ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 14:19
ރައީސް ކެންޔައްޓާ (ވ) އަދި އިދކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ރައީސް ކެންޔައްޓާ (ވ) އަދި އިދކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ގޫގުލް
ކެންޔާ
ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
 
ސުޕްރީމް ކޯޓުން ވަނީ ކުރިއަށް އޮތް 60 ދުވަސް ތެރޭ އާ އިންތިޚާބެއް ބާއްވަން އަމުރުކޮށްފައި

ދާދިފަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ނަހަމަ ކަންކަން ހިނގާފައިވާތީ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލުކުރިއިރު، ސުޕްރީމް ކޯޓުން ވަނީ ކުރިއަށް އޮތް 60 ދުވަސް ތެރޭ އާ އިންތިޚާބެއް ބާއްވަން އަމުރުކޮށްފައެވެ.

އޯގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ އައިޓީ ސިސްޓަމް ހެކްކޮށްފައިވާ ކަމަށާއި އެކަން ކުރީ ނަތީޖާ ބަދަލު ކުރުމަށް ކަަމަށެވެ.

ކެންޔާ ވެފައި ވަނީ އެފްރިކާ ގައުމުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބެއް ބާތިލު ކުރި ފުރަތަމަ ގައުމުކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުޕްރީމް ކޯޓުގެ ރޫލިން އާއެކު ސަރުކާރާ އިދިކޮޅު ސަޕޯޓަރުން ދަނީ އުފާފާޅު ކުރަމުންނެވެ.

 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
33%
33%
0%
33%
0%
0%
ކޮމެންޓް