ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 07:43
މެޓިސް ވިދާޅުވީ އެމެރިކާއާއި އެ ގައުމުގެ ބައިވެރިންކަމަށްވާ ދެކުނު ކޮރެއާއާއި ޖަޕާނުގައި އެ ގައުމުތައް އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ހުންނާނެ ކަމަށް
މެޓިސް ވިދާޅުވީ އެމެރިކާއާއި އެ ގައުމުގެ ބައިވެރިންކަމަށްވާ ދެކުނު ކޮރެއާއާއި ޖަޕާނުގައި އެ ގައުމުތައް އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ހުންނާނެ ކަމަށް
ބީބީސީ
އުތުރު ކޮރެއާގެ މައްސަލަ
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
 
އުތުރު ކޮރެއާއިންވަނީ ހައިޑްރިޖަން ބޮމެއް ޓެސްޓްކުރިކަން ކަށަވަރުކޮށްދީފައި
 
އެ ގައުމާ ދެކޮޅަށް މިހާރުވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ
 
މިއީ އުތުރު ކޮރެއާއިން ކުރި ހަވަނަ ނިއުކްލިއަރ ޓެސްޓް

އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންނަށް އުތުރު ކޮރެއާގެ ފަރާތުން އެއްވެސް ބިރެއް ކުރިމަތިވެއްޖެނަމަ އެ ގައުމުން ވަރުގަދަ އަސްކަރީ ރައްދަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޕެންޓަގަންގެ ވެރިޔާ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.

މެޓިސް މިހެން ވިދާޅުވެފައިވަނީ އުތުރު ކޮރެއާއިން ކުރި ނިއުކްލިއަރ ޓެސްޓަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްއަށް ގައުމީ ސަލާމަތާބެހޭގޮތުން މައުލޫމާތު އެރުވުމަށް ބޭއްވި ބައްދަލުވުމަށްފަހުއެވެ.

ޕިޔޮންގްޔަންގއިން ބުނެފައިވަނީ ދުރު ރާސްތާގެ މިސައިލެއްގައި ފޮނުވާލެވިދާނެފަދަ ހައިޑްރިޖަން ބޮމެއް އެ ގައުމުން ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާކަމަށެވެ.

އެ އަމަލު ބައިނަލްއަގްވާމީ މުޖުތަމައުއިން ގެންދަނީ ކުށްވެރިކުރަމުންނެވެ.

އުތުރު ކޮރެއާއިން ގެންދަނީ ބައިނަލްއަގްވާމީ ގޮވާލުންތަކަށް އަދިި ފިއްތުންތަކަށް ބެލުމެއް ނެތި ނިއުކްލިއަރ ހަތިޔާރާ މިސައިލް ޓެސްޓް ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާއާ ހަމައަށް ވާސިލް ވުމުގެ ގާބިލުކަން ހުރި މިސައިލްވެސް ހިމެނެއެވެ.

ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް ސެކްރެޓަރީ މެޓިސް ވިދާޅުވީ އެމެރިކާއާއި އެ ގައުމުގެ ބައިވެރިންކަމަށްވާ ދެކުނު ކޮރެއާއާއި ޖަޕާނުގައި އެ ގައުމުތައް އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ހުންނާނެ ކަމަށެވެ.

އެ ގައުމުތައް އޮތީ އެކަތި ގަނޑެއްގެ ގޮތުގައި ތިބުމަށް އެއްބަސްވެގެންކަމަށް މެޓިސްވަނީ ވިދާޅުވެފައެވެ.

"އެމެރިކާއަށް ނޫނީ ގުއާމްވެސް ހިމެނޭ ގޮތުން އެގައުމުގެ ސަރަހައްދަށް ނުވަތަ އެ ގައުމުގެ ބައިވެރިންނަށް އެއްވެސް ބިރެއް އަތުވެއްޖެ ނަަމަ ވަރުގަދަ އަސްކަރީ ރައްދަކާ ކުރިމަތިލާން ޖެހޭނެ. އޭގެ އަސަރު ކުރާނެ އަދި އަސަރު ބޮޑުވާނެ،" މެޓިސް ވިދާޅުވި އެވެ.

ނަމަވެސް މެޓިސް ވިދާޅުވީ އޭނާގެ އަމާޒަކީ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުން ކަމަށާއި އޭގެ ސަބަބަކީ އެ ގައުމުން ބަލަމުންދަނީ އުތުރު ކޮރެއާ ސުންނާފަތި ކޮށްލަން ނޫންކަމަށެވެ.

އުތުރު ކޮރެއާގެ މައްސަލައިގައި ބައިނަލްއަގްވާމީ މުޖުތަމަައުން ދޭނެ ރައްދަކާމެދު މަޝްވަރާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށްވަނީ ނިންމާފައެވެ.

އުތުރު ކޮރެއާއިން ނިއުކްލިއަރ ޓެސްޓެއް ކުރިކަން އެނގިގެން ދިޔައީ އާދީއްތަ ދުވަހު އުތުރުކޮރެއާއަށް 6.3 މެގްނެޓިއުޑްގެ ބިންހެލުމެއް އައިކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ ވިދާޅުވީ އެއީ އެއްވެސް ޝައްކެއް ނެތްގޮތުގައި އުތުރު ކޮރެއާގެ ހަވަނަ ނިއުކްލިއަރ ޓެސްޓް ކަމަށެވެ.އަދި އެއީ "މައާފް ނުދެވޭނެ" ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން އުތުުރު ކޮރެއާގެ ސްޓޭޓް މީޑިއާއިންވެސް ވަނީ އެއީ ބިން ހެލުމެއް ނޫންކަން ކަށަވަރުކޮށްދީފައެވެ. އެ ގައުމުންވަނީ ދުރު ރާސްތާގެ މިސައިލެއްގައި ފޮނުވާލެވިދާނެފަދަ ހައިޑްރިޖަން ބޮމެއް ގޮއްވާލާފައިވާކަމަށް ކަށަވަރުކޮށްދީފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއެކު އެ ގައުމުގެ ދައުލަތުގެ ޓީވީއިން ދެއްކި މަންޒަރެއްގައި ބުނެފައިވަނީ އެއީ އާ ވައްތަރެއްގެ ހައިޑްރިޖަން ބޮމެއްކަމަށެވެ.

ހައިޑްރިޖަން ބޮމަކީ އެޓޮމިކް ބޮމަށްވުރެ އެތައް ގުނައެއް ބާރުގަދަ ބޮމެކެވެ.

ދިރާސާ ކުރާ ފަރާތްތަަކުން ބުނެފައިވަނީ އުތުރު ކޮރެއާގެ ބުނުންތަކާމެދު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އެ ގައުމުގެ ނިއުކްލިއަރ ގާބިލްކަން ދަނީ ކުރި އަރަމުންކަން ސާފު ކަމަށެވެ.

އުތުުރު ކޮރެއާގެ ޓެސްޓް، ބިންހެލުމެއްގެ ގޮތުގައި އިހުސާސް ކުރެވުނު ޗައިނާއިން ބުނެފައިވަނީ ސަރަހައްދީ ރޮނގުގެ ކައިރީގައި ރޭޑިއޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް އެގައުމުން ކުއްލި ގޮތަކަށް ފަށައިިގެން ކުރިޔަށް ގެންދަމުންދާކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް