އިނގިރޭސި ވިލާތުގެ ދެ މުސްލިމަކު ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ބައިސްކަލަކުގައި މައްކާއަށް އަތުވެއްޖެ އެވެ.
ރާޝިދު އަލީ އާއި އަބްދުލް ހަންނާނުގެ މި ދަތުރަކީ
ލަންޑަނުން މައްކާ އަށް ބައިސްކަލްގައި ބަޔަކު ކުރި ފުރަތަމަ ދަތުރު ކަމަށް ބައެއް އޮންލައިން ނިއުސް ސައިޓްތަކުގައި ބުނެފައިވެ އެވެ.
މީގެ ހަތް ހަފުތާ ކުރިން ފެށި މި ދަތުރުގައި ރާޝިދު އާއި ހަންނާނު 5000 ކިލޯ މީޓަރު ދުއްވުމަށް ފަހު، މައްކާ އަށް ވަދެވުނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ރާޝިދު ބުނީ އެ މީހުންގެ މި ދަތުރު ކާމިޔާބުވުމުން ﷲ އަށް ހަމްދުކުރާ ކަމަށެވެ. އަދި ހަންނާނު ބުނީ މި ދަތުރުގެ ސަބަބުން ވަރަށް އާދިޔާ ހިލާފު އިހްސާސެއް ކުރެވޭ ކަމަށެވެ. ކައުބަތުﷲ ގެފުޅު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް ވިރިގެންދާ ފަދަ އިހްސާސެއް ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.