖޯލީ
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ
 
އެންޖެލީނާއާއި ބްރަޑް ޕިޓްގެ ކައިވެނި ރޫޅިފައިވަނީ މިދިޔަ އަހަރުގައި

އެކަނި "ސިންގަލް" ކޮށް އުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމަށް އެންޖެލީނާ ޖޯލީ ބުނެފިއެވެ.

އެންޖެލީނާއާއި ބްރަޑް ޕިޓްގެ ކައިވެނި ރޫޅިފައިވަނީ މިދިޔަ އަހަރުގައެވެ.

އެންޖެލީނާ ޖޯލީ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކަނި އުޅުމަކީ އުނދަގޫކަމެއް ކަމަށާއި އެކަނި އުޅުމަކީ އޭނާބޭނުންވާ ކަމެއް ނޫންކަމަށެވެ. އަދި އޭގައި އެއްވެސް ފަސޭހަކަމެއް ނެތް ކަމަށާއި އެއީ އޭނާއަށް އެންމެ ކުރަން އުނދަގޫކަންތައް ކަމަށް އެންޖެލީނާ ބުނެފައިވެއެވެ.

އެންޖެލީނާ އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑްއަށް ދިން އިންޓަވިއުއެއްގައިވެސް މީގެ ކުރިން ބުނެފައިވަނީ އޭނާ މިދިޔަ އަހަރު ހޭދަކުރީ އޭނާގެ ދަރިންނާއި އެކުގައި ކަމަށެވެ. އަދި އެއީ އޭނާގެ ހަޔާތް ކުރިއަށް ގެންދިއުމަށް ވަކި ފަސޭހަވެގެން ނޫންކަމަށާއި އޭނާ އެކަންތައްތަކުން ދުރުވުމަށް ދަރިންނާއެކީ ވަގުތު ހޭދަކުރުމުން ހިތްހަމަޖެހުން ލިބޭ ކަމަށް ބުނެފައިވެއެވެ. އަދި އެއީ އޭނާއަށް ހަމައެކަނި ލިބޭ ހިތްހަމަ ޖެހުންކަމަށް އެންޖެލީނާ ބުންޏެވެ.

ތަހައްމަލުކުރަންޖެހޭ ހިތްދަތިކަން ދުއްވާލަނީ ބުރަކޮށް އުޅެގެން ކަމަށާއި އާއިލާތެރޭގައ ޖެހޭ މައްސަލަތަކަކީ އެންމެ އުނދަގޫ ކަންތައްކަމަށް އެންޖެލީނާ ބުނެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް