ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 10:26
ނިރްމަލާ ސިތްރަމަން
ނިރްމަލާ ސިތްރަމަން
ރޮއިޓަރސް
އިންޑިއާ
އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި
 
ސިތާރަމަން އަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ ނުވަތަ ބީޖޭޕީ ގެ ތަރުޖަމާން ކަންވެސް ކުރައްވާ ބޭފުޅާ

އިންޑިއާގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް ނިރްމަލާ ސިތްރަމަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާދީއްތަ ދުވަހު އައްޔަން ކުރައްވައިފިއެވެ. 

ނިރްމަލާ ސިތާރަމަން އަކީ ކުރީގެ ސްޓޭޓް މިނިސްޓާ ފޯ ކޮމާސް އެންޑް އިންޑަސްޓްރީ އެވެ. ރިޕޯޓުތައް ބުނާގޮތުން ނިރްމަލާ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުން ފައިނޭންސް ކަންކަމާއި އަދި ޑިފެންސް ކަންކަން ބައްލަވަމުން ގެންދެވި މިނސްޓަރު އަރުން ޖެއިޓްލީ އަށް ވަރަށް ލުއިފަސޭހަވެގެން ދާނެއެވެ. ނިރްމަލާ ސިތާރަމަން ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ސިތާރަމަން އަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ ނުވަތަ ބީޖޭޕީ ގެ ތަރުޖަމާން ވެސް މެ އެވެ.

ބޮޑު ވަޒީރު މޯޑީ ކެބިނެޓަށް މިފަހަރު މިގެންނެވި ބަދަލުތަކުގެ ތެރޭގައި ކެބިނެޓަށް ވަނީ ނުވަ ޖޫނިއާ މިނިސްޓަރުން އައްޔަން ކުރައްވާ އަދި ހަަތަރު ބޭފުޅަކު ވަނީ ސީދާ ކެބިނެޓަށް ޕްރޮމޯޓު ކުރައްވާފައެވެ. މި ފަހަރު ކެބިނެޓަށް މޯދީ ގެންނެވި ބަދަލަކީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ގެންނެވި ތިން ވަނަ ބަދަލެެވެ.  

ކެބިނެޓަށް ގެންނެވި ބޭފުޅުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު މޯދީ ވިދާޅުވީ ހުރިހާ ފަރާތްތަކަށްވެސް މަރުހަބާ ވިދާޅުވާ ކަމަށާއި އެބޭފުޅުންގެ ތަޖުރިބާ އާއި ހިކުމަތަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށެވެ. 

ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެވުނު ސިތްމަރަން އަކީ ޓެމިލް ނާޑޫ ސްޓޭޓުގެ މެދުފަންތީގެ އާއިލާ އަކަށް އުފަން ބޭފުޅެކެވެ. 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް