ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 13:23
 ރަންޓް ނެތިގެން 740 އަށް ވުރެ ގިނަ ސްކޫލްގައި ކިޔަވައި ނުދެވޭ
ރަންޓް ނެތިގެން 740 އަށް ވުރެ ގިނަ ސްކޫލްގައި ކިޔަވައި ނުދެވޭ
އިންޑިޕެންޑެންޓް
ޣައްޒާގެ ހިސޯރު
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
 
އިސްރާއީލްގެ ހިސާރުގެ ދަށުގައި ޣައްޒާ އޮންނަތާ 10 އަހަރު
 
ޣައްޒާއިން ގެންދަނީ އޭޕްރީލް މަހުން ފެށިގެން ހަކަތައިގެ ދަތިކަން ވެސް ތަހައްމަލް ކުރަމުން
 
ކަރަންޓް ނެތިގެން 740 އަށް ވުރެ ގިނަ ސްކޫލްގައި ކިޔަވައި ނުދެވޭ

ޣައްޒާގެ އެއްމިލިއަން ކުދިން ގެންދަނީ ދިރި "ނޫޅެވޭނެ ހާލަތު" ތަހައްމަލުކުރަމުން ކަމަށް ކުޑަކުދިންގެ ހައްގުތައް ކުރިއެރުވުމަށް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީދެމުން ގެންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ސޭވް ދަ ޗިލްޑްރަން އިން ބުނެފިއެވެ.

"ޣައްޒާގެ އެއް މިލިއަން ކުދިން އުޅެމުންދަނީ ނާޒުކު ހާލަތެއްގައި"އެ ގްރޫޕުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ސޭވް ދަ ޗިލްޑްރަން އިން ކަނޑައަޅަނީ ޣައްޒާގައި މިހާރު ދިރި ނޫޅެވޭނެކަމަށް"

ހިސާރު ކުރެވިފައިވާ ޣައްޒާއިން ގެންދަނީ އޭޕްރީލް މަހުން ފެށިގެން ހަކަތައިގެ ދަތިކަން ވެސް ތަހައްމަލް ކުރަމުންނެވެ.

އެ ދަތިކަން އައިސްފައިވަނީ ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންަނަ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރާ ދެމެދު ޓެކްސްގެ މައްސަލައިގައި އުފެދިފައިވާ ޚިލާފްތަކުގެ ސަބަބުންނެވެ. 

މީގެ އިތުރުން އިސްރާއީލްގެ ހިސާރުގެ ދަށުގައި ޣައްޒާ އޮންނަތާ 10 އަހަރު ވެފައިވާއިރު ރައްޔިތުން ތިބީ ދިގު މުއްދަތަކަށް ކަރަންޓުން މަހްރޫމުވުމުގެ ހާލަތެއްގައެވެ.

ދިގުދެމިގެންދާ ކަރަންޓުގެ މައްސަލަޔާ "ތިމާވެށީގެ މައްސަލަ"އިގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ ކުދިން ތިބީ ނިދުމާ ކިޔެވުމާ ކުޅިވަރު ކުޅުމުން މަހުރޫމްވެފައިކަމަށް އެ ޖަމާއަތުން ބުނެއެވެ.

އެ ޖަމާއަތުން ބުނީ ކަރަންޓް ނެތިގެން 740 އަށް ވުރެ ގިނަ ސްކޫލްގައި ކިޔަވައި ނުދެވިގެން އުޅެމުންދާއިރު ގިނަ އާއިލާތަކަށް ކަރަންޓް ލިބެނީ ދުވާލަކަށް އެންމެ ދެ ގަޑިއިރާ ހަތަރު ގަޑިއިރާ ދެމެދަށް ކަމަށެވެ.

އދ.އިން 2012 ވަނަ އަހަރު ވަނީ ޣައްޒާގެ ހިސޯރު ނައްތާ ނުލައިފިނަމަ 2020 އަންނައިރު އެ ސިޓީއަކީ ދިރި ނޫޅެވޭނެ ސިޓީއެއްކަމަށް ބުނެފައެވެ.

އިސްރާއީލުން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތިން ފަހަރެއްގެ މަތިން ހަނގުރާމަކޮށްފައިވާއިރު އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

މިހާރު ކުރިމަތިވެފައިވާ އިންސާނީ މުސީބާތުގެ އެއް އަސްލަކީވެސް ޣައްޒާގެ އިންފްރާ ސްޓަރކްޗަރ ސުންނާފަތިވެފައި ވުމެވެ.

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް
5 ސެޕްޓެންބަރ 2017 | އަންގާރަ 14:37
ޣައްޒާގެ
މި ދިވެހި ފަސްގަންޑަށް މަރހަބާ ކިޔާ އެކުދިންގެނޭ އަހަރުމެން ފުންޑިގެންވެސް އެކުދިން ބަލާނަން