ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 07:37
އުތުރު ކޮރެއާގެ ހަފްލާއެއްގެ ތެރެއިން
އުތުރު ކޮރެއާގެ ހަފްލާއެއްގެ ތެރެއިން
ރޮއިޓަރސް
އުތުރު ކޮރެއާ-އެމެރިކާ
އެމެރިކާ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާ އުސޫލަށް އަމަލުކުރަން ފަށައިފި
 
އެމެރިކާ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރާ އުސޫލާއި ހިލާފުވާ އެމެރިކާ މީހުންނަށް ޖިނާއީ ދައުވާ އައުން އެކަށީގެންވޭ

އެމެރިކާ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރާ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
އެ އުސޫލަށް އަމަލުކުރަން ފަށާފައި މިވަނީ އެމެރިކާގެ ގުއާމަށް ހަމަލާދޭނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދެމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިއަހަރުގެ ޖުލައި މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރިކަން އަންގާ ބަޔާނެއް އާންމުކުރާނެ ކަމަށާއި އެއަށް އަމަލުކުރަން ފަށާނީ 30 ދުވަސް ފަހުން ކަމަށެވެ.

އެމެރިކާއިން އޭރު އެކަން ގުޅުވާފައިވަނީ އުތުރު ކޮރެއާގައި އުޅެނިކޮށް، ޖަލަށްލައި، އަދި ފަހުން ދޫކޮށްލާފައިވަނިކޮށް މަރުވި އެމެރިކާގެ ދަރިވަރާއެވެ.

އެމެރިކާގެ ދަރިވަރު، އޮޓޯ ވާމްބިއާ އުތުރު ކޮރެއާއަށް ދަތުރު ކުރީ ޓުއާއެއްގައެވެ. އުތުރު ކޮރެއާއިން އޭނާ ހައްޔަރު ކުރީ 2016 ވަނަ އަހަރުގެ ތެރޭގައި ލިޔުންތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައެވެ. އަދި 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. އުތުރު ކޮރެއާއިން އޭނާ ދޫކޮށްލީ މިއަހަރުގެ ޖޫން މަހުއެވެ. އޭރު އޭނާ އޮތީ ކޯމާއެއްގައެވެ. އުތުރުކޮރެއާއިން ވާމްބިއާ ދޫކޮށްލިތާ ހަފުތާއެއްގެ ތެރޭގައި ވާމްބިއާ މަރުވިއެވެ.

އެމެރިކާ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރާ އުސޫލާއި ހިލާފުވާ އެމެރިކާ މީހުންނަށް ޖިނާއީ ދައުވާ އައުން އެކަށީގެންވެއެވެ.

ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި އުތުރު ކޮރެއާއަށް ދަތުރުކުރަން ބޭނުންވާ އެމެރިކާ މީހުންނަށް އެކަމުގެ ހުއްދަ ދެވޭނީ ކަނޑައެޅިފައިވާ ވަކި ހާލަތްތަކެއްގައެވެ. އޭގެ ތެރޭގައި ނޫސްވެރިކަމާއި އިންސާނިއްޔަތަށް ހިދުމަތްކުރުން ހިމެނޭ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި