ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 01:02
ޔޫއެން އެޗްސީއާރުން ބުނާގޮތުގައި މި ފަހުން ފެށުނު ހަމަނުޖެހުންތަކުގައި58،000 ރޮހިންގޔާ މުސްލިމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝްއަށްވަނީ ގޮސްފައި
ޔޫއެން އެޗްސީއާރުން ބުނާގޮތުގައި މި ފަހުން ފެށުނު ހަމަނުޖެހުންތަކުގައި58،000 ރޮހިންގޔާ މުސްލިމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝްއަށްވަނީ ގޮސްފައި
ރޮއިޓަރސް
ރޮހިންޔާ މުސްލިމުން
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި
 
ޔޫއެން އެޗްސީއާރުން ބުނާގޮތުގައި މި ފަހުން ފެށުނު ހަމަނުޖެހުންތަކުގައި58،000 ރޮހިންގޔާ މުސްލިމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝްއަށްވަނީ ގޮސްފައި
 
120،000 އެއްހާ ރޮހިންގޔާ މުންސްލިމުން  2012 ވަނަ އަހަރުންފެށިގެން ބަރޯސާވެފައިތިބީ ކޭމްޕްތަކަށް ދޭ އެހީއަށް
 
 ކާނާގެގެ ޕްރޮގްރާމް ހުއްޓާލުމުގެ އަސަރު އެގައުމުގެ އެތެރޭގައި ގެދޮރު ގެއްލިފައިވާ 250،000 މީހުންނަށް ކުރާނެ

މިޔަންމާގެ ރަޚީން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުން ބޮޑުވެ ރޮހިންގޔާ މުސްލިމުން މަރުވާ އަދަދު އިތުރުވެފައިވަނިކޮށް ސަލާމަތީ ސަބަބު ތަކަށްޓަކައި ކަމަށްބުނެ އދ ގެ ކާނާއާބެހޭ އިދާރާ،(ޑަބްލިއުއެފްޕީ)އިން އެ ސްޓޭޓްގައި ހިންގާ އެހީގެ ޕްރޮގްރާމް ހުއްޓާލައިފިއެވެ.

މި ފަހަކަށް އައިސް އެތައް ހާސް ރޮހިންގޔާ މުސްލިމުންނެއްވަނީ އެމީހުން މަރަމުންދާތީ ފިލުމަށް ބަންގްލަދޭޝްއަށް އެތެރެވެފައެވެ. ރޮހިންގޔާ މުސްލިމުން ބުނާގޮތުގައި އެމީހުންނާމެދު ލާއިންސާނީ އަމަލުތައް ހިންގަމުންދަނީ މިޔަންމާ ސިފައިންގެ ފައުޖުތަކުންނެވެ.

މިޔަންމާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި ގެދޮރު އަންދައި ހަދަމުންދަނީ އަރްކަން ރޮހިންގޔާ ސެލްވޭޝަން އާމީ(އޭއާރުއެސްއޭ)އިންނެވެ.

ނަމަވެސް ވަޒަން ދޫކޮށްދާ އާއްމުން ތުހުމަތުކުރަނީ ހުޅުޖަހައި މީހުން މަރަމުންދަނީ އެމީހުން އެގައުމުން ބޭރުކުރުމުގެ ބޭނުމުގައި އަސްކަރިއްޔާއިންނެވެ.

"އަޅުގަނޑުމެން މިދަނީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަނެއްކާވެސް ވީހަވެސް އަވަހަށް އެހީ ފޯރުކޮށްދެވޭތޯ، އޭގެ ތެރޭގައި މިހާރު ހިގަނމުންދާ ހަމަނުޖެހުންތަކުގައި އަލަށް ހާލުގައި ޖެހުނު ފަރާތްތައްވެސް ހިމެނޭ"ޑަބްލިއުއެފްޕީއޭއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައިވެއެވެ.

 ކާނާގެގެ ޕްރޮގްރާމް ހުއްޓާލުމުގެ އަސަރު އެގައުމުގެ އެތެރޭގައި ގެދޮރު ގެއްލިފައިވާ 250،000 މީހުންނަށް އަދި އެންމެ ނާޒުކު ހާލަތުގައިވާ އެހެނިހެން  އާބާދީތަކަށްކުރާނެ ކަމަށް ބަޔާނުގައިވެއެވެ.

އެ އަދަދުގެ ތެރެއިން ގާތްގަނޑަކަށް 120،000 އެއްހާ ރޮހިންގޔާ މުންސްލިމުން  2012 ވަނަ އަހަރުންފެށިގެން ބަރޯސާވެފައިތިބީ ކޭމްޕްތަކަށް ދޭ އެހީއަށް ކަމަށް އދން ވަނީ ބުނެފައެވެ.

އޭރު އެހީ ދޭން ފަށާފައިވަނީވެސް ދީނީ ތަޅާފޮޅުންތަކުގައި ރޮހިންގޔާ މުސްލިމުންގެ ގެދޮރުގައި ހުޅުޖަހައި މަރަން ފެށުމުންނެވެ.

އދގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫއެން އެޗްސީއާރުން ބުނާގޮތުގައި މި ފަހުން ފެށުނު ހަމަނުޖެހުންތަކުގައި58،000 ރޮހިންގޔާ މުސްލިމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝްއަށްވަނީ ގޮސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް
3 ސެޕްޓެންބަރ 2017 | އާދީއްތަ 22:04
ރޮހިންގޔާ
އައިސިސް އަރާ ޤައުމު ފަނާ ކޮށްލީމަ ތާހިރެއްނުވާނެ