ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 11:04
ހާޝިމް އަބީދީ ހައްޔަރުކޮށްފައިވަނީ 22 މީހުން މަރުވި އެ ހަމަލާ ދިންތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ލީބިޔާއިން
ހާޝިމް އަބީދީ ހައްޔަރުކޮށްފައިވަނީ 22 މީހުން މަރުވި އެ ހަމަލާ ދިންތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ލީބިޔާއިން
ބީބީސީ
މެންޗެސްޓަރ ހަމަލާ
މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި
 
ބޮން ގޮއްވާލާފައިވަނީ އަރިއާނާ ގްރޭންޑްގެ ކޮންސެޓް ނިންމާލުމަށްފަހު ކްރައުޑް ނުކުންނަނިކޮށް
 
ހަމަލާގައި 22 މީހުން މަރުވި
 
މެންޗެސްޓަރ އެރީނާގައި ހަމަލާދިނީ މެއިމަހުގެ 22 ވަނަ ދުވަހު

މެންޗެސްޓަރގައި ބޮމުގެ ހަމަލާދިން ސަލްމާން އަބީދީގެ ކޮއްކޮ ހާޝިމް އަބީދީ އެ ހަމަލާގައި އަދާކޮށްފައިވާކަމަށް ޝައްކުކުރެވޭ ދައުރާ ގުޅިގެން ލީބިޔާގައި އޭނާގެ މައްޗަށް ދައުވާކޮށްފިއެވެ.

އުމުރުން 20 އަހަރުގެ ހާޝިމް އަބީދީ ހައްޔަރުކޮށްފައިވަނީ 22 މީހުން މަރުވި އެ ހަމަލާ ދިންތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ލީބިޔާއިންނެވެ.

މި މައްސަލަ ތަހުގީގުކުރާ ލީބިޔާގެ ޗީފް އިންވެސްޓިގޭޓަރ އަސަދިޤް އަލް ސޫރް ވިދާޅުވީ ހާޝިމް އަބީދީގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ބޭބެއަށް އެހީތެރިވުމާއި ހަމަލާއަށް ބޭނުންވާ ސާމާނު ހޯދައިދިނުމެވެ.

ލީބިޔާއިން ހައްޔަރުކުރި އެ ދެބޭންގެ ބައްޕަ މިހާރުވަނީ ދޫކޮށްލާފައެވެ.

ބީބީސީގެ މެދުއިރުމަތީ ކޮރެސްޕޮންޑެންޓް ބުނެފައިވަނީ ހާޝިމް އަބީދީ ގިނަވެގެން ދެ މަސްދުވަހުގެ ތެރޭ ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް ޗީފް އިންވެސްޓިގޭޓަރ ވިދާޅުވެފައިވާކަމަށެވެ.

މީގެ އިތުރުން އިނގިރޭސި ފުލުހުން ޓްރިޕޮލީއަށްގޮސް ވެސް އޭނާއާ ސުވާލުކޮށްފައިވާކަމަށް ބީބީސީ ރިޕޯޓްކޮށްފައިވެއެވެ.

އިދާރާތަކުން ބުނެފައިވަނީ ހާޝިމް އަދި ސަލްމާންގެ ބައްޕައާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތްކަމަށެވެ.

ހާޝިމް އަދި ސަލްމާންގެ ބައްޕަގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާކަމަށްވެސް ބީބީސީންވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އޭނާގެ އާއިލާގެ މެމްބަރަކާ ހަވާލާދީ ބީބީސީ ރިޕޯޓްކޮށްފައިވާގޮތުގައި އެ ހަމަލާއާ ގުޅިގެން އަބީދީ ހުރީ ހައިރާންވެފައެވެ.އެމީހެއްގެ ދަރިއަކީ ޖާނު ގޮއްވާލައިގެން ބޮމުގެ ހަމަލާދޭނެ މީހަކަށްވާކަށް އެއްވެސް ބައްޕައަކު ނޭދޭނެ ކަމަށް އޭނާ ބުނިކަމަށް އޭނާއާ ހަވާލާދީ ބުނެފައިވެއެވެ.

އަމިއްލައަށް ތައްޔާރުކޮށްފައިވާ ބޮމެއް ސަލްމާން އަބީދީ މެއިމަހުގެ 22 ވަނަ ދުވަހު ގޮއްވާލާފައިވަނީ އަރިއާނާ ގްރޭންޑްގެ ކޮންސެޓް ނިންމާލުމަށްފަހު ކްރައުޑް ނުކުންނަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް