ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 14:49
 ހައްޖު ސެންޓްރަލް ކޮމިޓީގެ ޗެއާމަން ޕްރިންސް ޚާލިދް އަލް ފައިސަލް ވަނީ ހައްޖުވެރިނންނަށް މަރުހަބާ ވިދާޅުވަފައި
 ހައްޖު ސެންޓްރަލް ކޮމިޓީގެ ޗެއާމަން ޕްރިންސް ޚާލިދް އަލް ފައިސަލް ވަނީ ހައްޖުވެރިނންނަށް މަރުހަބާ ވިދާޅުވަފައި
އަލްއަރަބިއްޔާ
ހައްޖު 1438
މިދިޔަ އަހަރަށްވުރެ ގިނަ މީހުން މިއަހަރު ޤަތަރުން ހައްޖަށް ދިޔަ: މައްކާގެ އަމީރު
 
އިންޑޮނީޝިއާއިން މިއަހަރު 221،000 މީހުން ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ވަނީ ގޮސްފައި
 
މިދިޔަ އަހަރު ގަތަރުން 1،210 މީހުން ހައްޖަށް ގޮސްފައިވާއިރު މިއަހަރު 1،564 މީހުން ހައްޖަށް ގޮސްފައިވޭ

ގަތަރުން މިއަހަރު ހައްޖަށްދިޔަ މީހުންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުކަމަށް މައްކާގެ ގަވަނަރ އަދި ހައްޖު ސެންޓްރަލް ކޮމިޓީގެ ޗެއާމަން ޕްރިންސް ޚާލިދް އަލް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕްރިންސް ޚާލިދު ވިދާޅުވީ މިދިޔަ އަހަރު ގަތަރުން 1،210 މީހުން ހައްޖަށް ގޮސްފައިވާއިރު މިއަހަރު 1،564 މީހުން ހައްޖަށް ގޮސްފައިވާކަމަށެވެ.

ސައުދީގެ ރައްޔިތުން ފިޔަވައި އެހެން ގައުމުތަކުން މި އަހަރު ހައްޖަށް ދިޔަ މީހުން އަދަދަކީ 1,752,014(އެއް މިލިއަން ހަތްސަތޭކަ ފަންސާސްދެހާސް ސާދަ) ކަމަށްވާއިރު މިއީ މިދިޔަ އަހަރަށްވުރެ 426,263(ހަތަރު ލައްކަ ސައްބީސްހާސް ދުއިސައްތަ ފަސްދޮޅަސް ތިނެއް) މީހުން ގިނަ އަދަދެކެވެ.

މައްކާގެ އަމީރު ވަނީ ހައްޖުގެ ފުރަތަމަ ދުވަހުގެ ކާމިޔާބީއާ ގުޅިގެން އިސްވެރިން އަދި އަދި ހައްޖުގެ ބައިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.

މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާއިން މިއަހަރު 221،000 (ދެލައްކަ އެކާވީސްހާސް) މީހުން ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ވަނީ ގޮސްފައިވާއިރު އެއް ގައުމަކުން އެންމެ ގިނަ ބަޔަކު ގޮސްފައިވަނީ އެ ގައުމުންނެވެ.

ސައުދީ އަރަބިއްޔާއިންވަނީ އަވައްޓެރި ގައުމުތަކުން މީހުން ހައްޖުވުމަށް ދިއުމަށް ފަސޭހަ ކުރުމަށް އެއްގަމު މަގުން އެގައުމަށް ވަދެވޭ ގިނަ ދޮރާށިތައް ހުޅުވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް