ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 12:22
ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައި
ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައި
ސީ.އެން.އެން
ތޫފާން ހާވީ
ތޫފާން ހާވީ: މަރުވި މީހުންގެ އަދަދު 40 އަށް ވުރެ މައްޗަށް
 
20،000 ގެ ނުވަތަ އިމާރާތް ޓެކްސަސް ސްޓޭޓް އިން ހަލާކުވެފައިވޭ

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު މަރުވި މީހުންގެ އަދަދު މިހާރު 40 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި އަދި އެމެރިކާގެ ކޯސްޓް ގާރޑްއިން ވޭތުވެދިޔަ 48 ގަނޑިއިރު ތެރޭގައި އެކަނިވެސް ހާލުގައި ޖެހިފައިވާ 3000 މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް  ވަނީ ޓެކްސަސް ސްޓޭޓަށް  ކާރިސާގެ އެހީދިނުމާ ބެހޭ ގަރާރުގައި ސޮއި ކުރައްވާފައެވެ. ގެެއްލުން ލިބޭ ސަރަހައްދުތަކަށް އެ ގަރާރުގެ ދަށުން އެމެރިކާގެ މައި ސަރުކާރުން އެހީ ލިބިގެން ދާނެއެވެ. 

ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ވެހެމުންދާ ވާރޭއާ ގުޅިގެން ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ. ޓެކްސަސްގެ ހިއުސްޓަން އަދި ޑާލަސް ސިޓީގައި ވަނީ ބޮޑެތި ވަގުތީ ހިޔާތައް ހުޅުވާފައެވެ. ހިއުސްޓަންގެ މޭޔަރު އަންގާުރަ ދުވަހު ވަނީ 18،000 މީހުންގެ ވަގުތީ ހިޔާއެއް ހުޅުވާދެއްވާފައެވެ. 

އެމެރިކާގެ ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ސަބަބުން ގެއްލުންވެފައިވާ ފަރާތްތަކަށް ކުއްލި އެހީ ދިނުމަށް އެދި، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އަށް އެދޭނެ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ވަނީ ބުނެފައެވެ. 

އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ޓެކްސަސްގެ ހާލަތު ބެއްލެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އެ ސްޓޭޓް އަށް ޒިޔާރަތް ވެސް ކުރެއްވިއެވެ.. 

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތްފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށްވާއިރު، އެމަނިކުފާނު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި" އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރަށް ކަމަށެވެ.

 

.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް