ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 10:12
ރައީސް ޓްރަމްޕްގެ ދެކަނބަލުން ދެވަނަ ފަހަރަށް ޓެކްސަސް އަށް ވަޑައިގަތީ ފުރަތަ ފަހަރު ފާޑުކިޔުން އަމާޒުވެފައިވަނިކޮށް
ރައީސް ޓްރަމްޕްގެ ދެކަނބަލުން ދެވަނަ ފަހަރަށް ޓެކްސަސް އަށް ވަޑައިގަތީ ފުރަތަ ފަހަރު ފާޑުކިޔުން އަމާޒުވެފައިވަނިކޮށް
ރޮއިޓަރސް
ތޫފާން ހާވީ
ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި
 
ހާވީގައި މަދުވެގެން 47 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނޭ
 
ތޫފާން ހާވީ އެމެރިކާއަށް އަރާފައިވަނީ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު
 
ރައީސް ޓްރަމްޕްގެ ދެކަނބަލުން ދެވަނަ ފަހަރަށް ޓެކްސަސް އަށް ވަޑައިގަތީ ފުރަތަ ފަހަރު ފާޑުކިޔުން އަމާޒުވެފައިވަނިކޮށް

ހާވީގެ ނަމުގައި އެމެރިކާއަށް ކުރިމަތިވި ކޮޅިގަނޑުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުކޮށްދެމުންދާ ގޮތަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފިއެވެ.

އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމަޕް ތައުރީފް ކުރެއްވީ ފެންބޮޑުވި ސްޓޭޓްތަކަށް ދެވަނަ ފަހަރަށް ކުރެއްވި ޒިޔާރަތުގައެވެ.

އަނބިކަނބަލުން މެލަނިއާ ޓްރަމްޕާއާއެކު ވަޑައިގެން ޓެކްސަސްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާ ބައްދަލުކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވީ ހުރިހާކަމެއްވެސް ބަރާބަރަށް ދާކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެހާ ބުރަ މަސައްކަތަކަށްވާއިރު ވެސް އެކަން އެހާ ރަނގަަޅަށް ދާކަމަށާއި އެއީ އެ ގައުމުންވެސް އަދި ދުނިޔެއިންވެސް ބަލާލުން ރަނގަޅުކަމެއްކަމަށެވެ.

ތޫފާން ހާވީ އެމެރިކާއަށް އަރާފައިވަނީ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

ބާރުގަދަ ތޫފާނެެއްގެ ގޮތުގައި އެރި ހާވީގެ ބާރު ދަށްވެ ފަހުން ވަނީ މޫސުމީ ކޮޅިގަނޑެއްގެ ގޮތުގައި ގިންތިކޮށްފައެވެ. ނަމަވެސް ހަމަހެއްހާ ދުވަހުގެ ތެރޭ ވެހޭ މިންވަރަށް ގަޑިއިރުތަކެއްގެ ތެރޭ ވާރޭ ވެހިފައިވެއެވެ. އަދި މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވެ އެތައްހާސް ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެއެވެ.

ވަގުތީ ހިޔާތަކުގައި ތިބި ބައެއް ފަރާތްތަކަށް ގެއަށް ބަދަލުވުމުގެ ހުއްދަ މިހާރު ދީފައިވާއިރު ބައެއް ހިސާބުތަކުގައި އަދިވެސް ފެންގަނޑު ދަނީ ބޮޑުވަމުންނެވެ.

ހާވީގައި މަދުވެގެން 47 މީހުން މަރުވެފައިވާ ކަމަށް ބުނާއިރު 43،000 އެއްހާ މީހުން ގެންދަނީ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންނެވެ.

ރައީސް ޓްރަމްޕްއާ އަނބިކަނބަލުން ވަނީ މި ހަފްތާގެ ކުރީކޮޅުވެސް ޓެކްސަސްއަށް ވަޑައިގަންނަވާފައެވެ. ނަމަވެސް އެހީދޭ ފަރާތްތަކުގެ މަސައްކަތް އެެހެން ދިމާލަކަށް އެނބުރެން ބޭނުންނުވާކަމަށް ވިދާޅުވެ ދެ ކަނބަލުން ތިއްބެވީ ކާރިސާގެ ޒޯންތަކާ ދުރުގައެވެ.

އެއާއެކު ހާލުގައި ޖެހިފައިވާ ފަރާތްތަކާ ބައްދަލު ނުކުރެއްވުމުންނާއި ހަމައެކަނި ލޮޖިސްޓިކްސް ކަންކަމަށް ސަމާލުކަން ދެއްވުމުން ރައީސް ޓްރަމްއަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރައީސް ޓްރަމްޕްއާ އަނބިކަނބަލުން ހޮނިހިރު އަލުން ޓެކްސަސް ކުރެއްވި ޒިޔާރަތުގައި ހިއުސްޓަންއަށް ވަޑައިގެން ހާލުގައި ޖެހުނު ފަރާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރައްވާ ފަރާތްތަކާ ވަނީ ބައްދަލުކުރައްވާފައެވެ.

ދެ ކަނބަލުންވަނީ ވަގުތީ ހިޔާތަކުގައި ކާނާ ފޯރުކޮށްދިނުމުގެ ތެރެއިން ލަންޗް ބޮކްސް މީހުނަށް ބެހުމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. އަދި ހާލުގައި ޖެހިފައި ތިބި ފަރާތްތަކުގެ ތެރެއިން އެދުނު ފަރާތްތަކާއެކު ފޮޓޯއަށްވެސް ހުއްޓިވަޑައިގެންފައިވެސް ވެއެވެ.

ވަގުތީ ހިޔާތަކަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޓްރަމްޕް ވިދާޅުވީ"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮށްދިން ކަންކަން ރައްޔިތުން ބަލައިގެންފި.އެކަން ކަން ކުރެވިފައިވަނީ ވަރަށް ފުރިހަމައަށް ވަރަށް ރަނގަޅަށް.އަދި އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ. ކަންކަން ދާ ގޮތުން އަޅުގަނޑުމެން ވަރަށް ވަރަށް އުފާ ވޭ. ވަރަށް ލޯބި ލިބޭ"

ރައީސް ޓްރަމްޕްގެ ދެ ކަނބަލުންވަނީ އެނބުރި ވޮޝިންގޓަނަށް ދަތުރުކުރެއްްވުމުގެ ކުރިން ފެން ބޮޑުވި އެހެން ދެ ސިޓީއެއްކަމަށްވާ ލޭކް ޗާލްސްއާ، ލޫސިއާނާވެސް ދަތުރުކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް