އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ހައްޖު 1438

ޖަމްރާއަށް ހިލަ އުކުން ކުރިއަށް ދާއިރު ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފައި!

  • ވައިގެ މަގުން ސެކިއުރިޓީ ބެލެހެއްޓުމަށް ހެލިކޮޕްޓަރވެސް ދަނީ ބޭނުން ކުރަމުން

ކ. މާލެ | 1 ސެޕްޓެންބަރ 2017 | ހުކުރު 15:15 | 4,741

އީދު ދުވަހު ބޮޑު ޖަމްރާ އަށް ހައްޖުވެރިން ހިލަ އުކަނީ - މިފަހަރު ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައި - އަލްއަރަބިއްޔާ

ހައްޖުވެރިން މިނާ ގައި ބޮޑު ޖަމްރާއަށް ހިލައުކުން އީދު ދުވަހު ކުރިއަށް ގެންދިޔައިރު ސައުދީ ސަރުކާރުން ވަނީ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ހައްޖުގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ޖަމްރާއަށް ހިލަ އުކުމުގެ ތެރޭގައި ފިތި ބާރުވެގެން 2015 ވަނަ އަހަރު ދެހާހަށް ވުރެ ގިނަ ހާއްޖާޖީން މަރުވެފައިވެއެވެ. މިއީ ހައްޖުގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާއެވެ.

ސައުދީ އަރަބިއްޔާ އިން ބުނެފައިވަނީ މިއަހަރުގެ ހައްޖުގެ ކަންކަން އޮމާންކޮށް ރައްކާތެރިކަމާ އެކު ގެންދިއުމަށް އެއް ލައްކަ އޮފިޝަލުން ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ޖަމްރާ އަށް ހިލަ އުކުން ކުރިއަށް ދިޔައިރު މީހުންނަށް މަގު ދެއްކުމަށް ޕޮލިސް ޓޭޕް ދަމާ ފުލުހުންގެ ބެލުމުގެ ދަށުން ހައްޖުވެރިންގެ ހަރަކާތްތައް ކުރިއަށް ގެންދާ މަންޒަރު ފެނިފައިވެއެވެ. މީގެ އިތުރުން މުޅި ސަރަހައްދުގައި ވަނީ ސެކިއުރިޓީ ކެމެރާ ހަރުކޮށްފައެވެ. އޭގެ އިތުރުން ހެލިކޮޕްޓަރުގައި މުޅި ސަރަހައްދު ބަލަހައްޓަމުން ގެންދިޔަކަން ފާހަގަ ކުރެވެއެވެ.

ޖަމްރާ ބްރިޖާ ހަމައަށް ހުކުރު ދުވަހު ހެދުނު ހައްޖުވެރިން ދިޔަ އިރު ސެކިއުރިޓީ އޮފިޝަލުން ގެންދިޔައީ ހޫނު ކުޑަކުރުމަށް ފެން ސްޕްރޭ ކުރަމުންނެވެ. ހެނދުނުގެ ވަގުތުގައިވެސް މިނާގެ ފިނިހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ބައެއް މީހުން އަނބުރައިގަތް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން މިހާތަނަށް ކުރިއަސް ގޮސްފައިވަނީ ވަރަށް އޮމާން ކަމާއެކު ގައި ކަން ފާހަގަ ކުރެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.