ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 13:22
ކެނެޑާ ދިދަ
ކެނެޑާ ދިދަ
ވޯލްޑް އިކޮނޮމިކް ފޯރަމް
ނުފޫޒު ގަދަ ގައުމު
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ
 
މިއީ ދުނިޔޭގެ 25 ގައުމަކުން ނެގި ސަރވޭ އެއް
 
އެމެރިކާއަށް ލިބިފައިވަނީ 40 ޕަސެންޓް
 
ކެނެޑާއަށް ލިބުނީ 81 ޕަސެންޓް

ދުނިޔޭގެ އެންމެ ނުޒޫފު ގަދަ ނުވަތަ ބާރު ގަދަ ގައުމަށް ވުމުގެ ރޭހަކީ، އެތައް ޒަމާނަކަށް ދެމިގެން ގޮސްފައިވާ  ރޭހެކެވެ. ކޮންމެ ގައުމަކުން ވެސް މަސައްކަތް ކުރަނީ އެންމެ ބާރުގަދަ، ނުޒޫފުތަކުން އެއްކިބައިވެފައިވާ މިނިވަން ގައުމަކަށް ވުމަށެެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ބާރު ނުވަތަ އެންމެ ނުޒޫފު ގަދަ ގައުމުގެ ގޮތުގައި ގިނަ ބަޔަކު ކުރިން ސިފަ ކުރިނަމަވެސް މިއަދު އެ މަންޒަރުވަނީ ބަދަލުވެފަ އެވެ. " އެންމެ އުންމީދުން ފުރިފައިވާ،ތަރައްގީގެ ހުޅުކޮޅު" އެ ވިސްނުމުގައި އެމެރިކާ ތަރައްގީގެ މަސައްކަތް އެންމެ ވަރުގަދައަށް ކުރި ދުވަސްވަރަކީ އެމެރިކާގެ 40  ވަނަ ރައީސް ރޮނާލްޑް ރޭގަންގެ ވެރިކަމުގެ ދުވަސްވަރެވެ. އޭރުއްސުރެ މިއަދާ ހަމައަށް ވެސް އެގައުމުން މަސައްކަތް ކޮށްފައިވަނީ އެކަން ހާސިލުކުރުމަށެެވެ. އެމެރިކާއަކީ މިނިވަން ކަމުގަޔާއި ޑިމޮކްރަސީގައި ވެސް އެހެން ގައުމުތަކުން ނަމޫނާ ނަގާ، އެހެން ގައުމުތަކުން އެހީތެރިކަން ހޯދާ ގައުމަކަށް ހެދުމަށް، އެގައުމުން އަބަދުވެސް މަސައްކަތް ކުރަމުންދެ އެވެ.

އެހެން ނަމަވެސް މިއަދު އެ މަންޒަރު ވަރަށް ބޮޑަށް މިވަނީ ބަދަލުވެފަ އެވެ. ތަރައްގީގެ ލާމަސީލު ނަމޫނާ ގައުމުގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، އެމެރިކާގެ ވިދުން މިވަނީ ފަނޑުވެފަ އެވެ. މިކަން އެންމެ ފަހުގެ ސަރވޭ ތަކުން ކަށަވަރު ކޮށްދެ އެވެ. އެގައުމަކީ އެންމެ " ޕޮސިޓިވް" ނުޒޫފު ފޯރުވާ ގައުމުގެ ގޮތުގައި ގަބޫލުކުރާ މީހުން ވަރަށް މަދުވެއްޖެ އެވެ. މިކަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ ސަރވޭގައި ދުނިޔޭގެ 25 ގައުމަކުން  18000 މީހުން ބައިވެރިވި އެވެ. އެ ސަރވޭ އިން ދައްކާގޮތުން އެމެރިކާ އަކީ އެންމެ ރަގަޅު އިންފްލުއެންސް ފޮނުވާ ގައުމުގެ ގޮތުގައި ބުނެފައި ވަނީ ސަރވޭގައި ބައިވެރިވި 40 ޕަސެންޓް މީހުންނެވެ.

އެއީ ޗައިނާއަށް ވުރެ ވެސް ދަށް އަދަދެކެވެ. ޗައިނާ އަށް ލިބިފައި ވަނީ 49 ޕަސެންޓެވެ. މީގެ އިތުުރުން ރަޝިޔާއަށް ލިބިފައިވަނީ 35 ޕަސެންޓެވެ.

އެމެއިކާ ހިމެނެނީވެސް  މި ލިސްޓުގެ ނުވަވަނައިގަ އެވެ. މިއީ މިފާއިތުވެދިޔަ އަހަރާ އަޅާ ބަލާ އިރު 24 ޕަސެންޓްގެ ދަށްވުމެކެވެ.

ދުނިޔޭގެ އެންމެ ނުޒޫދުގަދަ ގައުމުގެ ޖާގަ ހޯދާފައިވަނީ މިފަހަރު ކެނެޑާ އެވެ. ކެނެޑާއަށް ލިބިފައިވަނީ 81 ޕަސެންޓެވެ. ދެވަނައަށް 79 ޕަސެންޓް ހޯދައިގެން ގޮސްފައި ވަނީ އޮސްޓްރޭލިޔާ އެވެ. އަދި ތިންވަނަ ހޯދާފައިވަނީ 67 ޕަސެންޓާއި އެކު ޖަރުމަނު ވިލާތެވެ.

މި ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކަށް ބަލާ އިރު ޕްރާންސްއަކީ އެންމެ ނުފޫޒު ގަފަ ގައުމުގެ ގޮތުގައި ދެކެނީ ސަރވޭގައި ބައިވެރިވި، 59 ޕަސެންޓެވެ. އިނގިރޭސިވިލާތަށް 57 ޕަސެންޓް ލިބިފައިވާ އިރު އިންޑިޔާއަށް ލިބިފައިވަނީ 53 ޕަސެންޓެވެ.މީގެ އިތުރުން މި ލިސްޓުގައި އީރާނާއި އިސްރާއީލް ވެސް ވަނީ ހިމެނިފަ އެވެ.

ދުނިޔޭގެ އެކި ކަންކަމަށް އެންމެ ބޮޑު "ޕޮސިޓިވް" ނުޒޫފެއް ފޯރުވާ ފަރާތްތަކުގެ ލިސްޓަށް ބައިނަލްއަގްވާމީ ޖަލިއްޔާތައް ލުމުން އެންމެ ބޮަޑަށް ފާހަގަވެގެން ދިޔައީ ގިނަ ޖަމިއްޔާތަކަށް ކުރިމަތިވި، އިންފްލުއެންސް ދަށަށް ދިއުމެވެ. އެގޮތުން، އދ އަށް 64 ޕަސެންޓް ލިބުނު އިރު އެއީ މިދިޔަ އަހަރަށް ވުރެ 9 ޕަސެންޓްގެ ދަށްވުމެކެވެ. އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އަށް 49 ޕަސެންޓް ލިބުނު އިރު އެއީ މިދިޔަ އަހަރާއި އަޅާބަލާ އިރު 7 ޕަސެންޓްގެ ދަށްވުމެކެވެ. މީގެ އިތުރުން ވޯލްޑް ބޭންކަށް ލިބިފައިވަނީ 51 ޕަސެންޓެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް