ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 13:01
މިޔަންމާއިން ރާއްޖެއަށް މުދާ އެތެރެކުރަނީ ވަރަށް މަދު މިންވަރަކަށް
މިޔަންމާއިން ރާއްޖެއަށް މުދާ އެތެރެކުރަނީ ވަރަށް މަދު މިންވަރަކަށް
ރައީސް އޮފީސް
މިޔަންމާ
ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!
 
އެންމެ ގިނައިން އެތެރެކޮށްފައިވަނީ ބަނގުރަލާއި މުގު
 
ރާއްޖެއިން މިޔަންމާއަށް އެއްވެސް މިންވަރަކަށް މުދާ އެކްސްޕޯޓް ކޮށްފައިނުވޭ
 
ރާއްޖެއަށް މިޔަންމާއިން އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދެއްގެ މުދަލެއް

ރާއްޖެއިން ބަރުމާ ނުވަތަ މިޔަންމާއާއެކު ސިޔާސީ ގުޅުން ގާއިމްކުރީ، ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަސް އަހަރު ފަހުން، 1970 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. އެއިރުން ފެށިގެން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ދިޔައީ ހިންގަމުންނެވެ. ބަރުމާ ހަނޑުލަކީ އެއިރު ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ހަނޑުލެކެވެ. އެ ނޫން އެހެން ބައެއް ބާވަތްތައް އެގައުމުން ރާއްޖެ އެތެރެކޮށްފައިވާކަން ތަފާސްހިސާބުތަކުން އެނގެ އެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގާ ލާއިންސާނީ އުދުވާނާ ގުޅިގެން ރާއްޖެއިން މިވަނީ އެގައުމާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފަ އެވެ. މުސްލިމުންތައް މަރައި، ގެދޮރުގައި ހުޅު ޖަހައި މުޅި ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތާ ރާއްޖެއިން ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ނެގި މުހިންމު ފިޔަވަޅެކެވެ. ފޮރިން މިނިސްޓްރީއިން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖެއާއި މިޔަންމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ސަރުކާރުން ނިންމީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމާ ހަމައަށެވެ.

މި ފަހަކަށް އައިސް މިޔަންމާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި އެތައް ސަތޭކަ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ ރާއްޖެއިން ހިތާމަކުރާކަން ފާހަގަކޮށް، މިޔަންމާގައި ހިންގަމުންދާ ލޭ އޮހޮރުންތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ހަރުކަށި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން ވެސް މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޖަރީމާތައް ބަލާ ތަހުޤީގުކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އަދި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމާއެކު، ރާއްޖެއާއި އެގައުމާ ދެމެދު ވިޔަފާރީގެ ގުޅުން އޮތީ ކިހާ މިންވަރަކަށްތޯ އެއްބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގައުމުން ރާއްޖެއަށް އެތެރެކުރަނީ ކޮން ކަހަލަ މުދަލެއްތޯ ސުވާލު އުފައްދަ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިޔަންމާއިން ރާއްޖެއަށް އެކި ބާވަތްތަކުގެ މުދާ އެތެރެކުރެ އެވެ. މީގެ ތެރޭގައި އާންމުކޮށް ހިމެނެނީ އެއްގަމު މަހުގެ ބާވަތްތަކާއި، ފަރުމަހުގެ ބާވަތްތަކުގެ އިތުރުން، ސީފުޑާއި، ތަރުކާރީއާއި މޭވާގެ އިތުރުން ރަލުގެ އެކި ބާވަތްތަކެވެ. ނަމަވެސް، މިޔަންމާއަކީ ރާއްޖެއަށް އެންމެ މަދުން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެންމެ ގިނައިން އެގައުމުން ރާއްޖެއަށް އެތެރެކޮށްފައިވަނީ މުގާއި ބަނގުރާގެ ބާވަތްތަކެވެ.

 

އެއްގަމު މަސް

ކަސްޓަމްސްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެގައުމުން ރާއްޖެއަށް ބޯންލެސް ގެރިމަސް އެތެރެކޮށްފައިވެއެވެ. ނަމަވެސް އެއީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ. ރާއްޖެއަށް އަށް އެންމެ ގިނައިން ބޯންލެސް ގެރިމަސް އެތެރެކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ، ޖަރމަނީ، އިންޑިއާ، ސިންގަޕޯ، ޔޫއޭއީ އަދި އިޓަލީ އެވެ. އެގައުމުތަކުން އެތެރެކުރި މިންވަރާ އަޅާބަލާއިރު، މިޔަންމާއިން އެތެރެކުރި ބޯންލެސް ގެރިމަސް ނިސްބަތުން އެންމެ ޕަސެންޓެއް ވެސް ހިއްސާ ނުކުރެ އެވެ. އެގޮތުން އެގައުމުން 37.03 ކިލޯ އެތެރެކޮށްފައިވާއިރު، އެންމެ ގިނައިން އެތެރެކުރި އޮސްޓްރޭލިއާ އިން 234،771 ކިލޯ އެތެރެކޮށްފައިވެއެވެ.

އެއްގަމު މަހުގެ ބާވަތްތަކުގެ ތެރެއިން، އޫރުގެ މަސް ވެސް މިޔަންމާއިން ރާއްޖެއަށް އެތެރެކުރެ އެވެ. ނަމަވެސް، އެންމެ ގިނައިން އޫރުމަސް އެތެރެކުރާ ސްރީލަންކާ، އޮސްޓްރޭލިއާ، ޖަރމަނީ، ނެދަލޭންޑްސް އަދި ޔޫއޭއީ ފަދަ ގައުމުތަކުން އެތެރެކުރި އޫރުގެ މަހާ އަޅާބަލާއިރު، މިޔަންމާ އިން އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދެކެވެ. އޫރު މަހުގެ 20 ކިލޯ މިޔަންމާއިން އެތެރެކޮށްފައިވާއިރު، އޮސްޓްރޭލިއާއިން 59،601 ކިލޯ އެތެރެކޮށްފައިވެއެވެ. ގެރިމަހާއި، އޫރު މަހުގެ އިތުރުން ކަންބަޅީގެ މަހާއި، ދިރޭ ދޫނި ވެސް މިޔަންމާއިން އެތެރެކޮށްފައިވެއެވެ. އެހެން ނަމަވެސް، އެ ބާވަތްތައް ވެސް އެންމެ ގިނައިން އެތެރެ ކުރާ ގައުމުތަކުން، އެތެރެކޮށްފައިވާ މިންވަރާ އަޅާބަލާއިރު، މިޔަންމާ އިން ގެނެސްފައިވަނީ ވަރަށް މަދު އަދަދެކެވެ.

 

ފަރުމަހާއި ކޯރު މަސް އަދި ސީފުޑް

ކޯރު މަހުގެ ތެރެއިން ޓްރައުޓްއާއި ސެލްމަން ރާއްޖެ އެތެރެކުރި ގައުމުތަކުގެ ތެރޭގައި މިޔަންމާ ހިމެނެ އެވެ. އެހެން ނަމަވެސް، އެ ބާވަތުގެ ކޯރު މަސް ރާއްޖެ އެންމެ ގިނައިން އެތެރެކުރި އޮސްޓްރޭލިއާ އާއި ޓައިވާން ފަދަ ގައުމުތަކާ އަޅާބަލާއިރު، މިޔަންމާ އިން އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދެކެވެ. އެގޮތުން ކޯރު މަހުގެ އެކި ބާވަތްތަކުން އެތެރެކޮށްފައިވަނީ 36.1 ކިލޯ އެވެ. ފަރުމަސް ވެސް އެގައުމުން އެތެރެކޮށްފައިވެއެވެ. ނަމަވެސް، ކޯރުމަހެކޭ އެއްފަދައިން ފަރު މަސް އެތެރެކޮށްފައިވަނީ ވެސް ވަރަށް މަދު އަދަދަކަށެވެ. އެގޮތުން ފަރުމަހުގެ އެކި ބާވަތްތަކުން އެތެރެކޮށްފައިވަނީ 11.80 ކިލޯ އެވެ.

ސީފުޑްގެ ބާވަތްތަކުގެ ތެރެއިން ކަކުނި، ޑިނގާ، އޮއިސްޓަރ އަދި ސްކެލޮޕްްސް އެގައުމުން ރާއްޖެ އަށް އެތެރެކޮށްފައިވެއެވެ. އެހެންނަމަވެސް، ސީފުޑް ވެސް އެގައުމުން އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދަކަށެވެ. އެގޮތުން ސީފުޑްގެ މި ބާވަތްތަކުން އެތެރެކޮށްފައިވަނީ 274.2 ކިލޯ އެވެ.

 

ކިރުގެ ބާވަތްތައް

މިޔަންމާ އިން ރާއްޖެއަށް އެތެރެކޮށްފައިވާ ކިރުގެ ބާވަތްތަކަށް ބަލާއިރު، ސްވީޓެންޑް މިލްކް އެންޑް ކްރީމްގެ 465 ލީޓަރު އެތެރެކޮށްފައިވެއެވެ. އެންމެ ގިނައިން ސްވީޓެންޑް މިލްކް އެންޑް ކްރީމް ރާއްޖެއަށް އެތެރެކުރި ޔޫއޭއީ އިން ވަނީ 303،237 ލީޓަރު އެތެރެކޮށްފައިވެއެވެ. ފްރާންސާއި ޖަރުމަނާއި އޮސްޓްރޭލިއާއިން ސްވީޓެންޑް މިލްކް އެންޑް ކްރީމް ގިނަ އަދަދަކަށް އެތެރެކޮށްފައިވެއެވެ.

ރާއްޖެއަށް ޔޯގަޓް އެތެެރެކުރި ގައުމުތަކުގެ ތެރޭގައި ވެސް މިޔަންމާ ހިމެނެ އެވެ. ނަމަވެސް، އެގައުމުން އެތެރެކޮށްފައިވަނީ އެންމެ ތިން ކިލޯ ޔޯގަޓެވެ. ރާއްޖެއަށް ޔޯގަޓް އެންމެ ގިނައިން އެތެރެކޮށްފައިވަނީ އޮސްޓްރޭލިއާއިންނެވެ. އެގައުމުން 919،258 ކިލޯގްރާމްގެ ޔޯގަޓް އެތެރެކޮށްފައިވެއެވެ.

މިޔަންމާ އިން ރާއްޖެއަށް ބަޓަރާއި ޗީޒް ވެސް އެތެރެކޮށްފައިވާއިރު، ނިސްބަތުން އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދެކެވެ. އެންމެ 4.5 ކިލޯގްރާމްގެ ބަޓަރު އެތެރެކޮށްފައިވާއިރު، 32.24 ކިލޯގްރާމްގެ ޗީޒް އެތެރެކޮށްފައިވެއެވެ.

 

ތަރުކާރީ އާއި މޭވާ

ތަރުކާރީގެ އެކި ބާވަތްތައް މިޔަންމާ އިން އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން އާންމުކޮށް ކެއުމުގައި ދިވެހިން ގެންގުޅޭ ހުރިހާ ވަތްތަރެއްގެ ތަރުކާރީއެއް އެގައުމުން އެތެރެކޮށްފައިވެއެވެ. އެހެން ނަމަވެސް، އެ ގައުމަކީ އެ ބާވަތްތައް އެންމެ މަދުން ރާއްޖެ އެތެރެކޮށްފައިވާ ގައުމެވެ. އެގޮތުން 2016 ވަނަ އަހަރު އެގައުމުން އެތެރެކޮށްފައިވާ ބައެއް ބާވަތްތަކުގައި ހިމެނެނީ:

ފިޔާ- 10 ކިލޯގްރާމް

ޓޮމާޓޯ- 64 ކިލޯގްރާމް

ކެބެޖް- 6 ކިލޯގްރާމް

ކެރެޓް- 10 ކިލޯގްރާމް

ކިއުކަމްބާ- 45 ކިލޯގްރާމް

ބީންސް- 10 ކިލޯގްރާމް

މި ބާވަތްތައް މިހާ މަދު އަދަދަކަށް އެގައުމުން އެތެރެކޮށްފީ ނަމަވެސް، އެގައުމަކީ ފަސް ވަނަ އަށް ރާއްޖެއިން އެންމެ ގިނައިން މުގު އެތެރެކުރާ ގައުމެެވެ. އެގޮތުން މިދިޔަ އަހަރު 15،000 ކިލޯ ގްރާމްގެ މުގު އެގައުމުން ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އެންމެ ގިނައިން މުގު އެތެރެކޮށްފައިވާ ޔޫއޭއީ އިން ވަނީ 7،278، 249 ކިލޯގްރާމް އެތެރެކޮށްފަ އެވެ.

މޭވާގެ އެކި ބާވަތްތަކަށް ބަލާއިރު އާންމުކޮށް ދިވެހިންގެ ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ވަތްތަރުތައް އެގައުމުން އެތެރެކޮށްފައިވެއެވެ. އެހެން ނަމަވެސް އެތެރެކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ. އެގޮތުން 2016 ވަނަ އަހަރު އެގައުމުން އެތެރެކޮށްފައިވާ ބައެއް ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

އެވޮކާޑޯ- 40 ކިލޯގްރާމް

އަނބު- 64 ކިލޯގްރާމް

އޮރެންޖް- 50 ކިލޯގްރާމް

ގްރޭޕްފްރުޓް- 75 ކިލޯގްރާމް

އާފަލު- 24 ކިލޯގްރާމް

ޕެއާސް- 37 ކިލޯގްރާމް

 

ބަނގުރަލުގެ ބާވަތްތައް

މިޔަންމާ އިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ރަލުގެ ބާވަތްތަކެވެ. އެގޮތުން ރަލުގެ އެކި ބާވަތްތަކުން 207،848 ލީޓަރު ރާއްޖެ އެތެރެކޮށްފައިވެއެވެ. މިއީ އެހެން ބާވަތްތައް އެގައުމުން އެތެރެކޮށްފައިވާ މިން މިންވަރަށް ވުރެ އިތުރު އަދަދެކެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކަކީ:

ބިއަރު- 193956 ލީޓަރު

ޗެމްޕޭން- 1773 ލީޓަރު

ވައިން- 6638 ލިޓަރު

ރަމް- 1853 ލިޓަރު

 

މިއީ 2016 ވަނަ އަހަރުގެ ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިޔަންމާ އިން އެތެރެކޮށްފައިވާ ބާވަތްތަކެވެ. މި ހުރިހާ ބާވަތްތަކެއް ވެސް ރާއްޖެ އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދަކަށެވެ. ބަނގުރަލާއި މުގު ފިޔަވައި އެހެން ބާވަތްތައް ރާއްޖެއަށް އެންމެ މަދުން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އެ ގައުމު ހިމެނެ އެވެ. ބައެއް ބާވަތްތައް އެތެރެކޮށްފައިވަނީ ދުވާލެއްގެ މައްޗަށް އެންމެ ގޭބިސީއެއްގައި ބޭނުންކުރާ މިންވަރަށްކަން ފާހަގަކުރެވެ އެވެ.

އެކްސްޕޯޓަށް ބަލާއިރު، ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިޔަންމާއަށް އެއްވެސް ބާވަތެއްގެ މުދަލެއް އެކްސްޕޯޓް ކޮށްފައިނުވެ އެވެ. އެހެންކަމުން އިމްޕޯޓާއި އެކްސްޕޯޓަށް ބަލާއިރު، ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް ކަން ހާމަ ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
64%
18%
0%
9%
9%
0%
ކޮމެންޓް
4 ސެޕްޓެންބަރ 2017 | ހޯމަ 22:30
ސައްޕޭ
ޔާމީނުގެ ސަރުކާރުން ކޯއްޗެކޭ ކިޔަނީ، ރާއްޖޭގައި ތިބިހުރިހާ މިއައްމާމީހުން ވަގުތުން ބޭރުކުރޭ، ނޫނީ އައިޖީއެޗް 25 ބުރި އިމާރާތުގައި މަސަކަތްކުރާމީހުންނާ ދެކޮޅަށް ނިކުންނަންޖެހިދާނެ. އަވަހަށް ކުރީލާވާ ފިޔަވަޅު އަޅާ ރާއްޖޭގައި 900 އަށްވުރެ ގިނަ މިއައްމާ މީހުން ރާއްޖޭގައި މަސައްކަތް އެބަކުރޭ
4 ސެޕްޓެންބަރ 2017 | ހޯމަ 15:21
soochy
މިއަންމާމިހަކު ކާލަން އެތެރެކޮށްފަހުރި އެތިކޮޅެއްތަ..3 ކިލޯ.!
ގުޅުންހުރި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި