ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 20:31
މިއަހަރު ހައްޖަށް ދިޔަ މީހުންގެ އަދަދު ހުސްވި އަހަރަށް ވުރެ ގިނަ
މިއަހަރު ހައްޖަށް ދިޔަ މީހުންގެ އަދަދު ހުސްވި އަހަރަށް ވުރެ ގިނަ
އަލްއަރަބިއްޔާ
ހައްޖު 1438
ހައްޖު – އަދަދުން
 
މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރި މީހުންގެ އަދަދަކީ 2.35 މިލިއަން

ދުނިޔޭގެ އެންމެ ބޮޑު އަހަރީ ދީނީ އެއްވުމަކީ ހައްޖުގެ އަޅުކަމެވެ. ކެރި ފޯރުންތެރިކަން ހުރުމާއެކު ސިއްހަތު ތަންދޭ ނަމަ ކޮންމެ މުސްލިމަކު މަދުވެގެން އުމުރުން އެއްފަހަރު ހައްޖުވުމަކީ އިސްލާމް ކަމުގެ ރުކުނެއް ކަމުގައި ވީ ހިނދު މި ރުކުން ފުރިހަމަ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ކޮންމެ އަހަރަކުވެސް ސައުދީ އަރަބިއްޔާއަށް ހައްޖުވުމަށް ދެއެވެ.

އަޅުކަމުގެ ތެރޭގައި 5 ދުވަސް ހޭދަވާ މި އަޅުކަން ރަނގަޅު ގޮތުގައި ފުރިހަމަ ކުރެވިއްޖެނަމަ އެމީހެއްގެ އިސްވެ ގޮސްފައިވާ ހުރިހާ ފާފަތަކެއް ފުހެވިގެން ދެއެވެ. މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގެ ބައެއް ތަފާސް ހިސާބަށް ބަލާއިރު އެކަނިވެސް ހައްޖުވުމަށް މުސްލިމުންގެ ހިތުގައި އޮންނަ ޝައުގު ކިތަންމެ ފުރިހަމައަކަށްވެސް ހާމަވެގެން ދެއެވެ.

  1. މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރި މީހުންގެ އަދަދަކީ 2.35 މިލިއަން އެވެ.
  2. ހައްޖުވުމަށް ބޭރު ގައުމުތަކުން ދިޔަ މީހުންގެ އަދަދަކީ 1.75 މިލިއަން އެވެ.
  3. ހައްޖުވުމަށް ދިޔަ ފިރިހެނުންގެ އަދަދަކީ 1.33 މިލިއަން އެވެ.
  4. ހައްޖުވުމަށް ދިޔަ އަންހެނުންގެ އަދަދަކީ 1.02 މިލިއަން އެވެ.
  5. އެންމެ ގިނަ ހައްޖުވެރިން އައީ އަރަބި ގައުމުތަކުގެ ގޮތުގައި ނުހިމެނޭ އޭޝިއާގެ ގައުމުތަކުންނެވެ. އެއީ 59 އިން ސައްތަ އެވެ.
  6. އަރަބި ގައުމުތަކުން ހައްޖަށް މިއަހަރު އައި ނިސްބަތަކީ 24 އިން ސައްތަ އެވެ.
  7. އަރަބި ގައުމުތަކުގެ ތެރޭގައި ނުހިމެނޭ އެފްރިކާ ގައުމުތަކުން ހައްޖުވުމަށް އައި މީހުންގެ ނިސްބަތަކީ 11 އިން ސައްތަ އެވެ.
  8. ޔޫރަފުން ހައްޖަށް އައި މީހުންގެ ނިސްބަތަކީ 5 އިން ސައްތަ އެވެ.
  9. އުތުރު އެމެރިކާ އިން ހައްޖަށް އައި ނިސްބަތަކީ 1 އިން ސައްތަ އެވެ.
  10. ސަލާމަތީ ކަންކަން ބެލެހެއްޓި ފައުޖުގައި ހިމެނެނީ 100،000 (އެއްލައްކަ) މީހުންނެވެ.
  11. ހައްޖުގެ ދަތުރުތަކުގައި ބޭނުންކުރާ މަގުތަކުގައި ބެހެއްޓިފައިވާ ސެކިއުރިޓީ ކެމެރާގެ އަދަދަކީ 5،000 އެވެ.
  12. ސައުދީ މީހުންނާއި ސައުދީގައި ދިރިއުޅޭ މީހުންނާ އެކު ޖުމްލަ 600،000 މީހުން ސައުދީ އަރަބިއްޔާ އިން ހައްޖުވިއެވެ.
  13. މި އެންމެން ނަމާދުކޮށް ދުއާކޮށް ހެދި އިސްލާމުންގެ އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް ހަރާމްގެ ބޮޑު މިނަކީ، 12.5 މިލިއަން އަކަ ފޫޓެވެ.
  14. މި އަހަރު ހައްޖަށް ދިޔަ އުމުރުން އެންމެ ދޮށީ މީހާގެ އުމުރަކީ 104 އެވެ. އޭނާއަކީ އިންޑޮނީޝިއާގެ ރައްޔިތެއް ކަމަށްވާ އިބޫ މާރިއާ މަރްގަނީ މުހައްމަދުއެވެ.
  15. ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ދަތުރު ތަކުގައި ބޭނުން ކުރި ޗާޓަރ ބަސް ތަކުގެ އަދަދަކީ 3500 އެވެ.
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް