ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 16:42
ސީރިއާގެ ރައީސް އަސަދު އަޟްހާ އީދު ނަމާދުގައި ބައިވެރިވެ ވަޑައިގަންނަވަނީ
ސީރިއާގެ ރައީސް އަސަދު އަޟްހާ އީދު ނަމާދުގައި ބައިވެރިވެ ވަޑައިގަންނަވަނީ
އޭއެފްޕީ
އައިސިސް-ސީރިޔާ
ސީރިއާގެ ރައީސް އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފި
 
ސީރިއާގެ ހަނގުރާމައިގެ ކުރީ ކޮޅު އަސަދު ވެރިރަށުން ބޭރަށް ވަޑައެއް ނުގަންނަވާ

ހަނގުރާމާގައި ވީރާނާ ވެފައިވާ ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހުކުރު ދުވަހު އަޟްހާ އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ބައްޝާރު އީދު ނަމާދަށް ވަޑައިގަތީ، މިދިޔަ ހޯމަ ދުވަހު އިސްލާމިކް ސްޓޭޓްގެ އަތްދަށުން މިނިވަން ކުރި ސަރަހައްދުގެ ކައިރީގައި އޮންނަ ޓައުނެއް ކަމަށްވާ ގާރާ ގައި ހުންނަ މިސްކިތަކަށެވެ.

ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާ ސީރިއާގެ ހަނގުރާމައިގެ ފުރަތަމަ ކޮޅު ބައްޝާރު ހުންނެވީ ވެރިރަށް ދިމިޝްގުން ބޭރަށް ވަޑައިނުގަތް ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި ފަހަކަށް އައިސް ހަނގުރާމަވެރިންގެ ކިބައިން ބައްޝާރުގެ ފައުޖުތަކަށް ލިބެމުންދާ ކާމިޔާބީތަކާ ގުޅިގެން ބައްޝާރުވަނީ ސަރުކާރުން މިހާރު ކޮންޓްރޯލް ކުރާ ދިމިޝްގުން ބޭރު ސަރަހައްދުތަކަށްވެސް ވަޑައިގަންނަވަން ފައްޓަވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
33%
67%
0%
0%
0%
ކޮމެންޓް
ގުޅުންހުރި