ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 11:28
ރާނީ އަދި ސަންޖޭ
ރާނީ އަދި ސަންޖޭ
ގެޓީ އިމޭޖަސް
"މަލަންގް"
"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް
 
"މަލަންގް" އަކީ އާރަމްބް ސިންގ ޑައިރެކްޓްކުރާ ފިލްމެއް

ހިންދީ ފިލްމު "މަލަންގް" އިން ބޮލީވުޑްގެ ދެ ތަރިންކަމަށްވާ ރާނީ މުކްރަޖީއާއި ސަންޖޭދަތު އެންމެ ފުރަތަމަ ފަހަރަށް ފެނިގެންދާނެކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ.

"މަލަންގް" ގެ ޕްރޮޑިއުސަރ ސަންދީފް ސިންހް ބުނެފައިވަނީ މި ފިލްމުގައި ރާނީ އާއި ސަންޖޭ ފެނިގެން ދިއުމަކީ އޭނާއަށް ލިބޭ ޝަރަފެއްކަމަށެވެ. މި ފިލްމަކީ ލޯބީގެ ފިލްމެއްކަމަށްވެސް އޭނާ ބުންޏެވެ.

އަދި އެކަމާ އޭނާ އުފާވާކަމަށް ބުނެފައިވެއެވެ. މި ފިލްމުގައި ސަންދީފް ބޭނުންވަނީ ރާނީއާއި ސަންޖޭ ބައިވެރިކުރުވަން ކަމުގައިވިއަސް އަދި ރާނީ މި ފިލްމު ކުޅޭނެކަމަށް ސޮއިކޮށްފައެއްނުވެއެވެ.

"މަލަންގް" އަކީ އާރަމްބް ސިންގ ޑައިރެކްޓް ކުރާފިކްމެކެވެ.

މީގެ ކުރިން އަޑުތައް ފެތުރިފައވަނީ "މަލަންގް" ގެ ބަތަލާއަށް ހަމަޖައްސާނީ ފިލްމީ ތަރި އައިޝްވަރިޔާ ރާއީ ކަމަށެވެ.  އެހެން ނަމަވެސް ފަހުން ވަނީ އެއީ ދޮގުއަޑުތަކެއް ކަމަށ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް