ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 00:46
ނަމީރާ ހޮސްޕިޓަލުގައި ވިހޭ ޔަމަނުގެ މީހާ އަށް ލިބުނު ކުއްޖާ ގޮވައިގެން އެ ހޮސްޕިޓަލުގެ މުވައްޒަފެއް
ނަމީރާ ހޮސްޕިޓަލުގައި ވިހޭ ޔަމަނުގެ މީހާ އަށް ލިބުނު ކުއްޖާ ގޮވައިގެން އެ ހޮސްޕިޓަލުގެ މުވައްޒަފެއް
ސައުދީގެޒެޓް
ހައްޖު 1438
ހައްޖަށް ދިޔަ 9 މީހުން ވިހައިފި
 
ވިހޭ މީހުންގެ ތެރޭގައި ހިމެނެނީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން

ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ މީހުންގެ ތެރެއިން 9 މީހުން ވިހައިފި ކަމަށް މައްކާގެ މެޓާނިޓީ އެންޑް ޗައިލްޑް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ވިހެއި އަންހެނުން ނިސްބަތްވަނީ އެކި ގައުމުތަކަށް ކަމުގައެވެ. ވިހޭ މީހުންގެ ތެރޭގައި މައްކާގައި ވިހޭ މީހުންނާއި އަރަފާތުގައި ވިހޭ މީހުން ހިމެނޭ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ވިހެއި އަންހެނުންގެ ތެރޭގައި ހިމެނޭ އަލްޖީރިއާގެ މީހާ ބުނީ ދުނިޔޭގެ އެންމެ މާތް ބިމުގައި އޭނާއަށް ވިހެއުމުގެ ފުރުސަތު ލިބުނު ކަމަށް ޓަކައި ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"އަހެރެން ހައްޖަށް އައީ އެކަނި އެކަމަކު މިހާރު އިތުރު ބައިވެރިއަކު ލިބިއްޖެ، އެއީ އަހަރެންގެ ތުއްތު ދަރިފުޅު އަދި އޭނާ އުފަންވި ތަނުގެ ގޮތުގައި ވިހެއުމުގެ ސެޓްފިކެޓްގައި އޮތީ، މައްކާ" އެ އަންހެން މީހާ އުފަލާހުން ހުރެ ސައުދީ ގެޒެޓް ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އަރަފާތުގައި ވިހޭ އަލްޖީރިއާގެ އަންހެނަކު ބުނީ އޭނާ އަށް ވިހެއުމުގެ ވޭން އައީ ރަހްމާ ފަރުބަދައިގައި ހުއްޓާ ކަމަށާއި އެއާ އެކު ވަގުތުން ނަމީރާ ހޮސްޕިޓަލަށް ގެންދިއައީ ކަމަށެވެ. އޭނާ އަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށްވެސް ބުންޏެވެ.

2015 ވަނަ އަހަރުވެސް އަރާފާތުގައި މޮރޮކޯގެ އަންހެނަކު ވަނީ ވިހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
92%
0%
8%
0%
0%
ކޮމެންޓް