ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 10:09
އަމީތާބް ބައްޗަން
އަމީތާބް ބައްޗަން
އިންޑިއަން އެކްސްޕްރެސް
"ރޭސް3"
ސަލްމާން ޚާންގެ "ރޭސް3" ގައި އަމީތާބް
 
މި ފިލްމުގެ ޝޫޓިން ފަށާނީ މިއަންނަ އޮކްޓޯބަރު މަހުގައި

ދެހާސް އަށްވަނަ އަހަރަށްފަހު ސަލްމާންޚާން އާއި އަމީތާބް "ރޭސް3" އިން ފެންނާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

އެންމެ ފަހުން ސަލްމާންޚާނާއި އަމީތާބް ފެނިފައިވަނީ "ގޯޑް ތުއްސީ ގްރޭޓް ހޯ" އިންނެވެ.

"ރޭސް3" ގެ ޑައިރެކްޓަރަކީ ރޭމޯ ޑިސޫޒާއެވެ.

ޚަބަރުތައް ބުނާގޮތުގައި އަމީތާބަށް ރޭސް3" ހުށައެޅުމުން އެކަމާ ވަރަށް ހިތްހަމަޖެހިފައިހުރިކަމަށާއި އޭނާ ސަލްމާންޚާނާއި އެކު ފިލްމު ކުޅެން ބޭނުންވެފައި ހުރިކަމަށް ބުނެފައިވާކަމަށެވެ. އަމީތާބާއި ސަލްމާންޚާން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައު "ބާބުލް"، ބާގްބާން" ހިމެނެއެވެ.

"ރޭސް3" ގައި ސަލްމާންޚާންއާއި އަމީތާބްގެ އިތުރުން ފެނިގެންދާނީ ޖެކުއިލިންއެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިން ފަށާނީ މިއަންނަ އޮކްޓޯބަރުމަހުގައެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުންބާއީގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް