ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 11:57
ބިން ހެލުން އައިސްފައިވަނީ އުތުރުކޮރެއާއިން  އިތުރު ކުރިއެރުން ތަކަކާއެކު ނިއުކްލިއަރ ހަތިޔާރު ފައްކާކޮށް ހައިޑްރިޖަން ބޮމެއް އުފައްދާފައިވާކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ
ބިން ހެލުން އައިސްފައިވަނީ އުތުރުކޮރެއާއިން  އިތުރު ކުރިއެރުން ތަކަކާއެކު ނިއުކްލިއަރ ހަތިޔާރު ފައްކާކޮށް ހައިޑްރިޖަން ބޮމެއް އުފައްދާފައިވާކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ
ރޮއިޓަރސް
އުތުރު ކޮރެއާ މައްސަލަ
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި
 
ފުރަތަމަ ބިންހެލުން އައިސްފައިވަނީ 6.3 މެގްނިޓިއުޑްގައި ބިމުގެ 23 ކިލޯމީޓަރު އަޑިން
 
ޗައިނާއިންވެސް ބުނެފައިވަނި އުތުރު ކޮރެއާއަށް 4.6 މެގްނިޓިއުޑްގައި ދެވަނަ ގޮވުމެއް އައިކަަމަށް

އުތުރުކޮރެއާއަށް އާދީއްތަ ދުވަހު އައި ދެ ބިންހެލުމަކީ އެ ގައުމުން ކުރި ހަވަނަ ނިއުކްލިއަރ ޓެސްޓަށް ވެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރާ ހަވާލާދީ އެ ގައުމުގެ ސަރުކާރުން ބުނީ އެ ޓެސްޓަކީ ނިއުކްލިއަރ އެއްޗެއް ގޮއްވާލުންކަމަށް ކަށަވަރުވާކަމަށެވެ. ނަމަވެސް އުތުރު ކޮރެއާއިން އެކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ވެބްސައިޓްގައި ބުނެފައިވަނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ 6.3 މެގްނިޓިއުޑްގައި ބިމުގެ 23 ކިލޯމީޓަރު އަޑިން ކަމަށެވެ.

އެ ބިން ހެލުން އައިސްފައިވަނީ އުތުރުކޮރެއާއިން  އިތުރު ކުރިއެރުން ތަކަކާއެކު ނިއުކްލިއަރ ހަތިޔާރު ފައްކާކޮށް ހައިޑްރިޖަން ބޮމެއް އުފައްދާފައިވާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިންޓަރ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް(އައިސީބީއެމް) އެއްބަރުން އަނެއް ބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލަށް މި ހަތިޔާރު ލޯޑް ކުރެވޭނެކަމަށް ޕިޔޮންގޔަންގއިން ބުނެފައިވެއެވެ.

"އުތުރު ކޮރެއާއިން މީގެ ކުރިން ނިއުކްލިއަރ ބޮމެއް ގޮއްވާލާފައިވާ ސަރަހައްދުގަ އެއްޗެއް ގޮއްވާލިކަމަށް ބެލެވެނީ" އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވެއެވެ.

މިއީ ގޮއްވުމެއް ކަމަށްވާނަމަވެސް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއަކަށް އެއީ ނިއުކްލިއަރ ތޯ ނުވަތަ އެނޫން ބާވަތެއްގެ ގޮވުމެއްތޯ ދެެނެއެއް ނުގަނެވޭނެއެވެ.

ޗައިނާއިންވެސް ބުނެފައިވަނި އުތުރު ކޮރެއާއަށް 4.6 މެގްނިޓިއުޑްގައި ދެވަނަ ގޮވުމެއް އައިކަަމަށް އެނގިފައިވާކަމަށެވެ.

ބިންހެލުންތަކާ ބެހޭ ޗައިނާގެ އިދާރާއިން ބުނެފައިވަނީ ދެވަނަ ހެލުން އައިސްފައިވަނީ ފުރަތަމަ ގުޑުން އެރިތާ އަށް މިނެޓް ފަހުންކަމަށެވެ.

އުތުރުކޮރެއާއިން ނިއުކްލިއަރ ޓެސްޓެއް އެންމެ ފަހުން ކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުގައެވެ.ލިބިފައިވާ އަދަދުތަކަށް ބަލާއިރު ދެ ބިންހެލުންވެސް އެއްގޮތްކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
33%
0%
67%
0%
0%
ކޮމެންޓް