ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 10:37
މުޝައްރަފް އުޅުއްވަނީ ދުބާއީއަށް އަރުވާލެއްވިގެން
މުޝައްރަފް އުޅުއްވަނީ ދުބާއީއަށް އަރުވާލެއްވިގެން
ޑެއިލީ މެއިލް
ބުއްޓޫ އަވަހާރަކޮށްލި ހާދިސާ
ބުއްޓޫ އަވަހާރަކޮށްލި މައްސަލަ: ދައުވާއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ
 
މުޝައްރަފް އުޅުއްވަނީ ދުބާއީއަށް އަރުވާލެއްވިގެން
 
ޕަރްވޭޒް މުޝައްރަފްގެ މުދާ ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފަ
 
ބުއްޓޫ މަރާލާފައި ވަނީ 27 ޑިސެމްބަރ 2007 ގައި

ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން "އުފައްދާފައިވާ ދައުވާ" އާ ކުރިމަތިލެއްވުމަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ދުބާއީއަށް އަރުވާލެއްވިގެން އުޅުއްވާ ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ޕަރްވޭޒް މުޝައްރަފް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު މުޝައްރަފު މިކަން އިއުލާނުކުރައްވާފައިވަނީ ރާވަލްޕިންޑީގެ އެންޓި ޓެރެރިޒަމް ކޯޓުން މުޝައްރަފަކީ ޝަރީއަތަށް ފިލައިގެން އުޅޭ މީހެއްކަމަށް އޯގަސްޓްމަހުގެ 31 ވަނަ ދުވަހު ނިންމިތާ ދެތިން ދުވަސް ފަހުންނެވެ.

ޕާކިސްތާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލާފައިވަނީ 2007 ވަނަ އަހަރުއެވެ.

ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގައި ޕާކިސްތާނު ފުލުހުންގެ ކުރީގެ އިސް ދެ އޮފިސަރެއްގެ މައްޗަށް ޖަލު ޙުކުމް އިއްވައި، މުޝައްރަފްއަކީ ފިލައިގެން އުޅޭ ކުއްވެރިއެއްކަމަށް އެންޓި ޓެރަރިޒަމް ކޯޓުންވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ތުޙުމަތު ކުރެވުނު 5 މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށްވެސް ނިންމާފައެވެ.

" ސިއްހީ ގޮތުން އަޅުގަނޑު ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑު އެނބުރި ޕާކިސްތާނަށް ގޮސް ދައުވާއާ ކުރިމަތިލާނަންކަން ޔަގީން" މުޝައްރަފް ނެރުއްވާފައިވާ ބަޔަނާނުގައިވެއެވެ.

މުޝައްރަފް ވިދާޅުވެފައިވަނީ ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގައި އޭނާއަށް ކުރެއްވޭނެ ކަމެއް ނެތްއިރުވެސް އެ ކަމުގައި އޭނާ ފްރޭމްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާގެ މަރަކީ އޭނާއަށް އެއްވެސް ފައިދާއެއް އޮތް ކަމަކަށް ނުވާއިރު އޭނާއާދެކޮޅަށް އެ މައްސަލައިގައި ދައުވާއެއް އުފައްދާފައިވަނީ ސިޔާސީ މަންފާއަކަށް ކަމަށް ބުނެފައިވެއެވެ.

ޕަރްވޭޒް މުޝައްރަފްގެ މައްޗަށް ބުއްޓޫ އަވަހާރަކޮށްލުމަށް ރޭވިކަމުގެ ތުޙުމަތު ކުރެވޭއިރު، ފިލައިގެން އުޅޭ ކުއްވެރިއެއްކަމަށް ކަނޑައަޅައި ކޯޓުން ވަނީ އެމަނިކުފާނުގެ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ.

ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ކުރީގެ ވެރިޔާ އަދި ދެ ފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭނަޒީރު ބުއްޓޫއަކީ، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމާއި، އެ ޤައުމުގެ ބޮޑުވަޒީރުކަމާއި ރައީސްކަން ވެސް ކުރެއްވި ޒުލްފިކާރް އަލީ ބުއްޓޫގެ ދޮށީ ދަރިކަނބަލުންނެވެ. ބޭނަޒީރު ބުއްޓޫ އަވާހާރަކޮށްލީ އިންތިޚާބީ ކެމްޕެއިން ރެލީއަކަށް ފަހު ޕަވަލްޕިންޑީގެ ރާވަލް ޓައުންގައި ހުންނަ ލިއާގަތު ބާޤް މައިދާނުން ނުކުންނަވަނިކޮށް ދިން ބޮމާއި ބަޑިގެ ހަމަލާއެއްގައި 2007 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.

ބުއްޓޫގެ މަރަކީ މުޝައްރަފްގެ ސަރުކާރުން އެ ކަމަނާއަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުމުން ހިނގާފައިވާ ހާދިސާއެއްކަމަށް 2010 ވަނަ އަހަރު އދން ނެރުނު ރިޕޯޓެއްގައި ތުހުމަތުކޮށްފައިވެއެވެ. އަދި އެކަމަނާއަށް އެކަށީގެންވާ ރައްކާތެރިކަން ދެވުނުނު ނަމަ އެ ހާދިސާއިން ރައްކާތެރި ވެވުނީސްކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް